ކޮންމެ ދެމަފިރިއަކުވެސް ﷲ ގެ ރުހިވޮޑިގަތުން ލިބުމަށް އެދޭނަމަ ފުރަތަމަވެސް ސަމާލުކަންދޭން އޮތް ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކޮންމެ ދެމަފިރިއަކުވެސް ﷲ ގެ ރުހިވޮޑިގަތުން ލިބުމަށް އެދޭނަމަ ފުރަތަމަވެސް ސަމާލުކަންދޭން އޮތް ކަންތައް-

ކައިވެނި ރޫޅައިލުމަކީ އެހާފަސޭހައިން ކުރާކަމަށް ނުހަދާށެވެ! ޝަރީޢާ ހުއްދަކުރާފަދަ ބޮޑު ސަބަބެއް ނެތި ކައިވެނި ރޫޅައިލަން ނުވެސް ވިސްނާށެވެ. އެހެނީ ކައިވެނީގެ ގުޅުމަކީ އަދި އެގުޅުން ދެމެހެއްޓުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ކަންތަކެވެ. 

ލޮބުވެތި އެކުވެރިންނޭވެ! ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ވަޞިއްޔަތް ކުރައްވަވާފައި އޮތްގޮތަށް އުންމަތް ކުރިއެރުވޭނީ ކައިވެނި ދަމަހައްޓައިގެންނެވެ. އެންމެ ބޮޑު އެއް ސަބަބަކީ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރެވޭނީ ދެމަފިރިން އެކުގައި ތިބެގެން ކަމަށްވާތީއެވެ. މުޖުތަމަޢުތަކުގައި މިއަދު އެންމެ ބޮޑު މައްސަލައަކަށްވެފައި މިއޮތީ ދަރިން ތަރުބިއްޔަތު ނުކުރެވޭ މައްސަލައެވެ.  

ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ހުންނާނެއެވެ. ވީމާ މައްސަލައެއް ދިމާވާއިރަށް ކައިވެނިރޫޅައިލަން ނުވިސްނާށެވެ. އެހެން އަންތބަކު ނުވަތަ އެހެން ފިރިއަކު ހޯދިދާނެއެވެ. ސުވާލަކީ އެއިރުން އެއްވެސް މައްސަލައެއް ކުރިމަތިނުވެ އުޅެވޭނީ ހެއްޔެވެ؟ ކުރިމަތިވާ މައްސަލަތައް މާބޮޑުނުވާނެކަން އެނގެނީ ހެއްޔެވެ؟  

ލޮބުވެތި އެކުވެރިންނޭވެ! ކުރިއަށް މިދަނީ ރަމަޟާން މަހުގެ ދުވަސްތަކެވެ. އަޅުކަންކުރުން އެބަގިނަކުރަމުއެވެ. އެކަމަކު ކުރިމަތިވާ ކުދިކުދި ކަންކަމާއި ގުޅިގެން ދެމަފިރިން އެކަކު އަނެކަކަށް ނުބައިބަސްތައް ބުނެހަދާނަމަ ކުރާ އަޅުކަމުން ކުރާނީ ކޮން ފައިޑާއެއް ހެއްޔެވެ؟ ހަތަރުދަމު ނުކައި ބަނޑަށް ހުރެގެން ހިފާރޯދައިން އެއްވެސް ފައިދާއެއް ކުރާނެ ހެއްޔެވެ؟  

ދެމަފިރިން އެކަކު އަނެކަކަށް ހެޔޮކޮށް ހިތުން އިތުރުކުރާށެވެ. ގުޅިގެން އުޅެން ކުރާ މަސައްކަތްވެސް އިތުރުކުރާށެވެ. ކައިވެނި ރަނގަޅު ގޮތުގައި ދަމަހައްޓަން ކުރާ މަސައްކަތް އިތުރުކުރާށެވެ! އެބައަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: ޑރ. ސާޖިދު ޢުމަރުގެ ދަރުސަކުން

މިއަދު އޮންލައިން