މިކަމަށް ސަމާލުވެއްޖެނަމަ މުއުމިން ކޮންމެ އަންހެނަކަށްވެސް އޮތީ އުފާވެރިކަން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
މިކަމަށް ސަމާލުވެއްޖެނަމަ މުއުމިން ކޮންމެ އަންހެނަކަށްވެސް އޮތީ އުފާވެރިކަން! އިން ޝާ ﷲ

 

މިއުޅެނީ އަންހެނަކަށްވުމުން މާކުރިއަރައިގެންދެވޭކަމަށް ބުނާކަށް ނޫނެވެ. އަނހެނަކަސް ފިރިހެނަކަސް ކުރިއަރައި ދެވޭނީ އެކަމަށް މަސައްކަތްކުރުމުންނެވެ. ފާހަގަމިކުރަނީ އެކަނބަލުންގެ ކިބައިގައި ހުންނަ ޚާއްޞަ ސިފައެކެވެ.  

މުއްމިން އަންހެނުންނަކީ ވަރަށް ޚާއްޞަ ބައަކަށްވަނީ ގިނަ އަންހެނުންނަކީ ޢާންމުގޮތެއްގައި އެމީހުން ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ވަރަށް ބޮޑަށް ސަމާލުކަންދީގެން ކުރާ ބައެކެވެ. އެގޮތުން މުއްމިން އަންހެނުން އިސްލާމް ދީނުގެ ކަންކަމަށްވެސް ހަމަ އެހައިބޮޑަށް ސަމާލުކަންދޭނެއެވެ. ރަމަޟާން މަހު ރޭއަޅުކަންކުރަން މިސްކިތުގެ ޖަމާއަތަށްދާ އަންހެނުންނަށް ބެލުމުންވެސް މިކަން ފާހަގަކުރެވޭނެއެވެ. ކިތަންމެ އަވަދިނެތި އުޅެމުންވެސް ކުރިއާލައި މިސްކިތަށްދާނެއެވެ.  

މިރޭގެ މައުޟޫއަކީ މުއްމިން އަންހެނުންނަކީ ކޮބައިހެއްޔެވެ؟ މައުޟޫގެ ގޮތުން މުއްމިން އަންހެނުންގެ ވާހަކަ މިރޭ ދެއްކި ނަމަވެސް މިދެއްކެނީ ފިރިހެނުންވެސް ހިމެނޭ ގޮތަށް ހުރިހާ މުއްމިނުންގެވާހަކައެވެ. 

މުއްމިން އަންހެނުން ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އެކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ޢަމަލެއްކަން ޔަޤީންކުރާނެއެވެ. ރުހިވޮޑިނުގަންނަވާ ޢަމަލެއް ނުކުރާނެއެވެ. އަންހެނުންނަކީ ކޮންމެ ކަމެއްގައިވެސް ވަރަށް ހިތްވަރުގަދަ އަދި ވަރަށް ސާބިތުކަންމަތީގައި ތިބޭ ބައެކެވެ. ވީމާ އިސްލާމްދީނުގެ ކަންކަމުގައި އެކަނބަލުންގެ ސާބިތުކަން ވަރަށް ވަރަށް ވަރުގަދަވާނެއެވެ!  

އެހެންކަމާއިއެކުގައިވެސް އަހަރެމެން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ފުރަތަމަ ކަމަކީ ނަމާދެވެ. މިބުނާ ބަހަކީ ނަމާދަކަށް ނަމާދެއްކުރުމެއް ނޫނެވެ. ނަމާދަކަށްވާގޮތަށް ނަމާދުކުރުމެވެ. ނަމާދަކަށްވާގޮތަށް ނަމާދުނުކުރެވޭނަމަ މުއްމިންކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟  

ލޮބުވެތި މުއްމިން ކަނބަލުންނޭވެ! ކުރަން އޮތް ކަމަކީ ކޮންމެ ކަމެއް ކުރުމުގައިވެސް ﷲ ތަޢާލާއަށް ބިރުވެތިވުމާއި އިޚްލާޞްތެރިވުމެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމެވެ. ކޮންމެ މީހަކީވެސް އަބަދުވެސް ދުނިޔެއިން ވަރަށް ގިނަ ކަންކަމަށް އެދިގެން ހުންނާނެ މީހެކެވެ. އެއީ އެކަންވާނެ ގޮތެވެ! ނަމަވެސް ކުރަންއޮތްކަމަކީ އެހުރިހާ ކަންކަމުގެ ކުރިއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ.  

ތިއަ ކަނބަލުން ބަދިގޭގައި އުޅުނު ނަމަވެސް އަދި އެހެން މަސައްކަތެއްގައި އުޅުނު ނަމަވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިނަ ހިތުން އެންމެ ހިނދުކޮޅަކަށްވެސް ފިލައިގެންދިއަނުދޭށެވެ! މުއްމިން އަންހެނެއްގެ ގޮތުގައި ސާބިތުވެހުރެވޭނީ އެއިރުންނެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން