"1- ރޭއަޅުކަމުގައި 10 އާޔަތް ކިޔަވައިފި މީހަކު ޣާފިލުވި މީހުންގެ ތެރޭގައި ނުލިޔުއްވޭނެއެވެ.
2- ރޭއަޅުކަމުގައި 100 އާޔަތް ކިޔަވައިފި މީހަކު ޤާނިތުންގެ (ކިޔަމަންތެރި އަޅުވެރި އަޅުތަކުންގެ) ތެރޭގައި ލިޔުއްވޭނެއެވެ.
3- ރޭއަޅުކަމުގައި 1000 އާޔަތް ކިޔަވައިފި މީހަކު މުޤަންޠިރީންގެ (ގިނަގުނަ ޘަވާބު ހޯގައިގަތް މީހުންގެ) ތެރޭގައި ލިޔުއްވޭނެއެވެ." ( سنن أبي داود 1398)
--ޝައިޚް އަޙްމަދު ރިމާޒް
ވިސްނަވައިލައްވާށެވެ. އެންމެ 10 އާޔަތުންވެސް ފުދެން އެބައޮތެވެ. އިތުރުކުރުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. ވީމާ ރޭއަޅުކަންކުރުމަކީ ބުރަކަމެއްކަމަށް ނުދެކޭށެވެ. އޮތީ ހަމަ ކުޑަކުޑަ ހިތްވަރެއް ލުމެވެ.
މިވާހަކަކޮޅު ޚާއްޞަ މިކުރީ ރަމަޟާން މަހަކަށް ނޫނެވެ. ޢާންމު ގޮތެއްގައި ހުރިހާ މަހަކަށެވެ. ހިތްވަރުދޭން ބޭނުންވަނީ އަހަރުގެ ކޮންމެ ރެއަކީވެސް ރޭއަޅުކަންކުރާ ރެއަކަށް ހެދުމަށެވެ. ކިތަންމެ ކުޑަމިންވަރެއް ކިޔަވައިގެން ނަމަވެސްމެއެވެ. އެންމެ ކުޑަމިނުން ވިތުރި ނަމަވެސް ޢާންމުގޮތެއްގައި ކުރުމަށެވެ.