އޮތީ ހިތްވަރުކުރަން ކެރުނު ވަރެއް!: ތިބާއާއިއެކު ﷲ ތަޢާލާ އަބަދުވެސް ވޮޑިގެންވާނެ ޢަމަލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އޮތީ ހިތްވަރުކުރަން ކެރުނު ވަރެއް!: ތިބާއާއިއެކު ﷲ ތަޢާލާ އަބަދުވެސް ވޮޑިގެންވާނެ ޢަމަލު!

ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމާއިމެދު ނިކަން ވިސްނައިލަބަލާށެވެ!  

"މީހަކު ތިމަން ﷲގެ މަތިން ހަނދުމަކުރުމުގައި އެމީހާގެ ތުންފަތް ތެޅުވޭހައި ހިނދަކު ﷲ އެމީހަކާއިއެކު ވޮޑިގެންވެއެވެ. އެމީހަކު އެކަނި ހުރެ ތިމަން ﷲ ގެ މަތިން ހަނދުމަކުރާނަމަ ތިމަން ﷲ ވެސް ހަމައެފަދައިން އެމީހަކު މަތިން ހަނދުމަފުޅު ކުރައްވަވާހުށީމެވެ. މީހަކު ބައެއްގެ ތެރޭގައި ހުރެ ތިމަން ﷲގެ މަތިން ހަނދުމަކުރާނަމަ އެއަށްވުރެ މަތިވެރިކަން ބޮޑު މަޖިލީހެއްގައި ތިމަން ﷲ އެމީހެއްގެ މަތިން ހަނދުމަފުޅު ކުރައްވަވާހުށީމެވެ." 

ކޮންމެ މީހަކުވެސް އެމީހަކީ މުސްލިމެއް ނަމަ މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެންމެ ބޮޑަށް އެދޭނެ ކަމަކީ އެމީހަކާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވުމެވެ. އެހެނީ އެކަން ގުޅިފައިވަނީ ދެ ދުނިޔޭގެ ބާއްޖަވެރިކަމާއިއެވެ. ނަޞީބާއިއެވެ.  

ނިކަން ވިސްނައިބަލާށެވެ! އަހަރެމެން ﷲ ތައާލާގެ މަތިން ހަނދުމަކުރުމުން ﷲ ތަޢާލާ އަހަރެމެންގެމަތިން ހަނދުމަފުޅު ކުރައްވަވަތެވެ. އެކަމުގެ ދަލީލަކީ "ތިމަން ﷲގެ މަތިން ހަނދާންކުރާށެވެ. ތިމަން ﷲ ތިއަބައިމީހުންގެ މަތިން ހަނދުމަފުޅު ކުރައްވަވާނެ" ކަމަށް އޮތް ވަޙީ ބަސްފުޅެވެ.   

ވީމާ އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވުމަށް އެދޭމީހާ ކުރަން އޮތް އެންމެ މުހިންމު ކަމަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމެވެ. އަދި ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ދެމިހުރިހައި ހިނދަކު ޝައިޠޯނާއަކަށް އެމީހަކާ ވައިވެސް ނޭޅެވޭނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން\

މިއަދު އޮންލައިން