ހުރިހާ ރޯދައެއް ރަމަޟާން މަހު ހިފަން ޙައިޟްނުވާ ބޭސް ކެއުމެއް ނެތް! ރޯދަމަސް ނިމުމުން ޤަޟާކުރަން އަވަސްވެގަތީމާ ފުރިހަމަ ފައިދާ މިންވަރުކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ހުރިހާ ރޯދައެއް ރަމަޟާން މަހު ހިފަން ޙައިޟްނުވާ ބޭސް ކެއުމެއް ނެތް! ރޯދަމަސް ނިމުމުން ޤަޟާކުރަން އަވަސްވެގަތީމާ ފުރިހަމަ ފައިދާ މިންވަރުކުރައްވަވާނެ! އިން ޝާ ﷲ

 

ﷲ ތަޢާލާ މީސްތަކުންނަށް ވަނީ ކަންކަން ވަރަށް ލުއިފަސޭހަކޮށްދެއްވަވައިފައެވެ. ިސްކިތުގެ ޖަމާޢަތަށް ނުދެވި އެނދުމަތިވެފައި އޮންނަންޖެހިއްޖެނަމަ އެނދުގައި އޮށޯވެގެން އޮވެކުރާ ނަމާދަށްވެސް ބަރާބަރަށް އަޖުރު ދެއްވަވައެވެ. އޭނާއަކީ ބަލިވުމުގެ ކުރިން މިސްކިތުގެ ޖަމާއަތަށް ގޮސްއުޅުނު މީހަކު ނަމަ ގޭގައި އޮންނަންޖެހިގެން ގޭގައި އޮތަސް މިސްކިތުގެ ޖަމާއަތަށް ދިއަކަމަށްވެސް ލިޔުއްވާނެތެވެ. ހިފާރޯދައާއިމެދުގައިވެސް އޮތީ ހަމަމިފަދަ ގޮތަކަށެވެ.

ބޭސްބޭނުންކޮށްގެން ޙައިޟުނުވާނެ ގޮތް ހެދުމާއިބެހޭ ގޮތުން ބުނަންއޮތީ އެކަން ނުކުރާށެވެ! ސަބަބަކީ ﷲ ތަޢާލާ ތިބާއަށް މިނަވަރުކުރައްވަވާ ކަމެއް އެހެން ގޮތަކަށް ބަދަލުކުރަން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތުމުންނެވެ.  

ދެން އުފައްދާ ސުވާލަކީ އެކަމަށް ބޭސްކައިގެން ޙައިޟުނުވެހުރެ ހިފާ ރޯދަ ޞައްޙަވާނެހެއްޔެވެ؟ ޖަވާބަކީ ރޯދަ ޞައްޙަވާނެއެވެ.  

މިކަމުގައި ބަލައިލަން ޖެހޭ ކަމަކީ އެކަމުން ތިމާގެ ހަށިގަނޑަށް ލިބޭ ގެއްލުންތަކަށެވެ. އަހަރެންނަށް އެނގިފައި އޮތް ގޮތުންނަމަ މިފަދަ ކޮންމެ ބޭހަކުން ހަށިގަނޑުގެ ގުނަވަންތަކަށް ނުބައި އަސަރުކުރެއެވެ. ބޮޑެތި ގެއްލުންތައް ލިބެއެވެ.  

ގެއްލުނު ރޯދަ އެހެން މަހެއްގައި ހިފުމުންވެސް ހަމައެމިންވަރަށް (ރަމަޟާން މަހު ރޯދަހިފުމުން ދެއްވަވާނެ މިންވަރަށް) ޘަވާބު ދެއްވަވާނެއިރު އަމިއްލަހަށިގަނޑަށް ގެއްލުން ލިބޭނެ ކަންކަން ކުރަންވީ ކީއްކުރަން ހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން