އެއީ ނަބިއްޔާ ސައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ، މީހަކަށް ރޯދަވީއްލާލުމެއް ދީފިމީހަކަށް، އެމީހާއަށް، އެ ރޯދަހިފި މީހާގެ ރޯދައިގެ އަޖުރު އެމީހާގެކިބައިން އުނިނުވާނޭހެން އެމީހާއަށްވެސް (ރޯދަވީއްލުން ދިންމީހާއަށްވެސް) އެފަދަ އަޖުރެއް ލިބޭނެކަމަށެވެ!
އެހެންވީމަ ކޮންމެ ދުވަހަކު 2 ރޯދަ ހިފުމުގެ ފުރުޞަތު އަޅުގަނޑުމެންގެ ތެރެއިން ގިނަބައަކަށް އެބައޮތެވެ! ވީމާ އަޅުގަނޑުމެން އެކަން ކުރެވޭތޯ ބަލަންވާނެއެވެ! އެއިރުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް މި ރަމަޟާން މަހަކީ އުފާވެރި މަހެއްކަމުގައި ލައްވާނެތެވެ! އިން ޝާ ﷲ
މީސްތަކުންނޭވެ! ފަޤީރުން ނެތްކަމަށް ބުނެވުނު ނަމަވެސް ވަރަށް ނިކަމެތި ޙާލުގައި ދިރިއުޅޭ މީޙުން ބައިވަރެވެ. އެންމެން މަގުމަތީގައި އަތް ދިކޮށްގެން ސަލާންޖަހަމަކުން ނުހިނގާނެއެވެ. ޚާއްޞަކޮށް އެތައް ބައިވަރު އެކަނިވެރި މައިންނާއި ހުވަފަތް އަންހެނުންނަކީ ވަރަށް ދަތިޙާލުގައި އުޅޭ ބައެކެވެ.
ދަރިން އެކަނިމާއެކަނި ގެންގުޅޭ މައިން ދިރިއުޅެނީ ވަރަށް ދަތިޙާލުގައެވެ. މަގުމައްޗަށް ނުކުމެގެންވެސް ނުވަތަ އެނޫން ގޮތަކުން ނަމަވެސް ދަތިޙާލުގައި ތިބި މީހުން ހޯދާށެވެ. އެމީހުންނަށް އެއްޗެއް ދިއްކޮށްލާށެވެ! ރޯދަވީއްލޭނެވަރު ދިއްކޮށްލާށެވެ.
އެއިރުން ވާނެ ގޮތް ނިކަން ވިސްނައިލަބަލާށެވެ! އެކަނިވެރި މަންމައަކާއި 2 ދަރިންނެވެ. 100 ރުފިޔާ ދީފިނަމަ ރޯދަވީއްލައި ހާރު ކާނެ ތަކެތިގަންނަންވެސް އެމީހުން ފުއްދާނެއެވެ. އެއިރުން 3 މައިންނަށް ރޯދަވީއްލުން ދެވުނީއެވެ. ތިބާ ހިފި ރޯދައިގެ ތެރެއަށް 3 ރޯދައެއްކުރެވުނީއެވެ. އިންޝާ ﷲ
- އަލަފްގެ ވިސްނުން