ނިދާފަ ތިއްބާ ގޭގަ އަލިފާންރޯވުމުން ދަރިން ހޭއްލެއްވުމަށްވުރެ މުހިންމީ ނަރަކައިގެ އަލިފާނުން ސަލާމަތްކުރުވަން ދަރިން ހޭލެއްވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ނިދާފަ ތިއްބާ ގޭގަ އަލިފާންރޯވުމުން ދަރިން ހޭއްލެއްވުމަށްވުރެ މުހިންމީ ނަރަކައިގެ އަލިފާނުން ސަލާމަތްކުރުވަން ދަރިން ހޭލެއްވުން!

ބައެއް މައިންބަފައިން ބުނަނީ ފަތިސްނަމާދަށްދަރިން ހޭނުލެއްވެނީ އެކުދިންގެ ނިދިގަދަކަމުން ކަމަށެވެ. ގޮވިޔަސް ނުހޭލެވެނީ ކަމަށެވެ. ފަތިސްނަމާދު ނުކުރުވެނީ އެހެންވެގެން ކަމަށެވެ.  

އެއީ ތެދަކަށްވެސް ވެދާނެއެވެ. އެހެންވީމާ މިމޭރުމުން ވިސްނައިލާށެވެ! ދަރިންގެ ނިދިގަދަކަމުން ފަތިސްނަމާދަށް ނުހޭލެވުނީމާ ތިބާ އަޅައިނުލަނީއެވެ. އެކަމަކު ނިޑާފައި ތިއްބާ ގޭގައި އަލިފާން ރޯވެއްޖެނަމަ އަޅާނުލައި ކުދިން ނިދަން ބައިތިއްބާފައި ނުކުމެގެންދާނީ ހެއްޔެވެ؟  

އެއީ ހަމަ ޔަޤީންކަމެކެވެ. ހަމައެކަކުވެސް ދަރިން ބައިތިއްބާފައި ގެއިން ނުކުމެގެނެއް ނުޑާނެއެވެ. ގައިގައި ތަޅައިގެންވެސް ނުވަތަ ފެންޖަހައިގެންވެސް ހޭލައްވާނެއެވެ. އިމާމް ޖައުޒީ ރަޙިމަހުﷲ ވިދާޅުވަނީ ދަރިން ނަމާދަށް ހޭލެއްވުމަކީ ގޭގައި އަލިފާން ރޯވުމުން ހޭލެއްވުމަށްވުރެ މާބޮޑު ކަމެއް ކަމަށެވެ. ޤިޔާމަތްދުވަހު ނަރަކައިގެ އަލިފާނުން ދަރިން ސަލާމަތްކުރެވޭނީ ނަމާދަށް ހޭލައްވައިގެން ކަމަށްވާތީއެވެ.  

އަހުރެންގެ ވިސްނުމުން ބުނާނަމަ ބުނަންޖެހެނީ ދަރިންގެ ކިބައިގައި އެއާދަ އަށަގަންނަނީ މައިންބަފައިންގެ ސަބަބުން ކަމަށެވެ. މައިންބަފައިން ފަތިސްނަމާދަށް ނުހޭލާތީ ކަމަށެވެ. މައިންބަފައިން ހޭލައި ކުޑައިރުންސުރެ ދަރިން ހޭލައްވާނަމަ މިމައްސަލަ ކުރިމަތިނުވާނެ ކަމަށެވެ.  

ލޮބުވެތިއެކުވެރިންނޭވެ! ފުރަތަމަ ކަމަކަށް މައިންބަފައިން ހޭލާށެވެ! ނަމާދުކުރާ ޢުމުރުގެ ކުދިން ހޭލައްވާށެވެ! އެއީ ދަރިންގެ އާޚިރަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން