1 ކިޔުންތެރިއަކަށް ކުޑަ މުސައްލައަކާ ހަދިޔާއެއްގެ އިތުރަށް 5 ފުޅި ހުވަނދުލިބޭ މިއަދުގެ ސުވާލު: ފަތިސް ނަމާދުކުރުމަށްފަހު ނިދުމަކީ މައްސަލައެއްތަ؟

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
1 ކިޔުންތެރިއަކަށް ކުޑަ މުސައްލައަކާ ހަދިޔާއެއްގެ އިތުރަށް 5 ފުޅި ހުވަނދުލިބޭ މިއަދުގެ ސުވާލު: ފަތިސް ނަމާދުކުރުމަށްފަހު ނިދުމަކީ
މައްސަލައެއްތަ؟

ފަތިސް ނަމާދުކުރުމަށްފަހު ނިދުމަކީ މައްސަލައެއްތަ؟ 

އެހީއެއް :  

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގަ ފަތިސްނަމާދުކުރުމަށްފަހު ނިދަން މަޖުބޫރުވެއްޖެނަމަ ނިދުމަކީ މައްސަލައެއް ނޫނެވެ. އެހެންކަމާއިއެކުވެސް ކިރިޔާވެސް މަޑުކޮށްލެވޭނެނަމަ މަޑުކޮށްލައި ޛިކުރުތައް ކިޔަންވާނެއެވެ. ފަތިހުގައިވާ އެންމެ ބަރަކާތްތެރި ވަޤުތުކޮޅުގެ ފައިދާ ލިބިގަންނަން މަސައްކަތްކުރަންވާނެއެވެ. އެންމެ ރަނގަޅު ގޮތުގައި ދުވަސްފެށުމަކީ އެއީއެވެ.  

ރޯދައަށް ހުރެގެންވެސް ގިނައިރު މަސައްކަތުގައި އުޅެންޖެހޭ މީހުން މަސައްކަތުގައި އުޅެމުންވެސް ޛިކުރުތައް ކިޔާނަމަ ދުވަސްނިމޭއިރު ވާނީ ވަރަށް ގިނަ ޢަދަދަކަށް ޛިކުރު ކިޔައިލެވިފައެވެ. އެކަމުގެ ފައިދާ ވަރަށް ބޮޑުވާނެއެވެ. އިން ޝާ ﷲ  

ކޮންމެ ދުވަހަކުވެސް އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އިނާމުލިބުމަށް ހޮވޭ ކިޔުންތެރިއަކަށް ފޭސްބުކް މެސެންޖަރުން މެސެޖެއް ލިބިލައްވާނެއެވެ. މެސެޖް ލިބިލެއްވުމުން 7788020 އަށް ގުޅާލަދެއްވާށެވެ. ނޫނީ 7788020 އަށް ވަޓްސްއަޕުން މެސެޖެއް ކޮށްލަދެއްވާށެވެ.

 

މިއަދު އޮންލައިން