ޤިޔާމަތް ދުވަހު އުންމަތްތަކުގެ މީހުންގެ މައްޗަށް ނިޔާ އިއްވެވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޤިޔާމަތް ދުވަހު އުންމަތްތަކުގެ މީހުންގެ މައްޗަށް ނިޔާ އިއްވެވުން-

 

ދެން عاد ބާގައިމީހުންގެންނަވައި އެއުރެންގެގާތަށް رَسُول ކަމާއިގެން ފޮނުއްވި سَيِّدنَا هُوْدُ ގެފާނާއި މެދުގައި ނިޔާކުރައްވާ ހުއްޓެވެ. އެއުރެންގެ މައްޗަށްވެސް رَسُولُ اللهِ ގެފާނާއި އެކަލޭގެފާނުންގެ أمّة ގެ މާތްމީހުން ހެކިވާހުއްޓެވެ. އިތުރު އެކަލޭގެފާނުން قرآن ން كَذَّبَتْ عَادٌ الْمُرْسَلِينَ މިތަނުން ފައްޓަވައިގެން އެމީހުންގެ ވާހަކަތައްހުރި ހިސާބު ވިދާޅުވާހުއްޓެވެ. 

ދެން އެމީހުން ނަރަކަޔަށް ގެންދިއުމަށް އަމުރުފުޅު އަތުވެދާހުށި. 

ދެން وحى ކުރައްވާހުއްޓެވެ. ކަލޭގެފާނުން އެފޮތް އަދާކުޅަ ބަޔަކުގެތެރޭގައި އެފޮތް ކިޔަވާށެވެ. ދެން އެކަލޭގެފާނުން އެކަލޭގެފާނަށްޓަކައި ބެހެއްޓިގެންވާ منبَر އަށް އަރައިވަޑައިގަތުމުން އެތަނަށް بَنِي إسْرَائِيْلُ ބާގައިގެ أحْبَار ންތައް އެއްކުރެއްވޭހުއްޓެވެ. މުޅި مَحْشَر ގެ أهل ވެރީން އެކަލޭގެފާނުންގެ ކިޔަވާ ވިދާޅުވުމުގެ އަޑުފުޅު އެހުމަށް ކަންދީގެން ހަނު ތިބޭ ހުއްޓެވެ. ދެން އެކަލޭގެފާނުންގެ ހިތްޕުޅުން އެ تَوراة ވިދާޅުވާ ހުއްޓެވެ. އެންމެން حَيْرَان ވެ ޝޯޚް ވެގެން އަޑުފުޅު އަހާން ތިބޭހުއްޓެވެ. އެންމެން ބޮޑެތި ބޮޑެތި أَحْبَار ން توراة  ކިޔެވުމުގެ މިފަދަ އަޑެއް ދުވަހަކު ނުއިވޭ ކަމަށް ހީކޮށްގެން عَجَائِب ވެފައި ތިބޭހުށި، 

- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

 

މިއަދު އޮންލައިން