ހަނދުމަކޮށްދިނުމެއް!: ދެމަފިރިން އެކުގަ ނަމާދުކުރާނަމަ އަނބިމީހާ ހުއްޓިހުންނާނެ ތަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ހަނދުމަކޮށްދިނުމެއް!: ދެމަފިރިން އެކުގަ ނަމާދުކުރާނަމަ އަނބިމީހާ ހުއްޓިހުންނާނެ ތަން-

 

މިއަހަރުގެ ރަމަޟާންމަސްވެސް އަޅުގަނޑުމެންނާއި ބައްދަލުކުރީއެވެ. އިން ޝާ ﷲ. ރަމަޟާން މަހަކީ ރޭއަޅުކަމުގެ މައްސަރުކަމުން ދެމަފިރިން އެކުގައި ދަމުނަމާދުކުރުންވެސް ގިނަވެގެންދެއއެވެ. އެހެންކަމުން މިހާރުންސުރެ ކަންކަން ދަސްކޮށް ތައްޔާރުވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.  

ސުވާލު: މީހަކު ފަރުޟުނަމާދެއް ކުރާއިރު، ޝަރުޢީ ސަބަބެއް މެދުވެރިވެގެން ހަމައެކަނި އޭނާއާއި އޭނާގެ އަނބިމީހާއާ އެނަމާދުކުރާނަމަ ފަހެ އަނބިމީހާ ހުއްޓި ހުންނާނީ ކޮންތާކު ހެއްޔެވެ؟ 

ޖަވާބު: އަންހެނުން އަބަދުވެސް މަޑުކުރާނީ ފިރިހެނުންގެ ފަހަތުގައެވެ. އެއީ އިމާމުވެ ނަމާދުކުރަނީ އޭނާގެ މަޙްރަމެއްކަމުގައި ވީނަމަވެސް ނުވަތަ އެނޫން މީހެއްކަމުގައި ވީނަމަވެސްއެވެ. ސާފުކޮށް އެނގެން އޮތްކަމަކީ ހަމައެކަނި އެންމެ އަންހެނެއް ހުރިނަމަ އޭނާގެ މަޙްރަމެއްކަމުގައި ހިމެނޭ މީހަކާ އެކު މެނުވީ ނަމާދުކުރުން ހުއްދަވެގެން ނުވެއެވެ. 

އޭގެން އިސްތިޘްނާކުރެވޭ ޙާލަތަކީ އެކަހެރިވުމެއް ނުހިމެނޭ ޙާލަތްތަކެވެ. މިޘާލަކަށް މިސްކިތެއްގެ އިމާމަކު މިސްކިތައް އައިއިރު އެންމެ އަންހެނަކު މިސްކިތުގައި ހުރުމެވެ. އެއީ ރަމަޟާންމަހުގެ ފަހު ދިހައެއްގައި ބައެއް މިސްކިތްތަކުގައި ދަމުނަމާދުކުރާއިރު މެދުވެރިވާ ޙާލަތެކެވެ. އިމާމުމީހާ އަންނަ އިރު އެންމެ އަންހެނަކު ފިޔަވާ އެހެން ބަޔަކު މިސްކިތުގައި ނެތުމުން ނަމާދުފަށަނީއެވެ. އެއަށް ފަހު މީސްތަކުން އަތުވެދާނެއެވެ. 

މުހިންމުކަމަކީ ފިރިހެނުންނާއެކު ނަމާދުކުރާއިރު އަންހެނުން ހުއްޓި ތިބެންޖެހެނީ ފިރިހެނުންގެ ފަހަތުގައެވެ. އެއީ މަޙްރަމުންނާއެކު ނަމާދުކުރިނަމަވެސް ނުވަތަ އެނޫންމީހުންނާއެކު ނަމާދުކުރިނަމަވެސް އެވެ. 

މިއަށް ބިނާކޮށް، ފިރިހެނަކު އޭނާގެ އަނބިމީހާއާއެކު ނަމާދުކުރާނަމަ ފަހެ އެއަންހެނާ ހުއްޓޭނީ އޭނާގެ ފަހަތުގައިކަން ކަށަވަރެވެ. 

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله 

مجموع الفتوى لإبن عثيمين / مجلد: ١٥/ ص: ٢٠٧- ٢٠٨ / طبعة: دار الثريا للنشر

 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން