ޚުޠުބާ: ފަތުރުވެރިންނަށް ޚިދުމަތްކުރުމުގަ ދީނީ އަދި އަޚްލާޤީ ކަންކަމަށް ސަމާލުކަންކަމަށް ސަމާލުކަންދޭންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 49ސ
ޚުޠުބާ: ފަތުރުވެރިންނަށް ޚިދުމަތްކުރުމުގަ ދީނީ އަދި
އަޚްލާޤީ ކަންކަމަށް ސަމާލުކަންކަމަށް ސަމާލުކަންދޭންޖެހޭނެ!

މުސްލިމް އަޚުންނޭވެ! ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެކެވެ. މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެއެވެ.

ހަމައެއާއެކު އަހަރެމެންނާއެކު ދިރިއުޅެމުންދާ އެހެންދީންތަކުގެ މީހުންނާއި ބިދޭސީންނަށް އިޙުސާންތެރިވާންވާނެއެވެ. އިސްލާމްދީނަކީ އޯގާތެރިކަމާއި ކުލުނުވެރިކަމުގެ ދީނެވެ. ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުވާން ޖެހެއެވެ. ފަތުރުވެރީންނަށް ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސާންވާނެއެވެ.

ނަމަވެސް ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި، އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ދީނީ ގޮތުން ހުއްދަވާނޭކަމެއްނޫނެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ކަމަށް ޓަކައި، ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސިދާނެއެވެ. ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ ޢުޒުރުވެރީން ވެސް ރޯދަމަހުގެ ޙުރުމަތް ދަމަހައްޓާންވާނެއެވެ. މީގެ އިތުރަށް، ފަތުރުވެރީން ވެސް ޢާންމުންގެ ތެރެއަށް ނުކުމެއުޅޭ އިރު، އިޖުތިމާޢީ މިންގަޑަށް ފެތޭ ގޮތަށް އުޅުމަށް އެ މީހުންނަށް އިރުޝާދުދިނުމަށް ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކާއި ކައުންސިލުތަކަށް އިލްތިމާސްކުރަމެވެ. ލޯކަލްޓޫރިޒަމްގެ މާނައަކީ، އަމިއްލަ ސަޤާފަތާއި އާދަކާދައިގެ މައްޗަށް ހިނގާ ފަތުރުވެރިކަމެވެ. މިކަމުގެ ސަބަބުން އަހަރެމެންގެ ކުޑަކުޑަ މުޖު ތަމަޢުތަކަށް އިޖުތިމާޢީ ގޮތުން ކުރަމުންދާ ނޭދެވޭ އަސަރުން ސަލާމަތްވާން މަސައްކަތްކުރާން ޖެހެއެވެ. ބަރަހަނާ މަންޒަރުތަކާއި ނިވައިކަންކުޑަ މަންޒަރުތަކުން ކުޑަކުދިންނާއި ކިޔަވާކުދިންނާއި ޢާއިލާތަކަށް ކުރަމުންދާ ނޭދެވޭ އަސަރުން ސަލާމަތްކޮށްދޭން ޖެހެއެވެ. ރަށްތަކުގައި ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، މިކަމާ ގުޅިގެން ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ތަބަޢަވާން ޖެހޭނެއެވެ. އަދި އެޤާނޫނުތަކާއި ޤަވާޢިދުތައް ތަންފީޒުކުރުމަށް ކައުންސިލުތަކުން ޚާއްޞަ ސަމާލުކަންދޭން ޖެހޭނެއެވެ. ރޯދަމަހަކީ މިފަދަ ކަންކަން އިޞްލާޙުގެ މަގުން ގެންދިއުމަށް ޢަޒުމްކަނޑައަޅާންވީ ވަގުތެވެ.  

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނީ މި ބަރަކާތްތެރި މައްސަރުގެ ފުރިހަމަ ދަރުމަޔާއި ސަވާބު ލިބުމަށް އަދައިގެން ރޯދަހިފާ ބަޔަކުކަމުގައި ލައްވާނދޭވެ! އާމީން! 

މުސްލިމް އަޚުންނޭވެ! މި ބަރަކާތްތެރި ރަމަޟާންމަހު ރޯދައަށް ހުންނަ ހިނދު، އަހަރެމެންނަށް ކުރެވޭ ކުށްތަކުންނާއި ދެކެވޭ ބޭކާރު ވާހަކަތަކުގެ ކައްފާރާއެއްގެ ގޮތުގައި ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށާއި ޢީދުގެ އުފަލުގައި ފަޤީރުންނާއި ޔަތީމުން ވެސް ބައިވެރިވާ ބަޔަކަށް ހެދުމަށް ޓަކައި ލައްވައިފައިވަނީ ފިޠުރު ޒަކާތެވެ. ޢީދު ވިލޭރެޔާއި ޢީދު ދުވަހު ކެއުމަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ލިބިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟެއްގެ ގޮތުގައެވެ. اِبْنُ عَبَّاسٍ رَضِيَ اللهُ عَنْهُمَا ގެ އަރިހުން ރިވާވެގެން ވެއެވެ. ‏(فَرَضَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِّلْمَسَاكِيْنِ)[6]  މާނައީ: "ރޯދައަށްހުރެ ދެއްކޭ ބާޠިލު ވާހަކަތަކުންނާއި ކުރެވޭ ނުރަނގަޅު ކަންކަމުން، ރޯދަވެރިޔާ ޠާހިރުކޮށްދޭ ކަމެއްގެ ގޮތުގައްޔާއި މިސްކީނުންނަށް ދެވޭ ކެއުމެއްގެ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ފިޠުރު ޒަކާތް

ފަރުޟުކުރެއްވިއެވެ." އެހެންކަމުން، ވަގުތު ފާއިތުވުމުގެ ކުރީން ތިމާއަށާއި ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހުންގެ ފަރާތުން މި ވާޖިބު އަދާކުރުމަށް އަވަސްވެގަންނާށެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އެ ބަޔަކު ޢާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތުން ޞާޢެއްގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް ދެ ކިލޯ ހަތަރު ސަތޭކަ ގުރާމެވެ. ނުވަތަ އޭގެ އަގެވެ. ޢީދު ނަމާދުގެ ކުރީން ޒަކާތްނެރުމަކީ ވާޖިބެކެވެ. އޭގެ ފަހުން ނެރެފި ނަމަ އެ ބެލެވޭނީ ޞަދަޤާތެއްގެ ގޮތުގައެވެ.

މިއަދު އޮންލައިން