ހެޔޮލަފާ އަންތބަކަށް ފިރިމީހާގެ ކިބައިން މިކަންކަން ލިބޭނަމަ އަނބިމީހާ ވާނީ މަލަށެވެ. އެމަލުގެ ކަރުގަނޑަކީ ފިރިމީހާކަމަށްހަދައި ރަން ދުނިޔެއެއްގައި ގެންގުޅޭނެއެވެ.
މިކިޔައިދެނީ މާބޮޑެތި ކަންކަމެއް ނޫނެވެ. އެންމެ ޑޮލަރެއްވެސް އަތުން ޚަރަދުކުރަންޖެހޭނެ ކަންކަމެއްވެސް ނޫނެވެ. ވީމާ ސަމާލުވެލާށެވެ!
ފުރަތަމަ ކަމަކީ ލޯބިވާ މިންވަރު ކުޑަނުވާކަމުގެ ޔަޤީންކަން ދެމުންގެންދިއުމެވެ. ދެވަނަ ކަމަކީ އަނބިމީހާ ދައްކާ ވާހަކަ އަޑުއެހުމެވެ. 3 ވަނަ ކަމަކީ ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އަނބިމިހާގެ ޚިޔާލު ހޯދަން މަޝްވަރާކޮށްލުމެވެ. ހަތަރުވަނަކަމަކީ އަނބިމީހާއަށް ރައްކައުތެރިކަންދީ ބަލަހައްޓާނެ ކަމުގެ ޔަޤީންކަން އަނބިމީހާއަށް ލިބޭނެގޮތަށް ޢަމަލުތައް ބެހެއްޓުމެވެ. ފަސްވަނައަށް މިބުނަނީ އެންމެ މުހިންމު ކަންތަކެވެ. އެއީ އެކުގައި ވަޤުތު ހޭދަކުރުމެވެ.
މިހުރިހާ ކަންކަން ޚުލާޞާކޮށްލީމާ އަންނާނީ އެންމެ ކަމެކެވެ. އެއީ އަނބިމީހާގެ މުހިންމުކަން ވަޒަންކުރުމެވެ. ގިނަ މީހުން އެންމެ ބޮޑަށް ފާހަގަކުރާނީ ލޯބިވުމެވެ. ރަނގަޅަށް ވިސްނުމުން އެނގޭނެ ކަމަކީ ލޯބިވުންވެސް ދެމިއޮންނާނީ އަނެކާއަކޫ މުހިންމު މީހަކަށް ވެގެންކަމެވެ. މުހިންމުކަން ގެއްލޭ ހިސާބުން ލޯބިވުންވެސް އޮންނާނީ ނިމިފައިކަމަށްވާތީއެވެ.
އަލަފް / މިއަދުނޫހަށް