ޤިޔާމަތް ދުވަހު ތިމާއަށް މިޙާލަތު ކުރިމަތިވެދާނެކަމަށް މިއަދު ބިރުނުގަނެ ސަލާމަތްވެވިދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ޤިޔާމަތް ދުވަހު ތިމާއަށް މިޙާލަތު ކުރިމަތިވެދާނެކަމަށް މިއަދު ބިރުނުގަނެ ސަލާމަތްވެވިދާނެތަ؟

ދެން داؤد  ގެ ފާނަށް ނިދާ އިއްވެވޭހުށި. ކަލޭގެފާނުންގެ މައްޗަށް ބާވައިލެއްވުނު زَبُور މިމީސްތަކުންނަށް އިއްވަވާށެވެ. ދެން މީސްތަކުން މިއަޑުފުޅު އެހުމަށް شَوْقُ ވެރިވެގެން އެކަލޭގެފާނުންގެ منبر ގެ ކައިރިއަށް ގައިގޯޅިވެގެންފާހުއްޓެވެ.  

މިފަދަ ވަގުތުގައި اُوْرِيَا އެވެކިޔޭ މީހަކު މީސްތަކުންގެ ތެރެއިން ތެދުވެގެން ހިނގާފައި އައިސް އެކަލޭގެފާނުންގެ ދާވަނިކޮޅުގައި ހިފައިގެން ބުނެފާނެޔޭ. އިހަށް އަހުރެންގެ دعواى އާމެދުގައި إِنْصَاف އަށް ހިންގަވާށެވެ. ދެން އެމީހާ އެކަލޭގެފާނާއިގެން ގޮސް عَرْشِى ގެ حجاب ތަކުގެ ތެރެއަށް ވަދެދާ ހުށި. ދެން އެމީހާ دَعْوَى ކޮށްފާހުއްޓެވެ. ހައްދަވާ ބޮޑުކުރެއްވި ކަލާކޯއެވެ. މިއަޅާއާއި މިކަލޭގެފާނާ ދެމެދުގައި عَدْلُ اِنْصَاف އެދިގެން އައީމެވެ، އެއީ މިކަލޭގަފާނަށް ކޮންމެވެސް ގޮތަކުން މިއަޅާގެ އަނބިމީހާ ފެނިވަޑައިގެންފިއެވެ. މިކަލޭގެ ފާނުންގެ ހިތްޕުޅުގައި ޖެހުނޭ. މީނާ މިދާ ހަނގުރާމައިގާ މަރުވެއްޖެއްޔާ ރަގަޅެވެ. އެކަންވީވެސް އެހެންނެވެ. ދެން އެމީހާޔާ ކާވެނި ބައްލަވައިފިއެވެ. އެއިރު މިކަލޭގެފާނުންގެ އޮނަސައްތަ އަނބިކަނބަލުންވެސް ތިއްބެވޫއެވެ. މިއަޅާގެ އިނީ ހަމަ އެއަނބިމީހާ އެކަންޏެވެ. ދެންފަހެ މާތްރަސްކަލާނގެ އެކަލޭގެފާނަށް وَحِى ކުރައްވާ ހުއްޓެވެ. އެކަލޭގެ އެދަންނަވަނީ ތެދުހެއްޔެވެ. داؤد ގެފާނުން ދަންނަވާ ހުއްޓެވެ. يَارَبِّ އެކަލޭގެ ބަހެއްގައި ދޮގެއް ނުވެއެވެ.  

ދެން މާތްރަސްކަލާނގެ اُوْرِيَا އަށް وحى ކުރައްވާ ހުއްޓެވެ. ކަލޭގެއަށް އެކަންތަކުގެ ބަދަލުގައި އެހެރަފެންނަހައި ގަނޑުވަރުތަކާއި حُوْرُ الْعِيْن ން ދެއްވައިފީމެވެ، އޭނާ ދަންނަވާ ހުއްޓެވެ. އަޅު ރުހިއްޖައީމެވެ. ދެން دَاؤد ގެފާނަށް وحى ކުރައްވާހުއްޓެވެ. ތިމަންސުވާމީންގެ عَفُوء ކުރައްވައިފީމެވެ. މިގޮތުން މާތްރަސްކަލާނގެ ދީލަތިވެވޮޑިގެން محشر ބިންމަތީން އެކަލާނގެ ރުއްސަވާ އަޅުންނާއި މެދުގައި ކަންތައްކުރައްވާ ހުއްޓެވެ. އެއަކީ ހަމައެކަނި داؤد ގެފާނަކަށް خاصّ ވެގެންހުރި ކަމެއްނޫނެވެ.  

ދެން داؤد ގެފާނުން އެކަލޭގެފާނުންގެ مِنْبر އަށް ވަޑައިގެން زَبُور ކިޔަވާ ވިދާޅުވާ ހުއްޓެވެ. އެކަލޭގެފާނުންގެ އަޑުފުޅު ރިވެތިކަމާ ވިދާޅުވުމުގެ ރިވެތި ކަމުން އެންމެން ހިތް އުފާވެ ޝޯޚުވެ ތިވޭ ހުއްޓެވެ.

 

- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

 

މިއަދު އޮންލައިން