ރަނގަޅު އަންތބަކު އެދޭނީ އެންމެ ކަމަކަށް! އެކަންކޮށްދޭނަމަ ހުރިހާ ކަންބޮޑުވުންތަކަކުވެސް ސަލާމަތްވެ އުފަލުގަ ހުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރަނގަޅު އަންތބަކު އެދޭނީ އެންމެ ކަމަކަށް! އެކަންކޮށްދޭނަމަ ހުރިހާ ކަންބޮޑުވުންތަކަކުވެސް ސަލާމަތްވެ އުފަލުގަ ހުރެވޭނެ!


ރަނގަޅު އަނބިންނަކީ ފިރިމީހާގެ ކިބައިން މާގިނަ ކަންކަމަށް އެދޭނެ ބައެއް ނޫނެވެ. އެކަނބަލުން އެދޭނީ އެންމެ ކަމަކަށެވެ. އެއީ އޭނާއަށް ޙައްޤު މަޤާމުގައި ބެއިންދުމެވެ.

ދެން ބަލަންވީ އޭނާއަށް ޙައްޤުމަޤާމަކީ ކޮބައިތޯއެވެ. އެއީ އޭނާއަށް އިޙްތިރާމް ކުރުމެވެ. އޭނާއަށް އިހްތިރާމް ކުރުމަކީ ބޭވަފާތެރިނުވުމެވެ. އޅައިލުމެވެ. ލޯބިދިނުމެވެ. ފިރިމީހާ އެކަންކަން ކޮށްދޭނަމަ ރަނގަޅު އަނބިން ކިތަންމެ ދަތިޙާލުގައިވެސް ކެތްތެރިވާނެއެވެ. އަމިއްލަ އުފާތައް ޤުރްބާންކުރަމުންވެސް ފިރިމީހާއަށް ލޯބިދޭނެއެވެ.  

ވިސްނާށެވެ! ރަނގަޅު އަންތބަކުވެސް އަދި ރަނގަޅު ފިރިއަކުވެސް ލިބެނީ މަދުމީހަކަށެވެ. ވީމާ ތިބާއަށް ރަނގަޅު ބައިވެރިއަކު ލިބިއްޖެނަމަ އެއީ ތިބާއަށް ﷲ ތަޢާލާ ދެއްވެވި ވަރަށް ބޮޑު ނިޢުމަތެއް ކަމުގައި ޤަބޫލުކޮށް ޝުކުރުވެރިވާންވާނެއެވެ. ޝުކުރުވެރިވުމަކީ ކުރިން މިބުނި ފަދައިން އޭނާއަށް ޙައްޤު މިންވަރު ދީގެން އެކުގައި އުޅެން މަސައްކަތްކުރުމެވެ.  

އަހުރެން ދުނިޔެއަށްވެސް ގޮންޖަހަމެވެ. ރަނގަޅު ބައިވެރިއަކު ލިބުމުން ޝުކުރުވެރި ނުވެވުނު މީހަކަށް އެކަމުގެ ހިތާމަ މުޅި ޢުމުރަށްވެސް ނުޖެހިއެއް ނުދާނެއެވެ. އެކި މީހުންނަށް އެކި މިންވަރަށެވެ. އެކި ގޮތަށެވެ. 

ހިތާމައަކީ ﷲ ތަޢާލާ ދެއްވަވާ މިބޮޑު ނިޢުމަތަށް ޣާފިލުވެވޭކަމެވެ. ބޮޑު ނިޢުމަްތ ކަމަށް މިބުނަނީ ހެޔޮލަފާ ބައިވެރިއަކު ލިބުމެވެ. ވީމާ އަހުރެންގެ މިނަޞީޙަތަށް އެންމެންވެސް ރަނގަޅަށް ވިސްނާށެވެ. އެކަމުގެ ފައިދާކުރާނެއެވެ، އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން