ޢާއިޝަތު ރަފާޙް ޢަލީ
ޤުރްއާނުގެ މައްސަރު ފެށިގެން ކުރިއަށްދަނީއެވެ. ކީރިތި ޤުރްއާނުގެ މަތިވެރިކަން އެއީ އެއްވެސް މީހަކަށް ބަޔާންކުރެވޭނެ ކަމެއް ނޫނެވެ. އަހުރެމެންނަށް ފެންނަނީ ޢަރަބިބަހުން ލިޔެވިފައިވަނިކޮށެވެ. އެއީ ޢަރަބިބަހުން ބާވައިލެއްވެވީތީއެވެ. އެފޮތް ﷲ ތަޢަލާގެ ޙަޟްރަތުގައި ވަނީ ކިހައި މަތިވެރި ދަރަޖައެއްގައިކަން ވިސްނާ މީހަކުވެސް ޤުރްޢާން ކިޔެވުން ގިނަކޮށް ޢަމަލުކުރުންވެސް ގިނަކުރާނެއެވެ.
ﷲ ތަޢާލާ ޒުޚްރުފް ސޫރަތުގެ 2 ވަނަ އާޔަތުން 5 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ.
وَالْكِتَابِ الْمُبِينِ ﴿٢﴾ إِنَّا جَعَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ ﴿٣﴾ وَإِنَّهُ فِي أُمِّ الْكِتَابِ لَدَيْنَا لَعَلِيٌّ حَكِيمٌ ﴿٤﴾ أَفَنَضْرِبُ عَنكُمُ الذِّكْرَ صَفْحًا أَن كُنتُمْ قَوْمًا مُّسْرِفِينَ ﴿٥﴾
މާނައީ: "بيان ވެގެންވާ ފޮތް ގަންދެއްވައި وحى ކުރައްވަމެވެ. (2) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް ލައްވާފައިވަނީ، عرب ބަހުންއޮތް قرآن އެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ. (3) އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ގައިވާ މައިފޮތުގައި (އެބަހީ: اللوح المحفوظ ގައި) އެފޮތްވަނީ މަތިވެރިވެގެންވާ حكمة ތެރި ފޮތެއް ކަމުގައެވެ. (4) ފަހެ، ތިޔަބައިމީހުން (كافر ކަމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައިވީތީވެ، ތިޔަބައިމީހުންނާމެދު ތިމަންރަސްކަލާނގެ قرآن ގެ وعظ ބާވައިނުލައްވައި ދޫކޮށްލައްވަންވީހެއްޔެވެ؟ (5)" ·
ރަސޫލުންނަށް އީމާންނުވި ވާހަކަ:
ﷲ ތަޢާލާ 6 ވަނަ އާޔަތުން 8 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ.
وَكَمْ أَرْسَلْنَا مِن نَّبِيٍّ فِي الْأَوَّلِينَ ﴿٦﴾ وَمَا يَأْتِيهِم مِّن نَّبِيٍّ إِلَّا كَانُوا بِهِ يَسْتَهْزِئُونَ ﴿٧﴾ فَأَهْلَكْنَا أَشَدَّ مِنْهُم بَطْشًا وَمَضَىٰ مَثَلُ الْأَوَّلِينَ ﴿٨﴾
މާނައީ: "އަދި އިސްވެދިޔަ މީސްތަކުންގެގާތަށް ތިމަންރަސްކަލާނގެ ކިތައްކިތައް ނަބިއްޔުން ފޮނުއްވިން ހެއްޔެވެ؟ (6) އަދި އެއުރެން އެބޭކަލަކަށް ފުރައްސާރަކުރާ ކަމުގައިނުވާ އެއްވެސް ނަބިއްޔަކު އެއުރެންގެ ގާތަކަށް ވަޑައެއްނުގަންނަވަތެވެ. (7) ފަހެ، ތިމަންރަސްކަލާނގެ އެބައިމީހުންނަށްވުރެ މާބާރުގަދަ މީހުން ހަލާކު ކުރެއްވީމެވެ. އަދި އިސްވެދިޔަ މީހުންގެ مثال ވޭތުވެހިނގައްޖެއެވެ. (8)"