ރޯދައަށް ހުރެ ތިމާއާ ނުބެހޭ ވާހަކަތައް ދައްކާނަމަ ނުކައި ހުރުމުގެ ބޭނުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ރޯދައަށް ހުރެ ތިމާއާ ނުބެހޭ ވާހަކަތައް ދައްކާނަމަ ނުކައި ހުރުމުގެ ބޭނުމެއް ނެތް!

 

މިއީ ރޯދަ މަސް ބައްދަލުކުރުމުގެ ކުރިންވެސް ދެމުންއައި ނަޞޭޙަތެކެވެ. ސުވާލަކީ ރަމަޟާން މަސް ފެށި ނިމެންދާއިރުވެސް އެބަ ޢަމަލުކުރެވޭ ހެއްޔެވެ؟ އެހެންވެ ހަމަ އިތުރަށްވެސް މިހަނދާންކޮށްދެނީ ކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ނޫންނަމަ ހިފާ ރޯދައިން ފައިދާއެއް ނުކޮށްފާނެކަމުގެ ބިރު ހަމަ ބޮޑުކަމުންނެވެ.  

ރަމަޟާން މަސް ފެށުމާޡއިއެކު އަހުރެމެން މިދަނީ ރޯދަހިފަމުންނެވެ. ރޯދަހިފުމަށްޓަކައި ފަޖުރުލީންސުރެ އިރުއޮއްސިއްޖައުމަށް ދާންދެން ނުކައި ނުބޮއި އެބަ ތިބެމުއެވެ! އެކަމުން ހަށިގަނޑަށް ވޭން އަޅުވައެވެ. ނަމަވެސް ގިނަބައަކަށް ރޯދަހިފޭކަންވަނީ ސުވާލެއްގެތެރޭގައެވެ!  

މިސުވާލު އުފެދެނީ ރޯދައަށް އުނިކަން އެންމެ ބޮޑަށް އަންނާނެ އެއްކަމަކީ ޣީބަ ބުނެ މީސްތަކުންގެ މުޅަމަސްކެއުމުން ކަމަށްވެފައި ގިނަ ބައަކު އެކަމަށް ސަމާލުކަން ނުދޭތީއެވެ. ރޯދަކުރުކުރަން ކުރާ ކަމެއްގެ ގޮތުންވެސް މީސްތަކުންނާއިމެދު ބޭކާރު ވާހަކަތައް ދައްކާތީއެވެ.  

It was narrated that Abu Hurayrah (may Allah be pleased with him) said:

The Messenger of Allah (peace and blessings of Allah be upon him) said:

“Whoever does not give up false speech and acting upon it, Allah has no need of him giving up his food and drink.”

[al-Bukhaari] 

މި ޙަދީޘްފުޅުން އެނގިގެންމިދަނީ ރޯދައަށް ހުރެ ޣީބަ ބުނެ މީސްތަކުންގެ މުޅަމަސްކާ މީހާ ރޯދަހިފުމުގެ ބޭނުމުގައި ނުކައި  ހުރުމަކުން އޭނާއަށް ﷲ ތަޢާލާގެ ޙަޟްރަތުން ކުރާނެ އެއްވެސް މަންފާއެއް ނެތްކަމެވެ.

ދެން މިބަލައިލަނީ ޢުމަރުގެފާނުގެ ބަސްފުޅަކަށެވެ!  

Umar ibn al-Khattab (may Allah be pleased with him) said:

“Fasting is not just (giving up) food and drink, rather it is giving up lying, falsehood and idle talk.” 

ޢުމަރުގެފާނުގެ މިބަސްފުޅުން އެނގިގެންމިދަނީ ރޯދަހިފުމަކީ ނުކައި ނުބޮއިހުރުން އެކަނި ނޫންކަމާއި ދޮގުބުނުމާއި، ނުބައި ވާހަކަތައް ދެއްކުމުން ދުރުހެލިވެގެން ނޫނީ ރޯދައަކަށް ނުވާނެ ކަމެވެ.  

ޖާބިރު އިބުން ޢަބްދުﷲ އަލްއަންސާރީ (ރޢ) ވިދާޅުވެފައިވަނީ ރޯދަހިފޭނީ ކަންފަތާއި ދެލޮލާއި ދޫ ވެސް ރޯދަހިއްޕައިގެން ކަމަށެވެ. މާނައަކީ ނުބައި ވާހަކަތައް އަޑުއެހުމާއި ހުއްދަނޫން ތަންތަން ބެލުމާއި ނުބައި ވާހަކަތައް ދެއްކުމުން ދުރުހެލިވެހުރެގެން ކަމެވެ.  

ވީމާ އަހަރެމެންގެ ތެރެއިން ގިނަ ބައަކު މިކަންކަމަށް ސަމާލުކަންދޭން އެބަޖެހެއެވެ. ރޯދަހިފަން ނުކައި ހުރިނަމަވެސް ރޯދަ ހިފޭނީ މިކަންކަމަށް ސަމާލުކަންދީގެންނެވެ! އެކަންކަމަށް ސަމާލުކަން ނުދެވޭނަމަ ރޯދަހިފުމުގެ ބޭނުމުގައި ނުކައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން