މަޑިހާ ކޮމްޕެނީން ވިއްކާ އޮރެންޖްގެ އަގު ހެޔޮޔޮށް ތާޒާމޭވާ ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ފުޅާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 9ސ
މަޑިހާ ކޮމްޕެނީން ވިއްކާ އޮރެންޖްގެ އަގު ހެޔޮޔޮށް ތާޒާމޭވާ ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ފުޅާކޮށްފި

ރަމްޟާންމަހު ތާޒާމޭވާގެ އަގު ބޮޑުވާ ކަމުގެ ކަންބޮޑުވުންތަކާއެކު މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވިއްކާ އޮރެންޖް ގެ އަގު ވަރަށް ބޮޑަށް ހެޔޮ ކޮށް،ރަންގު "ޕިންކްގޯވާ"ގެ އައު ޝިޕްމަންޓެއް ގެނެސް މަލޭ ސަރަހައްދުގައި ފަސޭހައިން ގަންނަން ލިބޭގޮތަށް ވިއްކަން ފަށައިފި އެވެ.

ރަމްޟާން މަސް ފެށުމާއެކު، ރޯދަވީއްލުމަށް ބުއިންތައް ތައްޔާރު ކުރުމަށާ އަދި ކެއުމަށްވެސް ބޭނުން ކުރާ ބާވަތެއް ކަމަށްވާ އޮރެންޖްގެ އަގު ބޮޑުވެފައިވާތީ އެކަމުގެ ޝަކުވާ އައީ ގިނަ ބަޔަކު ކުރަމުންނެވެ.ސޯޝަލް މީޑިޔާ ޕޯސްޓް ތަކުން ފެންނަ ގޮތުގައި މިހެން ދިމާވަނީ ބާޒާރަށް ނެރޭ ސަޕްލައި މަދުވުމުގެ ސަބަބުންނެވެ.

ތަފާތު ދަތިތައް ހުރުމާއެކުވެސް މަޑިހާ ކޮމްޕެނީން ވަނީ އޮރެންޖްގެ އައު ޝިޕްމަންޓެއް ގެނެސް އޮރެންޖް ވިއްކާ ރީޓެއިލް އަގުވެސް ހެޔޮ ކޮށްފައެވެ.މިގޮތުން މިހާރު އެކުންފުނީގެ ފިހާރަތަކުން 4 ރުފިޔާއަށް އޮރެންޖެއް ލިބެން އެބަހުއްޓެވެ.މިއީ ވިވަގުތު ބާޒާރުގައި ވަކިން އޮރެންޖެއް ލިބެން ހުރި އެންމެ ހެޔޮ އަގެވެ.

އޮރެންޖްގެ އިތުރުން ރަންގު ފޭރު (ޕިންކް ގޯވާ) ކިޔާވައްތަރުގެ، ފިޔާތޮށިކުލައިގަ ހުންނަ ފޭރުގެ ޝިޕްމަންޓެއްވެސް ވަނީ ގެނެސްފައެވެ. މިކަހަލަ ފޭރުވެސް މާލެ އަދި ހުޅުމާލޭގައި ހުންނަ އުފަންވެލީގެ ހުރިހާ ފިހާރަޔަކުން މިވަގުތު ލިބެން ހުންނާނެ ކަމަށް އެކުންފުނިން މައުލޫމާތު ދީފައި ވެއެވެ.

މަޑިހާ ކޮމްޕެނީގެ ފަރާތުން ހިންގާ އުފަންވެލި ފިހާރަތަކަކީ ތަޒާ މޭވާއާއި ތާޒާ ތަރުކާރީ ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމުގައި އިސް ދައުރެއް އަދާކުރަމުންދާ ފަރާތެކެވެ.މިބާވަތް ތަކުގެ ސްޓޮކް ހުސްނުވެ ގޭދޮށުގައި ހުންނަ އުފަންވެލި ފިހާރަތަކުން ލިބެން ހުރުމަކީ އާންމުންނަށް ލިބޭ ހިތްހަމަ ޖެހުމެކެވެ.

ޞިއްހީ ފައިދާ

އޮރެންޖަކީ ގިނަ އަދަދަކަށް ވިޓަމިންސީ އަދި އެންޓި އޮކްސީޑަންޓްގެ އިތުރުން ގުދްރަތީ ހަކުރުގެ ބައިތައް ހިމެނޭ މޭވާއަކަށް ވުމާއިއެކު، ކުރީ ރޭ ބޭނުން ކުރުމުން ރޯދަޔަށް ހުންނަ އިރު ހަށިގަނޑަށް ހަކަތަ ލިއްބައި ދިނުމަށް އެހީތެރި ވެދެއެވެ. އަދި ރޯދަވީއްލާގަޑީގައި ބޭނުން ކުރުމަށްވެސް އޮރެންޖަކީ ވަރަށް ރަގަޅު މޭވާއެކެވެ.

ހަމައެގޮތަށް ޕިންކް ގޯވާއަކީވެސް ވިޓަމިންސީ ގިނަ އަދަދަކަށް ހިމެނޭ މޭވާއެކެވެ. މީގެ އިތުރުން ފޭރުގައި ހުންނަ ޑެއެޓަރީ ފައިބަރ ގެ ސަބަބުން ހަޖަމު ފަސޭހަވެ، ހަށިގަނޑަށް ހަކަތަ ލިއްބައި ދެއެވެ.

މަޑިހާ ކޮމްޕެނީގެ ފަރާތުން މައުލޫމާތު ދޭ ގޮތުގައި އެކުންފުނީގެ އަމާޒަކީ ވީހާވެސް ހެޔޮ އަގެއްގައި އާންމުންނަށް ތާޒާމޭވާއާއި ތަރުކާރީ ފޯރު ކޮށް ދެމުން ގެންދިއުމެވެ.

ufanveli

Ufanveli numbers

މިއަދު އޮންލައިން