ދެމަފިރިންނަށް ލޯބިން އެކުގަ އުޅެވުމަށްވުރެ ބޮޑަށް ސިކުނޑިއަށް ހަމަޖެހުން ލިބޭނެ ކަމެއް ނެތް! މިކަންކަމަށް ސަމާލުކަންދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ދެމަފިރިންނަށް ލޯބިން އެކުގަ އުޅެވުމަށްވުރެ ބޮޑަށް ސިކުނޑިއަށް ހަމަޖެހުން ލިބޭނެ ކަމެއް ނެތް! މިކަންކަމަށް ސަމާލުކަންދެއްވާ!


ބައެއް ފިރިން އާމްދަނީ އިތުރުކުރަން އަވަދިނެތި މަސައްކަތްކުރެއެވެ. އެގޮތަށް މަސައްކަތްކުރަން ހަދައިގެން މުޅި ދުވަހު އަނބިމީހާގެ ގާތަށް ގޮސްނުލެވިވެސް އެބަދެއެވެ. އަނބިމީހާ ނިދާފަހުންވެސް ގެއަށްދެވެއެވެ.  

ހެޔޮލަފާ އަނބިން ބޭނުންވާނީ ބޮޑު ތަނަވަސްކަމެއް ނޫނެވެ. ފިރިމީހާގެ ވަޤުތެވެ. އޭނާއަށް ދޭންޖެހޭ ސަމާލުކަން ލިބުމެވެ. އެންމެ ބޮޑަށް އިސްކަންދެނީ އަނބިމީހާއަށްކަމުގެ ޔަޤީންކަމެވެ.  

މީގެމާނައަކީ ދިރިއުޅެން ފައިސާ ބޭނުންނުވުމެއް ނޫނެވެ. ފައިސާ ބޭނުންވާނެއެވެ. އެހެންކަމާއިއެކުވެސް ފައިސާ ހޯދަން މަސައްކަތްކުރަންވާނީ ދެމަފިރިންގެ ގުޅުމަށް ހުރަސް ނުއެލޭނެ ގޮތަށެވެ.  

މަސައްކަތް ހުންނަ ގޮތުން އަނބިމީހާގެ ގާތަށް ދެވުން މަދުވެދާނެއެވެ. ގެއަށް ދެވުން ލަސވެދާނެއެވެ. އެޙާލަތުގައިވެސް އަނބިމީހާއަށް ފޯނުކުރާށެވެ. ކުޑަ ވަޤުތުކޮޅެއް ހޯދައިގެން ނަމަވެސް ވީޑިއޯކޯލްކުރާށެވެ. ވީޑިއޯ ކޯލުގެ ފައިދާ އޯޑިއޯކޯލަކަށްވުރެ 100 ގުނަ ބޮޑުވާނެއެވެ. އަދި އަނބިމީހާކުރާ ވީޑިއޯކޯލްތައް ނުކަނޑާށެވެ! އެއީ ހިތުގައި ޝައްކުއުފެދޭނެ ކަމެކެވެ. އެކަމަށް ފުރުޞަތުނުދޭށެވެ!  

ދެމަފިރިންނަށް ލޯބިން އެކުގައި ދިރިއުޅެވުމަށްވުރެ އުފާވެރިކަން އިތުރުވާނެ އެއްވެސް ކަމެއް ނެތެވެ. ސިކުނޑިއަށް ބޭނުންވާ ހަމަޖެހުން އެންމެ ބޮޑަށް ލިބެނީ ބައިވެރިޔާއާއިއެކު ލޯބިން އުޅެވުމުންކަން އެއީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން