މިހުރީ މިހާރުވެސް ހިނގަމުންދާ ކަންކަމެވެ! ތިބާގެ ފުރާނަވެސް މިފަދަ ގޮތަކަށް ގެންދެވުމަށް ނުއެދޭނަން ހައްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 38ސ
މިހުރީ މިހާރުވެސް ހިނގަމުންދާ ކަންކަމެވެ! ތިބާގެ ފުރާނަވެސް މިފަދަ ގޮތަކަށް ގެންދެވުމަށް ނުއެދޭނަން ހައްޔެވެ؟


އެންމެ މުހިންމު އަދި އެންމެ ފައިދާހުރި ކަމަކީ މަރުހަދާންކޮށްދިނުން ގިނަކުރުމެވެ. ރަނގަޅު ގޮތުގައި ދުނިޔޭގެ ޙަޔާތް ވޭތިކޮށް ހެޔޮލަފާ މަރަކުން މަރުވުމަށް ހިތްވަރުދިނުމެވެ. ހިތާމައަކީ އެކަން ކުރެވޭމިންވަރު މަދުވަމުން އަންނަ ކަމެވެ. ވާހަކަ ދައްކަން ގަޑިދެގަޑިއިރު ތިބޭއިރުވެސް މަރުވުމާއި ޢާޚިރަތް ދުވަހުގެ ވާހަކަ ނުދެއްކޭ ކަމެވެ.

މަރުވުމަކީ ކޮންމެ ވަޤުތަކުވެސް ކޮންމެ މީހަކާއިވެސް ކުރިމަތިވެދާނެ ކަމެއްކަން އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަމުއެވެ. ނަމަވެސް ރަނގަޅު މަރަކުން މަރުވުމަށް މަސައްކަތްކުރެވެނީ ވަރަށް މަދުމީހަކަށެވެ.  

މިޘާލަކަށް ސަޖިދައި އޮއްވައި އެމީހެއްގެ ފުރާނަ ހިއްޕެވުމަށް ނުއެދޭނެ މުސްލިމަކު ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ކިތަންމެ ވަރަކަށް އެކަމަށް ބޭނުންވި ނަމަވެސް ސަޖިދައިގައި އޮއްވައި މަރުވާނީ ސަޖިދަކުރާމީހަކަށް ވެވިގެން ނޫންތޯއެވެ؟

ޤިޔާމަތްވުމުން މީސްތަކުން ކައްވަޅުން ތެދުވާނީ އެމީހަކު އެންމެ ފަހުން ކުރި ޢމަލެއްގެ މަތީގައިކަން އެނގެން އޮތް ނަމަވެސް ވީހައި ގިނައިން ހެޔޮ ޢަމަލުކުރަން އެބަ މަސައްކަތްކުރެވޭ ހެއްޔެވެ؟ ފާފައެއް ނުކޮށް ހުންނަން މަސައްކަތްކުރެވޭ ހެއްޔެވެ؟ ތިމާއަށް އެންމެފަހުން ކުރެވުނު ޢަމަލަކީ ފާފައެއްކަމުގައި ނުވުން އެދިގެން އެބަ މަސައްކަތްކުރެވޭހެއްޔެވެ؟  

ކޮންމެއަކަސް ހެޔޮ މަރަކުން މަރުވުމަށް އެދޭނަމަ ތިރީގައިވާ ޝައިޚް ފަރީދުގެ ދަރުސުން އެމީހަކަށް ރަނގަޅު ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. އިން ޝާ ﷲ  

މިހުރީ ހަމަ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާއި ކޮށްލުން މުހިންމު ސުވާލުތަކެވެ.  

އަމާންމަރެއް މިދުނިޔޭގެ ޙަޔާތަކުން ނުލިބޭނެ އަޅުގަނޑުމެނަކަށް އަޅުގަނޑުމެން ނަމާދު ނުކުރާ ކަމުގާ ވާނަމަ! ﷲ ސުބްޙާނަހޫ ވަތަޢާލާ ފަރުޟު ކުރައްވާފައިވާ ފަސް ނަމާދަށް ރައްކާތެރި ނުވާ މީހަކަށް ބާއްޖަވެރި މަރެއް އަމާންވެގެންވާ މަރެއް އެމީހަކަށް ނުލިބޭނެ. އަމާން އޮމާން ބާއްޖަވެރި މަރެއް ހިނިތުންވުމާ އެކުގާ މިބުރަ  ދުނިޔެ މިބުރަ ތަކުލިފުން ފުރިގެންވާ މިދުނިޔެ ދޫކޮށްލާފާ އަޅުގަނޑުމެން ހެވިލާފާ އަޅުގަނޑުމެނަށް މިތަނުންދެވޭނީ ފަރުޟު ފަސްނަމާދު އަދާކޮށްފި ކަމުގައިވާނަމަ. 

ފަހަރުގާ އަޅުގަނޑުމެންނަށް އިޙްސާސް ވެދާނެ އަޅުގަނޑުމެންގެ މަރު ގާތް ވެއްޖެކަން އަޅުގަނޑު ކައިރީގާ ބައިވަރު މީހުން ބުނެފާ އެބަހުރި ތިމަންނަކައިރީގާ މަންމަ ބުނުއްވިއޭ ދަރިފުޅާއޭ ހިތްހެޔޮ ކުރާށޭ މަންމަޔަކަށް ހިއެއްނުވޭ މާގިނައިރަކު ދެން މިތާ އޮންނާނެހެނެއް. މަންމަޔަކަށް ހިޔެއްނުވޭ ދެން މާގިނަ އިރަކު މިދުނިޔޭގެ ޙަޔާތުގާ އޮވެވިދާނެ ހެނެއް،  

އަނެކަކު ބައްޕަ ތިމަންނަ ކައިރީގާ ބުނުއްވިއޭ  މިސްކިތުން ނަމާދު ނިންމާފަ ބައްޕަ ދުރުވެ ބައްޕަ ބުނުއްވައިފިއޭ ދަރިފުޅާއޭ ފެންތައްޓެއް ގެނެސްދީބަލާށޭ ބައްޕައަކަށް ހިޔެއްނުވޭ މާގިނައިރަކު މިދުނިޔޭގާ އޮވެވިދާނެ ހެނެއްވެސް ދަރިފުޅާއޭ ދެން ފެންތަށި ހިފައިގެން އައިއިރުގާ ބައްޕަ އޮތީ ނިޔާވެފަ ވަރަށް ހިނިތުންވުމާ އެކީގަ ނަމާދު ނިންމިތަނާ ، "މާޝާﷲ" 

އަނެކަކު އަޅުގަނޑު ދަންނަ ވަރަށްބޮޑު ރައްޓެއްސެއްވެސްމެ އެއްރެޔަކު އޭނާ މިބުނަނީ މިސްކިތުން ދިމާވެގެން ފުރްޤާނު މިސްތު ކުރީގެ ބާ ފުރުޤާނުމިސްކިތު މާލޭގަ އެމިސްކިތުން ޢިޝާނަމާދު ކުރިތަނާ އަޅުގަނޑުގާތުގާ އަޅުގަނޑު ރައްޓެއްސެއް ތެދުވެފާ ސުވާލެއް ކުރަނީ. ދީނީ ސުވާލެއް.  

ދެން އަޅުގަނޑު ކުރުކުރު ޖަވާބެއް ދިނިން އަޅުގަނޑު ބުނިން މިވަޤުތު ވަޤުތެއް ނެތޭ މިވަޤުތު އޮތީ އެހެން ބޭފުޅަކަށް ދެވިފައޭ އެހެންވީމާ އެބޭފުޅަކާ ބައްދަލު ކޮށްލަން އަޅުގަނޑު މިވަޤުތު ދާން އެބަޖެހެޔޭ ތަފްޞީލް އިން ޝާ ﷲ ފަހުންނޭ މާދަންރޭން އިން ޝާ ﷲ އެހެންކިޔާފަ އަޅުގަނޑުމެން ވަކިވީ އާދެ އެރޭ އަޅުގަނޑުމެން ވަކިވީ މާދަންރޭ އެތަފްޞީލް ދިނުމަށްޓަކާ އެހެންނަމަވެސް އެމާދަން ރެއެއް ނައި.  

އެމާދަންރޭ އިޝާނަމާދު ވުމުގެކުރިން ﷲ ގެ ރަޙްމަތުގެ ތެރެޔަށް އޭނާދަތުރުކޮށްފި. އޭނާ މިދުނިޔެއިން ވަކިވެގެން ހިނގައްޖެ. އަދި ދިޔައީވެސް ވަރަށް ރަނގަޅު ހެޔޮގޮތުގާ ބައްލަވާ މަޣްރިބް ނަމާދަށް ބަންގިގޮވީމާ ގެއިން ވުޟޫ ކޮށްގެން ހިނގާފަ މިސްކިތަށް އައިސް މިސްކިތަށް ވަންނަނިކޮށް. އޭރު ޤަމަތްދެނީ ޤަމަތް ދެމުންދަނިކޮށް މިސްކިތަށް ވަދެގެން ދިޔައިރު ކުއްލިއަކަށް ޚަބަރު ހުސްވެގެން  ވެއްޓެނީ ދެން ހޮސްޕިޓަލަށް ގެންދިޔައިރު ހަމަ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގަ ނިޔައު ވެއްޖެ ﷲ އޭނަޔަށް ހެޔޮ ރަޙްމަތް ލައްވާށި. އޭނާއަކިވެސް އަޅުގަނޑު ދެކެން ނިކަން ލޯބިން ވުޟޫކޮށް ބަރާބަރަށް ފަރުޟު ފަސްނަމާދު އަދާކޮށް މީހުންނާ ހިތްހެޔޮ ކަމާއެކީ އަނގައިންބުނެ އުޅުނު މީހެއް. ﷲ ގެ ރަޙްމަތުގެ ތެރެޔަށް އެގެންދެވިގޮތް ނިކަން ދެކެވަޑައިގެން ބައްލަވާ.

 

- ޝައިޚް އިބަރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން