ކޮންމެ ދެމަފިރިއަކުވެސް ކިޔާލުމުން ފައިދާކުރާނެ އަސަރުގަދަ ޙާދިސާއެއް!: އަހުރެން ބޭނުންވަނީ އަހަރުގެ އެންމެ ދުވަހަކު ލޯބިވާނެ ފިރިއެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކޮންމެ ދެމަފިރިއަކުވެސް ކިޔާލުމުން ފައިދާކުރާނެ އަސަރުގަދަ ޙާދިސާއެއް!: އަހުރެން ބޭނުންވަނީ އަހަރުގެ އެންމެ ދުވަހަކު ލޯބިވާނެ ފިރިއެއް ނޫން!

އެއީ އެދެމަފިރިންގެ ކައިވެނީގެ 3 ވަނަ އެންވާސަރީ ރެއެވެ. ފިރިމީހާ ބުނެފައި އޮތީ އެރޭ ކެއުމަކަށް ބޭރަށްދާންޖެހޭނެ ކަމަށެވެ. 8 ޖަހާއިރަށް ރީތިވެ ތައްޔާރުވެގެން އިނުމަށެވެ. ފިރިމީހާ ބޭރުން އައިއިރު އަނބިމީހާ އިނީ ފެންވަރައި ރީތިވެގެންނެވެ. އެކަމަކު ގޭގައިލާ ހެދުމުގައެވެ. ފިރިމީހާއަށް އެންމެ ކަމުދާ ހެދުމުގައެވެ.  

ބޭރަށްދާ ހެދުން ނުލައި އިން ސަބަބާއިމެދު ސުވާލުކުރުމުން އަނބިމީހާ ބުންޏެވެ. "ތަނަކަށް ގޮސް ތިބެންޖެހޭނީ އެތައް ބައެއްގެ ތެރޭގައެވެ. ދެމީހުންނަށް ގާތްވެސް ނުވެވޭނެއެވެ. އަހުރެން ބޭނުންވަނީ ގޭގައި މިރޭ ފާހަގަކުރާށެވެ. ތިބާވެސް ފެންވަރާލައިގެން އަންނާށެވެ. ލާންވީ ހެދުންވެސް އެނދުމަތީގައި އޮންނާނެއެވެ.  

ފިރިމީހާ އެގޮތަށް ކަންތައް ކުރުމުން އަނބިމީހާ ބުންޏެވެ. މޭޒުމަތީގައި އެހުރީ ތިބާއަށް އެންމެ މީރު ކާއެއްޗެއްސެވެ. އަވަހަށް ކާން ހިނގާށެވެ. ކައިނިމުން ބުންޏެވެ. "ފުރަތަމަ ކަމަކަށް ފޯނު ފްލައިޓްމޯޑަށްލާށެވެ. އަހުރެންނަށް ވަޤުތުދޭށެވެ. އަހުރެންނަށް އަޅައިލާށެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އަހުރެން ބޭނުންވަނީ އަހަރުގެ އެންމެ ރެއަކު އަހުރެން ދެކެ ލޯބިވާކަށް ނޫނެވެ. ހުރިހާ ދުވަހަކުވެސް ލޯބިލިބުމަށެވެ. އެކަން ކޮށްނުދެވޭނެނަމަ އަހަރުގެ އެންމެ ރެއަކު ލޯބިވެގެން އުޅުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެވާސަރީ އަންނާނީ އަހަރަކު އެންމެ ދުވަހަކު ނޫންހެއްޔެވެ؟ މިރެއަށްފަހު އަންނަ އަހަރުގެ މިރެއަށް އިންތިޒާރުކުރަން ޖެއްސުވީމާ އެއީ ލޯބިން އެކުގައި އުޅުމަށްވާނެ ހެއްޔެވެ؟"  

ފިރިމީހާ ވަރަށް ދެރަވިއެވެ. އަނބިމީހާ އެބަންޑުންކޮށްލީ އޭނާގެ ހިތުގައި ފޮރުވައިގެން ހުރި ކަންކަން ކަމުގައި ވިސްނުނީތީއެވެ. އެހެންވެ ކުރިއަށް އޮތްތަނުގައި ސަމާލުކަންދޭނެކަމަށްބުނެ އެތައް ވަޢުދުތަކެއްވިއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! މަސައްކަތްބުރަކޮށް އުޅެންޖެހިދާނެއެވެ. އެކަމަކު އެއީ ދެމަފިރިން އެކަކު އަނެކަކަށް ދޭންޖެހޭ ލޯތްބާއި އަޅައިލުން ނުދެވޭ ސަބަބަކަށް ނުހަދާށެވެ. މިއަނބިމީހާ އެދެއްކި ވާހަކަކޮޅުން ޢިބްރަތް ޙާޞިލުކުރާށެވެ! އެއީ ދިރިއުޅުން އުފާވެރިކޮށްދޭނެ ވަރަށް އަގުހުރި ބަސްކޮޅެކެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން