ރޯދައަށް ހުންނައިރު ވަރުބަލިކަން ކުޑަކުރަން ބޭނުންނަމަ އޮތީ ކެއުން މަދުކުރުން! ނިކަން މިމިނަށް މަދުކޮށް ތަޖުރިބާކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރޯދައަށް ހުންނައިރު ވަރުބަލިކަން ކުޑަކުރަން ބޭނުންނަމަ އޮތީ ކެއުން މަދުކުރުން! ނިކަން މިމިނަށް މަދުކޮށް ތަޖުރިބާކޮށްބަލަ!

 

ރޯދަމަސް އައުމުން ގިނަ ބައަކު އުޅެނީ ކެއުމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވެ ދެކޮޅު ނުޖެއްސިގެންނެވެ. އެއީ ގިނަ އެއްޗެތި ކައްކަން ބޭނުންވާތީއެވެ. ގިނަ ބާވަތްތަކުގެ ބުއިންތައް ތައްޔާރުކުރަން ބޭނުންވާތީއެވެ.  

މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ރޯދަހިފުމަށް އެހާގިނައިން ކާކަށް ނުޖެހޭނެއެވެ. ގިނައިން ކެއުމަކީ ރޯދައަށް ހުންނައިރު ވަރުބަލިކަން އިތުރުވާ ސަބަބެކެވެ. ހައިހޫނުކަން ފިލާވަރަށް ކާނެއެތިކޮޅެއް ލިބިއްޖެނަމަ އެއޮތީ ފުދި އިތުރުވެފައެވެ. ރޯދަވީއްލާ ވަޤުތުގައިވެސް އަދި ހާރުދަމުގައިވެސްމެއެވެ.  

މިއީ ހަމައެކަނި ދީނީ ޢިލްމްވެރިންގެ ބަހެއް ނޫނެވެ. ޑޮކްޓަރުންވެސް އެއްބަސްވާ ކަމެކެވެ. އަހުރެން މިވާހަކަ މިދައްކަނީ އަމިއްލަ ތަޖުރިބާ އާއިވެސް އެކުގައެވެ. އަހުރެން ރޯދަވީއްލަނީ 3 އޮށްކަދުރާއި ސޭންޑްވިޗަކާ 2 ހެދިކާއާ ކޮފީތަށްޓަކުންނެވެ. ތަރީވީހްނަމާދު ނިންމާފައި ބޭނުންކުރަނީ ކުޑަކުޑަ ބަތްޕެން ފޮދަކާއި ކުޑަ ޖޫސްފޮދެކެވެ. ހާރުދަމުކަނީ 3 މުށްބަތެވެ. ކައިނިމިގެން 3 އޮށް ކަދުރުކަމެވެ. ރޯދައަށް ހުންނާކަށް އެއްވެސް ބުރަކަމެއް ނެތެވެ. ބަނޑުހައިވެގެން އުޅޭކަށް ނުޖެހެއެވެ. އަދި އަހުރެންގެ އެކުވެރިންވެސް އެގެންދަނީ ހަމަ މިގޮތަށް ތަޖުރިބާކުރަމުންނެވެ. މިމިނަށް ކައިއުޅޭ އެކަކުވެސް ބަނޑުހައިވެގެނެއް ނުއުޅެއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ރަމަޟާންމަސް ހަދަންވީ މީރުކޮށް ގިނައިން ކައިބޮއިހަދާ މަހަކަށް ނޫނެވެ. ވީހާމަދުން ކައިބޮއި އަދި ވީހާގިނައިން އަޅުކަންކުރާ މަހަކަށެވެ. ރަމަޟާން މަސް ލިބިގަނެވޭނީ އެއިރުންނެވެ. ރޯދައިން ލިބެންވާ ރޫޙާނީ ފައިދާއާއި ޞިއްހީ ފައިދާވެސްމެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން