މިއޮތީ މަޣްރިބްނަމާދަށްދާގޮތަށް ތަރާވީޙްނަމާދު ނިންމައިގެން އަންނަންވަންދެން މިސްކިތުގަ ތިބޭ މީހުންނަށް ބުރައަކާ ނުލާ ހަމައެކަނި ނިޔަތްގަނެލައިގެން އިތުރު ޘަވާބު ހޯދެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
މިއޮތީ މަޣްރިބްނަމާދަށްދާގޮތަށް ތަރާވީޙްނަމާދު ނިންމައިގެން އަންނަންވަންދެން މިސްކިތުގަ ތިބޭ މީހުންނަށް ބުރައަކާ ނުލާ ހަމައެކަނި ނިޔަތްގަނެލައިގެން އިތުރު ޘަވާބު ހޯދެން އޮތް ކަމެއް!

އިޢްތިކާފްގެ އެއްގޮތަކީ ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކުގައި މިސްކިތުގައި އިޢްތިކާފަށް އިނުމެވެ. އެއީ އެދުވަސްތަކާއި ރޭތައް އެކުގައި މިސްކިތުގައި އިޢްތިކާފަށް އިނުމެވެ.  

އެއިގެ އިތުރުން ވަކި ވަކިވަޤުތެއްވަންދެން މިސްކިތުގައި އިނުމަށް ނިޔަތްގަނެގެން މިސްކިތުގައި އިނުމަކީވެސް އިޢްތިކާފަށް އިނުމެކެވެ. އަދި މިގޮތަށް އިންނައިރު ޤަޟާޙާޖަތްކުރުން ފަދަ ކަންކަމަށް މިސްކިތުން ނުކުމެ އުޅެވޭނެއެވެ. އޮތީ ދުނިޔަވީ ކަންކަމަށް މަސްއޫލުވެގެން ނިއުޅުމެވެ.  

މަޣްރިބްނަމާދަށްދާގޮތަށް ތަރާވީޙްނަމާދު ނިންމައިގެން އަންނަންވަންދެންވެސް އިޢްތިކާފަށް ނިޔަތްގަނެގެން މިސްކިތުގައި އިނުމަކީވެސް އިޢްތިކާފަށް އިނުމެކެވެ.

- ޝައިޚް އަޙްމަދު ސަމީރު 

ޝައިޚް މިފަދައިން ވިދާޅުވެފައިވަނީ މީހަކުކުރި ސުވާލެއްގެ ޖަވާބުގައެވެ. މިވާހަކަކޮޅު ގެނެސްދިނުމުމުގެ ބޭނުމަކީ މިކަމަށް ހޭލުންތެރިކުރުވުމެވެ. މިހާރުވެސް ދެނަމާދުދޭތެރޭގައި ގިނަ ބައަކު މިސްކިތުގައި ތިބެއެވެ. މަޣްރިބްނަމާދަށްދާގޮތަށް އެމީހުން ގެއަށްދަނީ ތަރާވީޙްނަމާދުކޮށްގެންނެވެ. ޝައިޚްގެ ބަސްފުޅުން އެނގިގެންދަނީ އެވަޤުތުގައި އިޢްތިކާފަށް އިނުމަށް ނިޔަތްގަނެގެން އިނދެއްޖެނަމަ އެކަމުގެ ޘަވާބު ދެއްވަވާނެކަމެވެ. ވީމާ މިއީ ހޭލުންތެރިވެ އިތުރު ޘަވާބު ލިބިގަންނަން އޮތް ފަސޭހަ މަގެކެވެ. އިން ޝާ ﷲ

މިއަދު އޮންލައިން