ޒަވާޖީ ޙަޔާތުގަ ހަމަޖެހުން ނުލިބުމަކީ ބޮޑު ގޮންޖެހުމެއް! ގޮންޖެހުމުން ސަލާމަތްވުމަށްޓަކާ އެޅިދާނެ ބައެއް ފިޔަވަޅުތައް-: ޑރ. ނުޢްމާން ޢަލީ ޚާން

ކިޔުމަށް ހޭދަވާނީ 2މ 15ސ
ޒަވާޖީ ޙަޔާތުގަ ހަމަޖެހުން ނުލިބުމަކީ ބޮޑު ގޮންޖެހުމެއް! ގޮންޖެހުމުން ސަލާމަތްވުމަށްޓަކާ އެޅިދާނެ ބައެއް ފިޔަވަޅުތައް-: ޑރ. ނުޢްމާން
ޢަލީ ޚާން

ޢާއިޝަތު ރަފާޙް ޢަލީ

 

ކައިވެންޏަކީ މުހިންމު ނިންމުމެކެވެ. އެހެންކަމުން، އެކަމާމެދު ފުންކޮށް ވިސްނައި، މަޢުލޫމާތު އެއްކޮށް، ދުޢާކުރުމަކީ މުހިންމު ކަމެކެވެ. އަދި ހަމައެހެންމެ، ކައިވެނިކުރުމަށް ގަސްތުކުރާ ފަރާތާ ބެހޭ މަޢުލޫމާތު ހޯދައި، އެ ދެމީހުންގެ ޝަޚްޞިއްޔަތު ދިމާވޭތޯ ބެލުމަކީވެސް މުހިންމު ކަމެކެވެ. 

ނަމަވެސް، އިންސާނީ ވިސްނުމުގެ މަޙްދޫދުކަމާއެކު، ހުރިހާ ކަމެއް ދެނެގަތުމަކީ ދަތި ކަމެކެވެ. އެހެންކަމުން، އަޅުގަނޑުމެން އަޅުގަނޑުމެންނަށް ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ނިންމުން ނިންމައި، ދެން ﷲގެ ރަޙްމަތަށް އެދެންވާނެއެވެ. 

ކައިވެންޏެކޭ އެއްފަދައިން، އެހެން ނިންމުންތަކުގައިވެސް މިފަދަ އުސޫލުތައް ގެންގުޅެވިދާނެއެވެ. ކޮންމެ ނިންމުމަކީވެސް އަޅުގަނޑުމެންގެ ޒިންމާއެކެވެ. އެހެންކަމުން، އެކަށީގެންވާ ވަރަށް ވިސްނައި، މަޝްވަރާކޮށް، ދުޢާކުރުމަށްފަހު ނިންމުން ނިންމުމަކީ އެންމެ ރަނގަޅު ގޮތެވެ. 

ނަމަވެސް، ހުރިހާ މަސައްކަތެއް ކުރުމަށްފަހުގައިވެސް، ބައެއްފަހަރު އުންމީދުކުރި ގޮތަށް ކަންތައް ނުވެދާނެއެވެ. އެފަދަ ޙާލަތްތަކުގައި ﷲގެ ޙިކުމަތަށް ކެތްތެރިވެ، އެކަލާނގެ ރުއްސެވުން އެދި ދުޢާކުރަންވާނެއެވެ. ﷲއަށް ތަވައްކަލުކުރައްވާށެވެ.

ހަމަޖެހުމަކީ ކައިވެނީގެ ދިރިއުޅުމުގެ އަސާސެވެ. މާތްﷲ ވަޙީކުރައްވާފައިވާ ފަދައިން، އިންސާނުން ހެއްދެވީ އެކަކު އަނެކަކަށް ހަމަޖެހުން ލިބުމަށްޓަކައެވެ. މިއީ ކައިވެނީގެ ދިރިއުޅުމުގައި ވަރަށް މުހިންމު ކަމެކެވެ. 

ނަމަވެސް، ގިނަ މީހުންނަށް ކައިވެނީގެ ދިރިއުޅުމުގައި ހަމަޖެހުން ނުލިބުމަކީ ބޮޑު ގޮންޖެހުމެކެވެ. މި ގޮންޖެހުމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެންނަށް އެޅިދާނެ ބައެއް ފިޔަވަޅުތައް: 

ޒުވާނުން، ޚާއްޞަކޮށް ފިރިހެނުންނާއި މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުން، ނޭދެވޭ ކަންކަމުން ދުރުހެލިވެ، ހެޔޮލަފާ މާޙައުލެއްގައި އުޅެ، މަޤްޞަދު ހުރި ދިރިއުޅުމެއް އުޅުމަށް މަސައްކަތްކުރުން.

ޒުވާން އަންހެނުންނާއި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުން، ކައިވެނީގެ ކަންކަމާމެދު ބޭކާރު ކަންބޮޑުވުންތައް ދޫކޮށްލައި، މާތްﷲގެ ޤަދަރަށް ރުހި، އަމިއްލަ ކުރިއެރުމަށް އިސްކަންދިނުން. 

އަމިއްލަ ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަސައްކަތްކުރުން. މިގޮތަށް އުޅުމުން، ހެޔޮލަފާ އަދި މަޤްޞަދު ހުރި މީހުން ތިޔަބައިމީހުންގެ ދިރިއުޅުމަށް އަންނާނެކަން ކަށަވަރެވެ. 

އަޅުގަނޑުމެންނަކީ ވިސްނުންތެރި އަދި އުފެއްދުންތެރި ބައެކެވެ. މާތްﷲ އަޅުގަނޑުމެންނަށް ގިނަގުނަ ފުރުޞަތުތައް ދެއްވާފައިވެއެވެ. މުސްލިމުންގެ ހައިސިއްޔަތުން، އަޅުގަނޑުމެންނަށް ވަނީ ފުރިހަމަ ދިރިއުޅުމެއް ލިބިފައެވެ. މިއީ ގޮންޖެހުމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، ނިޢުމަތެއްގެ ގޮތުގައި ދެކުމަކީ މުހިންމު ކަމެކެވެ.

 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން / މިއަދުނޫސް

މިއަދު އޮންލައިން