މައިންބަފައިންނަށް ހެޔޮކޮށް ހިތުން-: އެންމެ ފަސޭހައިން ސުވަރުގެ ވަދެވެން އޮތް ދޮރު ހުޅުވިފަ ހުރިއިރު ވަންނަން މަސައްކަތް ނުކޮށްފަ ދޮރު ބަންދުވީމާ ރުއިމަކުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މައިންބަފައިންނަށް ހެޔޮކޮށް ހިތުން-: އެންމެ ފަސޭހައިން ސުވަރުގެ ވަދެވެން އޮތް ދޮރު ހުޅުވިފަ ހުރިއިރު ވަންނަން މަސައްކަތް ނުކޮށްފަ ދޮރު ބަންދުވީމާ ރުއިމަކުން ކުރާނެ ފައިދާއެއް ނެތް!

 

އެއްވެސް ނިޢުމަތަކީ ދާއިމަށް ދެމިއޮންނާނެ ނިޢުމަތެއް ނޫނެވެ. އެއްވެސް ފުރުޞަތަކީވެސް ދާއިމަށް ދެމިއޮންނާނެ ފުރުޞަތެއް ނޫނެވެ. އެހެންވެ ބަހެއް ބުނެލަން މަސައްކަތް މިކުރަނީ އެންމެ ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލުވެވޭ ކަންތަކާއިމެދުގައެވެ.  

އެކަމަކީ އެއްވެސް ޝައްކެއް ނެތްގޮތުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. ގިނަ ބައަކަށް ވިސްނިފައި އޮންނަނީ އެއީ ކޮންމެ ދުވަހަކު ނަމަވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. އެގޮތަށް ވިސްނާ މީހުންނަށް ނުވިސްނެނީ އެމީހުން ނުވަތަ ތިމާއަށް ދުނިޔޭގައި ހުރެވޭނީ ކިހާދުވަހަކު ކަމާއިމެދުގައެވެ. 

މިޘާލަކަށް ތިބާ ދިރިއުޅެނީ އެހެން ޤައުމެއްގައެވެ. ކުރިއާލައި ޓިކެޓްނަގައިގެން ދަތުރުކުރާނަމަ ޓިކެޓެއް 100 ޑޮލަރަށް އެބަ ލިބެއެވެ. އެކަމަކުވެސް ތިބާ ދާކަށް ބޭނުމެއް ނުވެއެވެ. އެހެން ހުއްޓައި މަންމަ ނުވަތަ ބައްޕަ މަރުވި ޚަބަރު ލިބޭއިރަށް 500 ޑޮލަރު ޚަރަދުކޮށްގެންވެސް ޖަނާޒާއަށްދާން އެބަ ބޭނުންވެއެވެ. ދެވެންދެން ވަޅުނުލައި ބާއްވައިދިނުމަށްވެސް އެބައެދެއެވެ. މިއީ ކޮންގޮތަކަށް ދެކޮޅުޖެހޭ ކަމެއް ހެއްޔެވެ؟  

ދެން އޮތީ ގާތުގައި ދިރިއުޅޭ ދަރިންނެވެ. މަސް، ދެމަސް، 3 މަސް ވެގެންދާއިރުވެސް ބައިންބަފައިންނާއި ހަމައަށް ގޮސްލެވޭކަމަކަށް ނުވެއެވެ. އެއިރު އެމީހުން ދަރިފުޅު ދެކެލުމަށް ކުރާނެ އިންތިޒާރާއިމެދު ވިސްނައިވެސް ނުލައެވެ.  

ލޮބުވެތި އެކުވެރިންނޭވެ! މައިންބަފައިންނަށް ހެޔޮކޮށްހިތުމުގެ ފުރުޞަތަކީ އަބަދު ލިބޭނެ ފުރުޞަތެއް ނޫނެވެ. ކުރިން މަރުވާނީ އެމީހުންކަމެއް ނުވަތަ ތިމާ ކަމެއް ނުއެނގޭނެއެވެ. ނަމަވެސް ވިސްނަންވާނީ ޢުމުރުން ދުވަސްވުމުން ކޮންމެ ވަޤުތަކުވެސް ވަކިވެގެން ހިނގައިދާނެ ކަމެވެ. އެހިސާބުން އެމީހުންނަށް ހެޔޮކޮށްހިތުމުގެ ފުރުޞަތު ގެއްލިގެންދާނެ ކަމެވެ. އެއީ އަނބުރާލިބޭނެ ފުރުޞަތެއް ނޫންކަމެވެ.  

އިބްން ޢައްބާސްގެ ބައްޕާފުޅު އަވަހާރަވިކަން އެނގިވަޑައިގަތުމުން ކީރިތިކުރައްވަމުން ވިދާޅުވި ބަސްފުޅަށް ވިސްނާށެވެ. "އަހުރެން މިރޮނީ ބައްޕާފުޅު އަވަހާރަވެގެންނަކުން ނޫނެވެ. އިން ޝާ ﷲ ބައްޕާފުޅުވަނީ މާތަނަވަސް ރަޙްމަތުގައެވެ. އަހުރެން މިރޮނީ އަހުރެންނަށް އެންމެ ފަސޭހައިން ސުވަރުގެ ވަދެވެން އޮތް ދޮރު ބަންދުވީތީއެވެ." 

މިއީ އަހުރެމެންވެސް އެންމެ ބޮޑަށް ސަމާލުކަންދޭން އޮތް ކަންތަކެވެ. މައިންބަފައިން ދުނިޔޭގައި ތިބިއިރު އެހީތެރިވެ ލޯބިނުދީފައި އެމީހުން މަރުވުމުން ދެރަވެ ރޮއި ކަރުނައެޅިޔަސް ކުރާނެ ފައިދާއެއް ނެތެވެ.

 

- މަޢުލޫމާތު: ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން   

މިއަދު އޮންލައިން