ޤަބުރުސްތާނަށް ދާނަމަ އެތަނުގަ ވަޅުލެވިފައިވާ މީހުންނަށް އުނދަގޫވާނެ ކަންކަން ނުކުރާށެވެ! ހީނ އުފާކޮށް ދުނިޔޭގެ ވާހަކަތައް ނުދައްކާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 53ސ
ޤަބުރުސްތާނަށް ދާނަމަ އެތަނުގަ ވަޅުލެވިފައިވާ މީހުންނަށް އުނދަގޫވާނެ ކަންކަން ނުކުރާށެވެ! ހީނ އުފާކޮށް ދުނިޔޭގެ ވާހަކަތައް ނުދައްކާށެވެ!

ސަލާމާއި صلوات ލެއްވި އިތުރު އެކަލޭގެފާނު قبر އެއްގެ ކައިރީގައި އިށީދެގެން އިންމީހަކު ދެކެވަޑައިގެންފައި حديث ކުރެއްވިޔޭ. قبر ގައި ތިބޭ ميّت ންނަށް ތިޔަބައިމީހުން އުދަގޫ ނުކުރާށެވެ. ސަލާމާއި صلوات ލެއްވި އިތުރު އެކަލޭގެފާނުން އެކަލޭގެފާނުންގެ މައިކަނބަލުން آمنة ގެފާނުންގެ قبر ފުޅަށް زيارة ކުރެއްވިއެވެ. އެތާގައި ހުންނަވައި ކީރިތި ކުރެއްވިއެވެ. އަރިހުގައި ތިބިމީހުންވެސް ރުޔެވެ.  

ދެން حديث ކުރެއްވިއެވެ. އެކަމަނާއަށް أستغفار ކުޅައުމަށް ربّى ގެ ކިބައިން އިޒުނައެދި އިޒުނަ ފުޅެއް ނުލިބުނެވެ. زيارة ކުޅައުމަށް އިޒުނަ އެދުނީމާ އިޒުނަ ދެއްވައިފިއެވެ. ތިޔަބައި މީހުންވެސް قبر ތަކަށް زيارة ކޮށް އުޅޭށެވެ. ހަމަކަށަވަރުން އެކަންތަކީ މަރުހަނދުމަވާނޭ ކަމެކެވެ. 

ސަލާމާއި صَلَوات ލެއްވި އިތުރު އެކަލޭގެފާނު قيرستان އަށް ޒިޔާރަތް ކުރައްވާން ވަޑައިގެންފިއްޔާ މިފަދައިން ވިދާޅުވާ ކަމުގައި ވެއެވެ. 

سَلاَمًا عَلَى أَهْلِ الدِّيَارِ مِنَ الْمُسْلِمِيْنَ وَالْمُؤْمِنِيْنَ وَإِنَّا اِنْشَاءَ اللهُ بِكُمْ لاَحِقُوْنَ اَنْتُمْ لَنَا فَرَطٌ وَنَحْنُ لَكُمْ تَبَعٌ اللَّهُمَّ اغْفِرْ لَنَا وَلَهُمْ وَتَجَاوَزْ بِعَفْوِكَ عَنَّا وَعَنْهُمْ   

އިތުރު އެކަލޭގެފާނުންގެ އަނބިއަނބި ކަނބަލުންވެސް قَبْرُسْتَان އަށް ޒިޔާރަތް ކުރައްވާން ވަޑައިގަންނަވާ އިރުގައި މިތަން ވިދާޅުވުމަށް އަމުރުކުރައްވަތެވެ.  

صَالِحُ اْلْمُزْنِي ގެބުނުއްވިޔޭ އަހުރެން ބައެއް ދަންނަ ބޭކަލުންކުރެން قَبْرُسْتَان ގައި ނަމާދުކުޅައުން نَهِى  ކުރެއްވިފައި ވަނީ، ކޮންކަމަކަށްޓަކައިތޯ ސުވާލު ކުޅައީމެވެ. އެބޭކަލަކު ވިދާޅުވިޔޭ. އެކަމާއި މެދުގައި حديث އެއްވާރިދުވެފައި ވެއެވެ. އެ حديث އަކީ لاَ تُصَلُّوْا بَيْنَ القُبُورِ فَاِنَّ ذَالِكَ حَسْرَةٌ لاَمُنْتَهَى لَهَا މިއެވެ. މި حديث ގެ منى އީ، ތިޔަބައި މީހުން قبر ތަކުގެ ތެރޭގައި ނަމާދު ނުކުރާށެވެ. އެއީ ކޮޅެއް ނެތްހައި ހިތާމަ ހުރިކަމެކެވެ.  

ބައެއް صالح ންގެ ކިބައިން ރިވާ ވެގެންވެޔޭ. އެބެއިކަލަކު ވިދާޅުވިޔޭ އެއްދުވަހަކު އަހުރެން قبرستان ގެ ތެރޭގައި ނަމާދުކުރާން ހުރީމެވެ. ވަރަށް ހޫނުގަދަ އަވިގަދަ ދުވަހެކެވެ. އެހެން ހުއްޓައި އަހުރެންގެ ބައްޕާކަހަލަ މީހަކު އޭނާގެ قبر މަތީގައި އިށީދެގެން އެބައިނެވެ. އަހުރެން ގަތްބިރުން ސަޖިދައަށް ތިރިވެއްޖައީމެވެ. ތިރިވީތަނާ އެމީހަކު ގޮވައިލިޔޭ އޭއް. އޭއްޔޭ. ކަލޭގެއަށް ދުނިޔެވެސް ފަހެ ކުޑަވީހެއްޔެވެ. އެހެންނާފަހެ، އެތައް ޒަމާނަކުއްސުރެ އައިސް ނަމާދުތަކުން އަހަރެމެން ނަށް އުދަގޫ ކުރަނީ އެވެ.  

صَحَّ حَدِيث ގައި ވެއެވެ. ސަލާމާއި صَلَوَات ލެއްވި رَسُول الله ގެފާނުން އެއްދުވަހަކު قبر އެއްގެ ކައިރީގައި ރޯންއިން يتيم ކުއްޖަކު ދެކެވަޑައިގަތެވެ. އެކުއްޖާއިނީ، އެކުއްޖާގެ ބަފައިގެ قبر ގެ ކައިރީގައެވެ. ދެން ކީރިތި ކުރައްވާފައި حديث ކުރެއްވިޔޭ މައްޔިތާއަށް އެމީހާގެ ގާތްމީހުން ރޯރުއިމުން عذاب ލިބޭހުއްޓެވެ.  

އެބަސްފުޅުގެ މުރާދުފުޅަކީ، އެމީހުން ހިތާމަވެ ހިތަށް ދަތިކަން ލިބޭނެއެވެ. ކިތަންމެ ކިތަންމެ مَيّت ން ހުވަފެނުގައި މީހުނަށް ފެނި އެމީހުންގެ ގާތްމީހުން ރޯރުއިމުން، އުދަގޫލިބޭވާހަކަ ދައްކައިފައި ވެއެވެ. دين ގެ ކަންތަކާއި މެދުގައި شكّ ކުރާ ބަޔެއްމީހުން މިކަހަލަ ހުރިހާ ކަމަކާ مُنكرވެއުޅެތެވެ. އެއީ އެމީހުންނަށް مَادِّىَّ ކަންތައްނޫން އެހެންކަމެއް ރަގަޅަށް ނުއެގޭތީވެ مُنكر ވަނީއެވެ.  

صَحِيح حديث ގައި ރިވާވެގެންވެޔޭ. ސަލާމާއި صلوات ލެއްވި رَسُولُ الله ގެފާނުން حديث ކުރެއްވިޔޭ. އިބުރެމެންކުރެ ކޮންމެ މީހަކުމެ އެމީހާގެ مؤمن أخ އާގެ قبر އާއި، ބައްދަލުވެގެންދާއިރު، އެމީހާއީ ދުނިޔޭގައިވެސް ދަންނަމީހަކު ކަމުގައިވާނަމަ، އެމީހާޔަށް އެނގޭނެއެވެ. سَلاَم ކުރީމާ سَلاَم ވެސް ރައްދުކުރާނެއެވެ. މިހެން އެކަލޭގެފާނުން حديث ކުރެއްވީ، ކޮންމެވެސް ميّت އަކު ވަޅުލައްވާފައި އެބުރިވަޑައިގަންނަވަމުން ނެވެ. حديث ކުރެއްވިޔޭ، އޭނާއަށް ތިޔަބައިމީހުންގެ ފައިވާން ބިންމަތީގައި ޖެހޭ އަޑުވެސް އިވޭނެއެވެ. އަދި އެނޫން އަޑުތައްވެސް، އިވުން ބޮޑުވެގެންވެއެވެ.

 

- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

 

 

މިއަދު އޮންލައިން