"އަހުރެން ބަދަލެއް ނުވަމެވެ. މަޑުން ހުންނަން ދަސްކުރީއެވެ. އެއްވެސް މީހަކާ ދުރަކަށް ނުދަމެވެ. އެހެން މީހުންނާ ގާތްވާން މަސައްކަތްކުރުން ހުއްޓައިލީއެވެ. ކަންކަން ހަނދާންކޮށް ނުދެނީ ހަނދާންކޮށްދިނަސް ކުރާ ފައިދާއެއް ނެތުމުންނެވެ. އެއްވެސް ކަމަކަށް ޝަކުވާ ނުކުރަނީވެސް އެހެންވެގެންނެވެ. ޝަކުވާކުރިޔަސް އެއްވެސް ކަމެއް ބަދަލުނުވާތީއެވެ."
ހެޔޮލަފާ އަންތބަކަށް ބަދަލުތައް އައިސް މިފަދައިން ބުނާނަމަ އެއިގެ މާނައަކީ ކެތްތެރިވަމުން އައިސް ކެތްތެރިކަން ކޮޅުންލައިފިކަމެވެ. މިޙާލަތުގައި ފިރިމީހާ ބޭނުންވާ ގޮތަށް ބަދަލުވުން އުނދަގޫކަމަކަށް ވާނެއެވެ. އަދި މާފަށް އެދުނަސް، ކަންކަން ބަދަލުކުރިޔަސް ކުރިން ކަންކަންކުރަމުން އައި ގޮތަށް ކަންކަން ކުރެވެން ފަށާނީ ދުވަސްތަކަކަށްފަހުގައެވެ.
އެކަމަށްނުވިސްނައި ބައެއް ފިރިން އެބަ ބުނެއެވެ. "އަހުރެން މާފަށް އެދިއްޖައިމެވެ. ކަންކަން ބަދަލުވެސް ކޮށްފީމެވެ. އެކަމަކު ތިބާގެ ކިބައިން އެއްވެސް ބަދަލެއް ނުފެނެއެވެ."
ވިސްނާށެވެ! ހެޔޮލަފާ އަންތބަކަށް މިބާވަތުގެ ބޮޑެތި ބަދަލުތަކެއް އަންނާނީ ހަަމހުރެފައެއް ނޫނެވެ. ކަންކަމަށް ވިސްނާތާ އެތައް ދުވަހަކުންނެވެ. ކެތްތެރިވަމުންގޮސް ކޮޅުންލީމައެވެ. ވީމާ ހަމަ ކުއްލިއަކަށް ކަންކަން ބަދަލުކުރަން ދަތިތަކެއް ހުންނާނެކަން ޤަބޫލުކުރަންވާނެއެވެ.
މިއީ ދެމީހުންނަށްވެސް އަހުރެންދޭ ނަޞީޙަތެކެވެ. މިޙާލަތު މިގޮތަށް ކުރިމަތިވާނީ ހަމައެކަނި ހެޔޮލަފާ އަނބިންނަށް އެކަންޏެއް ނޫނެވެ. ހެޔޮލަފާ ފިރިންނަށްވެސް މިޙާލަތުކުރިމަތިވާނެއެވެ. ވީމާ ދެމަފިރިންވެސް މިޙާލަތަށް ސަމާލުވާށެވެ. ބައިވެރިޔާ މިޙާލަތަށް ވައްޓައިނުލާށެވެ!
ނިންމާލަމުން މިބުނަނީ އަބަދުވެސް ބުނާ ވާހަކައެކެވެ. އެއީ ދިރިއުޅުމުގެ އުފާވެރިކަން ލިބި، އުފަލުގައި ދިރިއުޅެވޭނީ އަނެކާ މާޔޫސްނުކުރުވައި ލޯބިން އެކުގައި އުޅެން މަސައްކަތްކުރުމުންނެވެ. އެކަމަށްވުރެ އިސްކަންދޭންވީ ކަމެއް ނެތެވެ.
- ތަޖުރިބާކާރު ޢިލްމަވެރިއެއްގެ ވާހަކަފުޅުން