ތިމާއަށް އެނގޭ މިންވަރުން ދަރިންނަށް އަމިއްލައަށް ޤުރްއާން ކިޔަވައިދިނުމަކީ ޘަވާބުހޯދަންވެސް ކުރަން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ތިމާއަށް އެނގޭ މިންވަރުން ދަރިންނަށް އަމިއްލައަށް ޤުރްއާން ކިޔަވައިދިނުމަކީ ޘަވާބުހޯދަންވެސް ކުރަން އޮތް ކަމެއް!


ނުވިސްނޭނަމަ ވިސްނާށެވެ! އަމިއްލައަށް ދަރިންނަށް ކިޔަވައި ދިނުމުން، އެނގޭ ކަންކަން ދަސްކޮށްދިނުމަކީ 2 ޘަވާބު ލިބޭނެ ކަމެކެވެ. އެއް ގޮތަކީ އުނގަންނައިދީނުމުގެ ޘަވާބެވެ. ދެވަނަ ގޮތަކީ ދަރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމުގެ ޘަވާބެވެ.  

ހިތާމައަކީ ބައެއް ބެލެނިވެރިންގެ ކިބައިގައި ޢިލްމްހުރެވެސް ތަނަވަސްކަން ހުރުމުން އަމިއްލައަށް އުނގަންނައިނުދީ އަގުދީފައި އެހެން މީހުންނާއި ދަރިންގެ ކިޔެވުމުގެ ހުރިހާ ކަންކަން ޙަވާލުކުރާކަމެވެ. ދަރިންގެ ކިޔެވުމަށް ޚަރަދުކުރުމަކީވެސް އަޅުކަމެކެވެ. ނަމަވެސް ޤުރްއާނާއި ދީނީ ޢިލްމް އަމިއްލައަށް އުނގަންނަވައިދެވޭނެ ފެންވަރުގެ ބެލެނިވެރިން އަމިއްލައަށް އެކަން ކުރުމުން ލިބޭނެ ޘަވާބު މާބޮޑުވާނެއެވެ!  

ދަރިންނަށް ދީނީ ތައުލީމު ދިނުމަށާއި ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ދަސްކޮށްދޭން ގިނަ ބައަކު މަސައްކަތްކުރެއެވެ. އަދި އަމިއްލައަށް ދީނުގެ ކަންކަން އެނގޭ މިންވަރަކުން ދަރިންނަށް ދަސްކޮށްދޭންވެސް މަސައްކަތްކުރެއެވެ. މިއީ ވަރަށް ރަނގަޅު ކަމެކެވެ. ވަރަށް ފައިދާވެސް ހުރިކަމެކެވެ.  

އުންމީދުކުރަނީ މިދިން ނަޞޭޙަތް އަޑުއަހައި ޢަމަލުކުރާނެ ކަމަށެވެ.

 

-ަ ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

މިއަދު އޮންލައިން