ޤިޔާމަތްދުވަހުގެ ވާހަކައިން: ޢީޞާގެފާނަށާ އަހުރެމެންގެ ރަސޫލާ މުޙައްމަދު ޞޢވ އަށް ނިދާ އިއްވެވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 51ސ
ޤިޔާމަތްދުވަހުގެ ވާހަކައިން: ޢީޞާގެފާނަށާ އަހުރެމެންގެ ރަސޫލާ މުޙައްމަދު ޞޢވ އަށް ނިދާ އިއްވެވުން-

 

ދެން سَيِّدنَا عِيسَى ގެ ފާނުން حَاضِرُ ކުރައްވައި އެކަލޭގެފާނަށް وحى ކުރައްވާނެތެވެ. އޭ عيسَى ގެފާނެވެ. ކަލޭގެފާނާއި، ކަލޭގެފާނުންގެ މައިކަމަނާ އާއި، ތިމަންސުވާމީންގެ ރަސްކަންފުޅު ފިޔަވައި އަޅުކަން ކުރެވޭ ދެ إلَه ންކަމުގައި ހެދުމަށް މީސްތަކުންނަށް ގޮވީމުހެއްޔެވެ؟

އެކަލޭގެފާނު މާތްރަސްކަލާނގެ ކިބައަށް އެތައް ثَنَا  އަކާއި حَمْدُ تَعريف ކުރައްވައި ދަންނަވާނެއެވެ. އިބަސުވާމީންގެ ހުސް طَاهِرُ ވަންތަ ކަމުގެ ބޮޑުކަމާއެވެ. މިނިކަމެތިއަޅާ އަށް އެއްވެސް ގޮތަކުން حقّ  ވެގެން ނުވާކަމަކަށް ގޮވައި ބަހެއް ބުނެ ހެދުމީ މިއަޅާއަށް އެކަށީގެންވާ ކަމެއް ކަމުގައެއް ނުވެއެވެ. އަޅު އެބަސް ބުނިކަމުގައިވާނަމަ ހަމަކަށަވަރުން އިބަސުވާމީންގެ ދެނެވޮޑިގެންވާ ހުއްޓެވެ. މިހެނީ މިއަޅާގެ ކިބައިގައިވާހައި ކަމަކާއި އަޅާގެ ކިބައިންވީހައި ކަމެއް އިބަސުވާމީންގެ ދެނެވޮޑިގަންނަވާނެއެވެ. އިބަސުވާމީންގެ ذات ފުޅުގައިވާ ކަންކަމީ އަޅާއަށް އެގޭ ކަމެއްނޫނެވެ. އިބަސުވާމިންގެއީ غَيبُ ތައް ދެނެވޮޑިގެންވާ ކަލާނގެ އެވެ.  

ދެންފަހެ މާތްރަސްކަލާނގެ އެކަލޭގެ ފާނަށް ރުއްސަވައި وحى ކުރައްވާ ހުއްޓެވެ. މިއަދަކީ ތެދުވެރީންނަށް އެއުރެންގެ ތެދުން منفع ކުރާނޭ ދުވަހެވެ. ކަލޭގެފާނުންގެ ބަސް ތެދެވެ. ދެން އިބަގެ منبر އަށް رجُوع ވެ އިބަގެ މައްޗަށް ބާވައިލެއްވުނު إنجيل ކިޔަވާށެވެ. 

ދެންފަހެ އެކަލޭގެފާނުން انجيل ކިޔަވައި ވިދާޅުވާން ފެއްޓެވުމުން މީސްތަކުންގެ ބޯތައް އެއަޑުފުޅާއި ދިމާޔަށް ބެލުމަށް އުފުލި حيران ވެފައި ތިބޭ ހުއްޓެވެ. إنجيل ގެ أهل ވެރި رَاهِبُ ންތައް މިއަޑުފުޅު އަހައި حيران ވެފައި ތިބޭހުއްޓެވެ.  

ދެން نصارى އިން ދެބަޔަކަށް ވަކި ވެދާހުއްޓެވެ. އެއީ مؤمن ގެ ބަޔަކާއި، كافر ންގެ ބަޔާއި އެވެ.   

ދެންފަހެ سلام އާއި صلوات ލެއްވި رَسُولُ اللهِ ގެފާނަށް ނިދާ އިއްވަވާހުއްޓެވެ. އެކަލޭގެފާނަށް وَحِى ކުރައްވާނެޔޭ. جبريل ގެފާނުން ދަންނަވަނީ ތިމަން ސުވާމީންގެ ބާވައިލެއްވި قرآن ކަލޭގެފާނަށް އަދާކުޅައުމަށެވެ. رَسُولُ اللهِ ގެފާނުން ދަންނަވާނެޔޭ. جبْريل ގެފާނުންގެ ބަސްފުޅު ތެދެވެ. ދެން އިތުރު އެކަލޭގެފާނުން قرآن ކިޔަވައިވިދާޅުވުމަށް أمر ކުރެއްވިދާހުށި. ދެން އެކަލޭގެފާނުން قرآن ކިޔަވައި ވިދާޅުވާހުށި. ފަހެ އެއިގެ ފޮނިކަމާއި ފުރިހަމަކަމުން އެންމެން حيران ވެ އެއަޑުފުޅު އެހުމާއިގެން مشغول ވެ ކަނުލައި އަހައިގެން ތިބޭހުއްޓެވެ. تقواى ވެރީން އުފާވެރިވެ ހިތްފަހިވެގެން ތިބޭހުށި. އެއުރެން ތިބޭހުށީ މޫނު އަލިވެ ހިނިތުންވެގެންނެވެ. ނުލަފާ ފާފަވެރިން ތިބޭހުށީ މޫނުހަޑިވެ އިސްދަށަށް ޖެހިގެންނެވެ. 

رَسُول ބޭކަލުންނާއި އެބެއިކަލުންގެ أمّة ތަކާއި މެދުގައި މިގޮތަށް عَدْلُ إنْصَاف ހިންގަވާނޭ ކަމުގެމައްޗަށް ކަނޑައެޅިގެންވާ دليل މި آية ން ބަޔާންވެގެންވެއެވެ. فَلَنَسْأَلَنَّ الَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْأَلَنَّ الْمُرْسَلِينَ މި آية ގެ معن އީ ތިމަންސުވާމީންގެ رَسُولُ ކަމާއި އެމީސްމީހުންގެ ގާތަށް ފޮނުއްވެވުނުމީހުންނާއި سؤال ކުރައްވާހުށީމެވެ. އެރަސޫލު ކަމާއިގެން ފޮނުއްވެވުނު ރަސޫލު ބެއިކަލުންނާއިވެސް سؤال ކުރައްވާހުށީންމެވެ.  

އަދި ބުނެވެޔޭ. މިލިޔާ آية ންވެސް دَلِيلُ ފެނެއެވެ. يَوْمَ يَجْمَعُ اللَّهُ الرُّسُلَ فَيَقُولُ مَاذَا أُجِبْتُمْ ۖ قَالُوا لَا عِلْمَ لَنَا ۖ إِنَّكَ أَنتَ عَلَّامُ الْغُيُوبِ މި آية ގެ معن އީ الله رَسُولُ ބެއިކަލުން އެއްކުރައްވާނޭ ދުވަހުން އެބެއިކަލުންނަށް وَحِى ކުރައްވާނެޔޭ. އިބުރެމެނަށް اِجَاب ދެވުނީ ކޮންފަދައަކުންހެއްޔޭ. މިބަސްފުޅުގެ مُراد އަކީ ތިޔަބައިމީހުން މަތިކުރައްވައި ތިމަންސުވާމީންގެ އަޅުތަކުންގެގާތަށް ފޮނުއްވި دين އާއި شريعة އަށް އެއުރެން اِجاب ދީ އުޅުނީ ކޮންފަދައަކުންހެއްޔެވެ؟ އެބެއިކަލުން ދަންނަވާނެތޭ. އަހަރެންގެ ކިބައިގައި އެކަމުގެ علم އެއް ނުވެއެވެ. މިބަސްފުޅުގެ مراد އަކީ އަޅަމެނަށް އޮތީ އެތަކެތި އެއުރެނަށް އިއްވުމެވެ. އެކަން އަޅަމެންކުޅައީމުއެވެ. ދެން އެއުރެން އުޅުނު ގޮތެއްގެ علم އެއް އަޅަމެނަކަށް ނުވެއެވެ. އަޅަމެން އެއުރެންގެތެރޭގައި ތިބެނީވެސް ކުޑަދުވަސްކޮޅަކުއެވެ. އެހެންވީމާ އެއުރެން ކަންތައް ކުޅަގޮތެއް ދެނެވޮޑިގަތުން ބޮޑުވެގެންވަނީ އިބަސުވާމީންގެއެވެ. އިބަސުވާމީންގެއީ، غيب ތައް ދެނެވޮޑިގެންވާ ކަލާނގެއެވެ. މިދެ آية ންކުރެ ފުރަތަމަ آية އަށް دَلِيل ފެންނަލެއްބޮޑެވެ. ފަހެ މިފޮތްތައް محشر ބިންމަތީގައި މިނަންގަތްމަގުން ކިޔެވޭހިނދު ގައި އެފޮތެއްގެ أُمّة އެއް އެފޮތެއްގައިހުރި ތެދުމަގާއި حكم ތަކުގެމައްޗަށް އުޅުނު ގޮތާއިމެދުގައި سًؤِال ކުރެއްވެމުން ހެކި ثابت ބައްލަވަމުން ނިޔާކުރެއްވުމުން ދާނެއެވެ. تقواى ވެރީންނާއި ކުށްވެރީން ވަކިވަމުންދާނެއެވެ.  

ފަހެ سلام އާއި صلوات ލެއްވި رَسُولُ اللهِ ގެފާނު قرآن ކިޔަވައި ވިދާޅުވާންފެއްޓެވުމުން أمّة ގެ މީހުން އެއިގެ ރިވެތިކަމާއި ފުރިހަމަކަމުން މިއީ އަހުރެމެން ކިޔެވި ނުވަތަ އެހިއެއްޗެއްބާވައޭ ހިތަށްއަރާހުއްޓެވެ. 

اَصْمَعِى ގެ އަރިހުގައި ދެންނެވުނޭ ކަލޭގެފާނަކީ ވާ ހައުދަހައި قرآن ކިޔެވުމަށް ކުޅަދާނަ އަދި އެ قرآن ހިތުދަސް ބެއިކަލެއްތާއެވެ. އެކަލޭގެފާނުން ވިދާޅުވިޔޭ. އަސްތާ ކޮއިފުޅާއޭ އަހުރެން އެ قرآن رَسُولُ اللهِ ގެފާނުން ކިޔަވާވިދާޅުވަނިކޮށް އަހާނޭ ދުވަހުން އަހުރެންވާހުށީ ދުވަހަކު އެނުވެސް އަހާމީހަކު ކަހަލައެވެ.

 

- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

މިއަދު އޮންލައިން