ކިތަންމެ ލަހުން ހޭލެވުނަސް ހަމައެކަނި މޫނުދޮވެލައިގެން ނަމަވެސް ތިބާ ބޭނުންވާ ކަންކަމަށް އެދި ދުޢާނުކޮށް ހާރުނުކާން އާދަކުރާށްވެ! އެއީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކިތަންމެ ލަހުން ހޭލެވުނަސް ހަމައެކަނި މޫނުދޮވެލައިގެން ނަމަވެސް ތިބާ ބޭނުންވާ ކަންކަމަށް އެދި ދުޢާނުކޮށް ހާރުނުކާން އާދަކުރާށްވެ! އެއީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތެއް!

 

މީހަކު ސުވާލުކުރިއެވެ. "ނިދަނީ ތަރާވޯީޙްނަމާދާ ވިތުރި ކޮށްގެންނެވެ. ހާރުކާން ހޭލެވެނީ ތަންކޮޅެއްފަހުންނެވެ. އެއިރު ތެދުވެ ހާރުކެއުމުގެކުރިން ދުޢާކުރެވޭނެ ހެއްޔެވެ؟" އަހުރެން ބުނީމެވެ. ދަރިފުޅާއެވެ! އެއީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތެކެވެ. ހޭލެވެމުން ދަތްއުނގުޅާލައި މޫނުދޮވެލައިގެން އަވަހަށް ދުޢާކުރަންފަށާށެވެ. ނަމަނަމަ އެ ފުރުޞަތު ދޫކޮށްނުލާށެވެ!

ރަމަޟާން މަހު ކުރާ ތަރާވީޙް ނަމާދު ވަރަށް ގިނަ ބައަކު ކުރެއެވެ. އިމާމް އާއިއެކު ތަރާވީޙް ނަމާދުކޮށް އިމާމާއިއެކު ނިންމައިފި މީހާ މުޅި ރޭގަނޑު އަޅުކަންކުރި ފަދަ ކަމަށް އޮތް އޮތުމަކީ އެހިސާބުން އެރޭގެ ރޭއަޅުކަން ކުރުން ނިންމައިލަން އޮތް ސަބަބެއް ނޫނެވެ.  

ރަމަޟާން މަސްފެށުމުން އަދި ވަކިން ޚާއްޞަކޮށް ފަހުދިހަ ފެށުމުން ކުޑަތަންކޮޅެއް ހީވާގިވެލާށެވެ! ރޭގަނޑުގެ ފަހުބައިގައި ދުޢާކޮށް އެމީހަކު އެދޭ ކަންކަން ފުއްދަވައިދެއްވެވުމަށް އެދި ދަންނަވާށެވެ! އެއީ ކުރަން އެހައި ބުރަކަމެއްވެސް ނޫނެވެ. ފަޖުރުލުމުގެ ކުޑައިރުކޮޅެއް ކުރިން ހާރު ކެއުމަށްފަހު ފަތިސް ނަމާދު ވަގުތުޖެހެންދެން ގޭގައި އިނދެގެންވެސް ދުޢާކުރެވިދާނެއެވެ. އަދި މިސްކިތަށް ގޮސްގެންވެސް ދުޢާކުރެވިދާނެއެވެ.

ވަރަށް ބޮޑަށް އުފާކުރަމެވެ. އެއީ ރަމަޟާން މަހު ގިނަ ބައަކު ފަތިސްނަމާދުވެސް ކުރާތީއެވެ. ބައެއް މީހުން ދަރިން ގޮވައިގެންވެސް މިސްކިތަށްދާތީއެވެ. ނަމަވެސް އެންމެ ގިނަބައަކު ދަނީ ބަންގި ގޮވުމުންނެވެ. ނުވަތަ ބަންގިއަށެވެ. އެއިރުން ޛިކުރުކޮށްލައި ދުޢާކުރަން އޮންނަނީ ވަގުތުކޮޅެއް ނުލިބިފައެވެ.  

ވަގުތުކޮޅެއް ނުލިބޭކަމަށް މިބުނަނީ ރޭގަނޑުގެ ފަހު ދަންފަޅިން ވަގުތުކޮޅެއް ނުލިބޭ ވާހަކައެވެ. ފަތިސްނަމާދަށް ބަންގިގޮވުމުން އެވަގުތު ގެއްލިގެންދާތީއެވެ. މިއީ ހަމަ އެއްގޮތަކަށްވެސް މިފަދަ ރަމަޟާން މަހެއްގައި ނަގައިލަން ހެޔޮވާވަރުގެ ފުރުޞަތެއް ނޫނެވެ! ފާފަތައް ފުހެލަން ދެއްވަވާ މި އަގުހުރި ފުރުޞަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން