ޖަނާޒާތަކުގަ ބައިވެރިވިޔަސް އެކަމުން ކުރަންވާ ޙަޤީޤީ ފައިދާ ގިނަބައަކަށް ނުކުރާ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޖަނާޒާތަކުގަ ބައިވެރިވިޔަސް އެކަމުން ކުރަންވާ ޙަޤީޤީ ފައިދާ ގިނަބައަކަށް ނުކުރާ ސަބަބު-


"ކުރީ ޒަމާންތަކުގެ ޞާލިޙުން ޤަބުރުސްތާނަށް މީހަކު ވަޅުލުމަށްޓަކައި ގޮސް އުޅޭއިރު ބުނެލާ ހަދާ ހަމައެކަނި ބަހަކީ ސަލާމް ގޮވާލުމެވެ. އެބޭކަލުން ތިއްބަވަނީ މަރާއި ބަރުޒަޚުގެ ޢާލަމުގެ ކަންތައްތަކާއިމެދު ފިކުރު ހިންގެވުމުގައެވެ."  

މިއީ ﷲ ތަޢާލާއަށް ބިރުވެތިވާ، އަދި ކޮންމެ ވަޤުތަކުވެސް މަރުވަދާނެކަމަށް ޤަބޫލުކޮށްގެން ހުންނަ މީހަކު ވިސްނައިލުން ވަރަށް މުހިންމު ބަސްފުޅެކެވެ.  

އަޅުގަނޑުމެންގެ ޤަބުރުސްތާނު ތަކުން އިވެނީ ހީނސަމާސާ ކުރާ އަޑާއި ބޭކާރުވާހަކަ ދައްކާ އަޑެވެ. އަދި ބައެއްފަހަރު ޒުވާބުކުރާ އަޑުވެސް އިވެއެވެ.  

އިމާމަކު ވިދާޅުވެފައިވެއެވެ. "މައްޔިތާގެ ޤަބުރު ، ޤަބުރުސްތާނަށް ވެއްދުނީންސުރެ އޮތީ އޭނާއަށްޓަކައި ހެޔޮދުޢާކުރުމެވެ. އޭނާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެންނާއި ފުރާނައަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެންނެވެ. އަދި ކައްވަޅަށް ތިރިކުރުމުން އޮތީ ފާފަފުއްސަވައިދެއްވެވުމަށާއި ކައްވަޅުގައި ޘާބިތުކަން ދެއްވެވުން އެދިގެން ދުޢާކުރުމެވެ.  

ކައްވަޅުގައި ޘާބިތުވުން ނުވަތަ ޘާބިތުކަން ދެއްވެވުން ކަމުގައި އެބުނެވެނީ އޭނާއަށް ތެދުވެ ކައްވަޅުން ނުކުމެގެން ދެވިދާނެ ވާހަކައެއް ނޫނެވެ. އެއީ އޭނާ ވަޅުލެވުމުން މަލާއިކަތުން ވަޑައިގެން ކުރައްވަވާ 3 ސުވާލަށް ޖަވާބުިދިނުމުގެ ޘާބިތުކަން ދެއްވެވުން އެދިގެން ދުޢާކުރުމުގެ ޥާހަކައެވެ. އެހެނީ ކައްވަޅުގައި އޭނާ ހޭދަކުރަންޖެހޭ ދުވަސްތަކުގައި ސަލާމަތްކަން ލިބުން އޮތީ އެ 3 ސުވާލަށް ޖަވާބުދެވިގެންކަމުގައިވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން