"ސިކުނޑި ދެކޮޅު ހެދުން": ދިރިއުޅުމާ ކުރަންބޭނުންވާ މަސައްކަތް ކާމިޔާބުކުރަން ގިނަ ބައަކަށް ހުރަސްތައް ކުރިމަތިވާ އެންމެ ބޮޑު ސަބަބާ އެކަމަށް އޮތް ޙައްލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
"ސިކުނޑި ދެކޮޅު ހެދުން": ދިރިއުޅުމާ ކުރަންބޭނުންވާ މަސައްކަތް ކާމިޔާބުކުރަން ގިނަ ބައަކަށް ހުރަސްތައް ކުރިމަތިވާ އެންމެ ބޮޑު ސަބަބާ އެކަމަށް އޮތް ޙައްލު!

އިސްލާމް ދީނަށް ބެލިނަމަވެސް އެންމެ ބޮޑަށް ބާރުއަޅަނީ ވިސްނައި ފިކުރުކުރުމަށެވެ. ﷲ ތަޢާލާއާއި މެދުގައެވެ. މުޅި ކައުނާއިމެދުގައެވެ. އަދި ތިމާގެ ދިރިއުޅުމާއިމެދުގައިވެސްމެއެވެ. އެއިގެ ތެރޭގައި އެމީހަކު ކުރަން ބޭނުންވާ މަސައްކަތްވެސް ހިމނެއެވެެ.  

ދުނިޔޭގަ ކުރިއަށް ދިއުމަށް އެދޭ މީހަކަށް އެންމެ ފުރަތަމަވެސް ކުރަން އޮތް އެއްކަމަކީ އެމީހަކު ކުރިއަށްދާން ބޭނުންވާ ގޮތެއް ނުވަތަ މަގެއް ކަނޑައެޅުމެވެ. އެކަން ކަނޑައެޅުމަށްފަހު ތިމާގެ ކިބައިގައި ހުރި ކުޅަދާނަކަން ނުވަތަ ހުނަރުތައް އަދި ހަކަތަ ބޭނުންކޮށްގެން ކުރިއަށްދާން މަސައްކަތްކުރުމެވެ.  

ބައެއް މީހުންނަށް ކަންކަން ކުރެވެނީ އެހެން ގޮތަކަށެވެ. އެހެން މީހުންގެ ކަންކަން ކޮޕީކުރަން މަސައްކަތްކުރެވެނީއެވެ. އެކަމުން ލިބޭ އެންމެ ބޮޑު ދެރަ ސައިންސްވެރިން މިހާރު ވަނީ ހޯދައިފައެވެ. ވިސްނާށެވެ!  

މީހަކު އޭނާގެ އަމިއްލަ ގޮތުގައި އަމިއްލަ ވިސްނުމުގައި، ތިމާގެ ކިބައިގައި ހުރި ޤާބިލްކަމާއި ހަކަތަ ބޭނުންކޮށްގެން ކުރިއަށްދާން މަސައްކަތްކުރާނަމަ އެކަން ކާމިޔާބުކުރެވޭނެ ގޮތް އެމީހާގެ ސިކުނޑިން އެމީހަކަށް ވިސްނައިދެއެވެ. އެއިގެ ބަދަލުގައި އެކަމުގެ ތެރެއަށް އިތުރު ގޮތްތައް ވައްދަން މަސައްކަތްކުރާނަމަ ސިކުނޑީގެ މަސައްކަތްތަކަށް "ކްރޮސްކަނެކްޝަން" މައްސަލަތައް ކުރިމަތިވެ ފޭލްވެއެވެ. ސިކުނޑި ބްލޮކްވެއެވެ. އެހިސާބުން އެންމެ ރަނގަޅު ގޮތް ވިސްނަން އުނދަގޫވެއެވެ.  

އެހެން މީހުން ކުރިއަރައިދިއަގޮތާއިމެދު ވިސްނުމަކީ ނުވަތަ ޢިބްރަތް ޙާޞިލްކުރުމަކީ އެއްވެސް މައްސލައެއް ނޫނެވެ. ނަމަވެސް އަބަދުވެސް މިބުނާ ވާހަކައަކީ އޭނާ ކުރިއަރައިދިއަ މަގަކީ އެހެން މީހަކަށް އެންމެ ފަހި މަގުކަމަށް ނުވެދާނެ ވާހަކައެވެ. އެހެނީ އޭނާގެ ހުރި ޤާބިލްކަމާއި ހުނަރާއި އެހެންކަންކަންވެސް ތަފާތުވާނެތީއެވެ! ވީމާ ކޮންމެ މީހަކުވެސް ކަންކަމުގައި ކުރިއަށްދާން މަސައްކަތްކުރާއިރު އެންމެ ފުރަތަމަ ކަމަކަށްވެސް ތިމާގެ ވިސްނުމުގެ ބާރުގެ ފައިދާ އެންމެ ބޮޑަށް ތިމާއަށް ފޯރުކުރުމުގެ ކުޅަދާނަކަން ތިމާގެ ސިކުނޑިއަށް ލިބޭނެ ގޮތަށް ސިކުނޑިއަށް ކަންކަން މަގުފަހިކޮށްދޭށެވެ! ކާމިޔާބުވާނެއެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން