ދަރިންނަށް ކޮށްދެވޭނެ އެންމެ ބޮޑުކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދަރިންނަށް ކޮށްދެވޭނެ އެންމެ ބޮޑުކަންތައް-


ބައެއް މީހުންނަށް ވިސްނެނީ ދަރިންނަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ ބޮޑުވެގެން ދިރިއުޅޭނެ ބޮޑުގެއަކާއި ތަނަވަސްކަން ހޯދައި ދިނުން ކަމަށެވެ. މިއީވެސް މުހިންމު ކަންކަމެވެ. އެކަމަކު އެއަށްވުރެ މާބޮޑު ކަމެއް އެބައޮތެވެ. މައިންބަފައިންގެ ކިބައިގައި ތަނަވަސްކަން ނެތަސް އެކަންކޮށްދެވޭނެއެވެ. ކުށްނުދިންނަމަ ޤިޔާމަތް ދުވަހު ޖަވާބުދާރީވާންވެސް ޖެހޭނެއެވެ.  

ކޮންމެ މަޔަކަށްވެސް އަދި ބަފަޔަކަށްވެސް އެމީހެއްގެ ދަރިއަކަށް ކޮށްދެވޭނެ އެންމެ ބޮޑުކަމަކީ އެކުއްޖާއަށް ރަނގަޅު ގޮތް ބުނެދީ އަދި އެގޮތުގެ މައްޗަށް ހާނުވާ، އެބައެއްގެ ޤާބިލުކަން ހުރި މިންވަރަކުން ދަރިންނަށް ކަންކަންކޮށްދީ ދަރިން ބޮޑެތިވަންދެން ރަނގަޅަށް ތަރުބިއްޔަތު ކުރުމެވެ. 

މި ހުރިހާ މަރުޙަލާއެއްގައިވެސް މައިންބަފައިންނަށް ބާރު ނުފޯރުވޭފަދަ ސަބަބުތައް މެދުވެރިވެ، ދަރިންނަށްވެސް ދުނިޔަވީ އެކި ބާވަތްތަކުގެ އުނދަގޫތަކާއި ގޮންޖެހުންތައް ކުރިމަތިވުން އެކަށީގެންވެއެވެ.  

އެ ޙާލަތުގައި ދެން އޮތީ، ﷲއަށް ފުރިހަމައަށް ވަކީލުކޮށް، އެކަން އެއްކިބާކޮށްދެއްވަމަށް އެދި ދުޢާކުރުމެވެ. އަދި ސަބަބުތަކުގައި ހިފަިއިގެން އެކަމުން އަރައިގަތުމަށް އެހީތެރިވުމެވެ. 

އަދި  ހިތުގެ އަޑިން ކަށަވަރުކުރަންވީ ކަމަކީ އެކަންތައްތަކުގެ ފަހަތުގައި ދަރިންނަށާއި މައިންބަފައިންނަށްވެސް ހުރި ޢިބްރަތްތަކާއި ދަރުސްތައް ވާނޭ ކަމެވެ. އަދި ފޮރުވިފައިވާ އެތައް ހެވެއް ވާނެ ކަމެވެ. އަދި އެކަން މެދުވެރިކިރެއްވި ފަރާތަކީ އެދަރިންގެ ވެރި ރައްބު، މާތް ﷲ ކަމެވެ. އަދި އެއީ އެކުދިންނާއި އެކުދިންގެ މައިންބަފައިންނަށްވެސް އެންމެ އޯގާވަންތަ، ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ، ޙިކުމަތްވަންތަ އިލާހުކަމެވެ.

 

- މަސްދަރު: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

 

 

މިއަދު އޮންލައިން