ތިބާގެ ހިތްދަތިކުރުވައިފި މީހެއްގެ ކުރިމަތީގަ އެންމެ ކަރުނަތިއްކެއްވެސް ވައްޓާނުލައި މިމަގުން ޢަމަލުކުރީމާ ދެއްވަވާ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތިބާގެ ހިތްދަތިކުރުވައިފި މީހެއްގެ ކުރިމަތީގަ އެންމެ ކަރުނަތިއްކެއްވެސް ވައްޓާނުލައި މިމަގުން ޢަމަލުކުރީމާ ދެއްވަވާ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ-: މުފްތީ މެންކް

ތިބާގެ ހިތުގައި ޖައްސުވައިފިނަމަ ދެރަވެ އެމީހެއްގެ ކުރިމަތީގަ ކަރުނަނުއަޅާށެވެ! ފިނޑިވެސް ނުވާށެވެ!ހިތްވަރުއެލުވައިނުލާށެވެ! ދެރަވާކަންވެސް ނުއަންގާށެވެ.

އެމީހަކަށް ބުނާށެވެ! "ތިބާއަށްވުރެ އަހުރެންނަށް ހެޔޮކޮށްހިތާނެ، ތިބާއަށްވުރެ ބޮޑަށް އަހުރެންދެކެ ލޯބިވާނެ މީހަކު ހޯދުމުގެ ފުރުޞަތު ދިންކަމަށްތަކައި ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ!"  

ދިރިއުޅުމުގައި ކުރިމަތިވާ ޙާލަތަކާއި ގުޅިގެން މިއީ ތިމާއަށް ކުރިމަތިވެގެން ނުވާނެ ޙާލަތެއްކަމަށް ނުދެކޭށެވެ. އެހެނީ ތިބާ ރަނގަޅު ގޮތުގައި ހުއްޓައި ކުރިމަތިކުރައްވަވާ ކޮންމެ ޙާލަތެއްވެސް ކުރިމަތިކުރައްވަވާނީ ތިބާއަށް ރަނގަޅަކަށެވެ. ވީމާ އެޙާލަތު ކުރިމަތިކުރެއްވެވިކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުވެރިވުން ގިނަކުރާށެވެ!

ހިތްވަރު ލިބިގަންނަންވީ ހިތްދަތިކަން ލިބުމަށްފަހު ފަހުން މާއުފާވެރި ގޮތްތައް މެދުވެރިވި މީހުންގެ ކިބައިންނެވެ. ރަނގަޅަށް ބަލާށެވެ. އެފަދަ ގިނަ ބައަކު ފެންނާނެއެވެ.  

މުއުމިނުންގެ ގޮތަކަށްވާންޖެހޭނީ ކުރިމަތިކުރައްވަވާ މިންވަރަށް ޝުކުރުވެރިވުމެވެ. ކެތްތެރިވުމެވެ. ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ. ދަތި އުނދަގޫ ޙާލަތު ކުރިމަތިވުމުން ކެތްެރިވާ އަޅަކަށް މާއުފާވެރި ގޮތްތައް މިންވަރުކުރައްވަވާނެތެވެ.  

ބައެއް މީހުންނަށް ޢަމަލުކުރެެވނީ ދިމާ އިދިކޮޅަށެވެ. ހިތްދަތިކަމެއް ލިބުމުން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއި ދުރުހެލިވެވެނީއެވެ. އަޅުކަން ނުކުރެވެނީއެވެ. ޛިކުރުތައް ނުކިޔޭތަނުގައި ދުޢާވެސް ނުކުރެވެނީއެވެ. އެގޮތަށް އެކަންކަން މެދުވެރިވިއަނުދޭށެވެ. ﷲ ތަޢާލާއާއި ކުއްތަންވުމަށް އިތުރަށް މަސައްކަތްކުރާށެވެ. އެއިރުން އެމީހަކަށް މާއުފާވެރި ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން