އަނިޔާއަކަށްވާނެ އެއްވެސް ކަމެއް ދަރިއަކަށްވެސް ކޮށްގެން ޙާޞިލުކުރެވޭނެ އެއްވެސް ކަމެއް ނެތް! ލިބޭނީ އިތުރު ގެއްލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އަނިޔާއަކަށްވާނެ އެއްވެސް ކަމެއް ދަރިއަކަށްވެސް ކޮށްގެން ޙާޞިލުކުރެވޭނެ އެއްވެސް ކަމެއް ނެތް! ލިބޭނީ އިތުރު ގެއްލުން!

 

އެއީ ވަރަށް ލޯބިން އެކުގަ އުޅޭ ދެމަފިރިންނެވެ. ލޯބިން އެކަކު އަނެކަކަށް ކިޔަނީ "ބޭބް" އެވެ. 3 އަހަރުގެ ކުޑަދަރިފުޅަށް ވިސްނެނީ އެކިޔަނީ "ބޭބީ" ކަމަށެވެ. ބޭނީ އަކީ ދެމަފިރިންވެސް ލޯބިން ދަރިފުލަށްކިޔާނަންވީމައެވެ. އެހެންވެ ބައްޕައާއި ސުވާލުކުރިއެވެ. "މިގޭގައި ބައްޕަގެ ކިތައް ދަރިން އެބައުޅޭ ހެއްޔެވެ؟" ޖަވާބުގައި އެންމެ ދަރިއަކު ކަމަށާއި އެއީ ތިއަ ދަރިފުޅު ކަމަށް ބުނުމުން ބުންޏެވެ. "އެހެންވީއިރު މިގެއިން އިރުއިރުކޮޅުން އެއިވެނީ ކޮން ބޭބީއަކަށް ގޮވާއަޑު ހެއްޔެވެ؟"  

މިހުރީ މިއަދުގެ ކުޑަކުދިން ކަންކަމަށް ވިސްނާވަރެވެ. އެހެންކަމަށްވާއިރު އެކުދިންނަށް ކުރާ އަނިޔާއަށްވިސްނާނެވަރު ހިތަށް ގެނެސްގެން ރަނގަޅަށް އަޑުއަހާށެވެ. 

އިސްލާމް ދީނަކީ ޝަރުޢީ ޙުކުމެއް ތަންފީޒުކުރަން ނޫން ގޮތަކަށް އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުން ހުއްދަވެގެންވާ ދީނެއް ނޫނެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސްމެއެވެ. އެހެންކަމުން ތިމާގެ ދަރިންނަށް އަނިޔާއަކަށްވެދާނެ އެއްވެސް ކަމެއް ކުރަން ހެޔޮވާނީ ކިހިނަކުންތޯއެވެ؟ އިޞްލާޙްކުރަން އަދަބުދޭންވެސް ހުއްދައޮތީ އަނިޔާއަކަށް ނުވާނެ ގޮތަށް ޖެހުމެވެ.  

ދަރިން ކުށެއް ކުރާ ކޮންމެ ފަހަރަކު އަންނަ ރުޅީގައި ގައިގައި އަތްލުމަކީ އާދައަކަށް ނުހަދާށެވެ! އެއިރުން ބޮޑުކުށެއް ކުރެވިގެން ދޭނެ އަދަބެއް ނޯންނާނެއެވެ! އޯގާތެރިކަން އިސްކުރާށެވެ! އިޞްލާޙްކުރަންވެސް ގައިގަ އަތްލުމަކީ އެހެން ގޮތެއް ނެތުމުން އެންމެ ފަހުން ކުރާ ކަމުގެ ގޮތުގައި ބާއްވާށެވެ! ކޮންމެހެން ގައިގައި އަތްލަން މަޖުބޫރުވެގެން އަތްލިނަމަވެސް ޖިސްމާނީ އަނިޔާއަކަށްވާނެ އެއްވެސް ކަމެއް ނުކުރާށެވެ!  

ކުއްޖަކަށް ކުރެވޭނެ އެންމެ ބޮޑު ކުށަކީ ނަމާދު ނުކުރުން ނުވަތަ ނަމާދުކުރަން ދެކޮޅުހެދުން ކަމުގައި ބެލެވިދާނެއެވެ. 10 އަހަރުވުމުން ނަމާދުނުކުރާނަމަ އަދަބުދޭންވެސް ހުއްދަ އޮތީ ޖިސްމާނީ އަނިޔާއަކަށް ނުވާނެ މިންވަރަށެވެ.  

ކަން މިހެން އޮތް ނަމަވެސް ޢާއިލާގެ ކަންކަމުގައި ރުޅިގަދަވެވިފައި ތިބޭ ވަގުތުތަކުގައި ބައެއް ބެލެނިވެރިންނަށް އެމީހުންގެ ދަރިންނަށް އެބަ ބޮޑެތި އަނިޔާތައް ކުރެވެއެވެ. މިއީ ކުރެވޭ ވަރަށް ނުބައި ކަމެކެވެ.  

އެހެނީ ފައިދާކުރާނެ ނަޞޭޙަތަކަށް 3 ފަހަރު ޞަޙާބީއަކު އެދިވަޑައިގަތުމުން ވެސް ތަކުރާރުކުރައްވަވައި ޙަދީޘްފުޅު ކުރެއްވެވީ ރުޅި ނައުމަށެވެ. ވީމާ ރުޅި އައުމުގެ ހުރި ނުބައިކަމާއި ގެއްލުން މިއޮތީ ވަރަށް ރަނގަޅަށް ފެންނާށެވެ!  

ހަމައެއާއިއެކު އަނިޔާވެރިވެގެން އެއްވެސް ކަމެއް ޙައްލުނުކުރެވޭނެ ކަމާއި އޯގާތެރިވުމުން ނޫނީ ހިތް ލަންބުވައި ނުލެވޭނެކަން އެންމެންވެސް ޤަބޫލުކުރެއެވެ. ވީމާ ކޮންމެ ކަމެއް ޙައްލުކުރުމުގައި ރުޅިއާއި ކައިރިވެސް ނުވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން