ގިނަވަޤުތު ލިބޭ ދުވަސްތަކުގަ ގިނައިން ނުކިޔަވާ ރަމަޟާންމަހު ޤުރްއާން ކިޔަވަން އޮތް މިންވަރާ ގާތަކަށްވެސް ނުކިޔެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ގިނަވަޤުތު ލިބޭ ދުވަސްތަކުގަ ގިނައިން ނުކިޔަވާ ރަމަޟާންމަހު ޤުރްއާން ކިޔަވަން އޮތް މިންވަރާ ގާތަކަށްވެސް ނުކިޔެވޭނެ!

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާއި ބައްދަލުވުމުން އެންމެ ގިނައިން އަޑުއިވޭނީ އެމަހަކީ ކީރިތި ޤުރްއާން ބާވައިލެއްވެވުނު މައްސަރުކަން ބަޔާންކުރާ އާޔަތެވެ. ރަމަޟާންމަކީ ކީރި ޤުރްއާނުގެ މައްސަރު ކަމާއި ވީހައި ގިނަ ވަޤުތު ޤުރްއާނާއިއެކު ހޭދަކުރުމުގެ މުހިންމުކަން ބަޔާންކުރާ ދަރުސްތަކުގެ އަޑެވެ.  

މީސްތަކުންނޭވެ! ކީރިތި ޤްރްއާން ކިޔެވުންފަދަ ކަންކަން މާދަމައަށް ނުބާއްވައި ކޮންމެ ދުވަހަކުވެސް ވީހައި ގިނައިން ކިޔަވާށެވެ. ޚާއްޞަކޮށް ރަމަޟާންމަހު ކީރިތި ޤްރްއާން ވީހައި ގިނައިން ކިޔެވުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރަމެވެ. 

ކޮންމެ ދުވަހަކު އެއްވަރަށް ވަގުތު ނުހޯދިދާނެއެވެ ވީމާ ގިނައިން ވަގުތުވާ ދުވަސްތަކުގައި ގިނައިން ކިޔަވާށެވެ! އެއިރުން ވަގުތު މަދުވެ ތަންކޮޅެއް މަދުން ކިޔެވޭ ދުވަހެއް އައިނަމަވެސް އެހައި ބޮޑަށް ދެރަވެގެން އުޅޭކަށް ނުޖެހޭނެއެވެ.  

"ރަމަޟާން މަހު ކީރިތި ޤްރްއާން ކިޔެވުން އިތުރުކުރަމުއެވެ. ރަމަޟާން މަސް ނިމުމުން އެކަން ނިންމައި ޗެޕްޓަރު ބަންދުކުރަނީއެވެ. މިއީ މުސްލިމުންގެ އަމަލުތައް ހުރެގެންވާނެ ގޮތެއް ނޫނެވެ. މުސްލިމުން ވާންޖެހޭނީ އަބަދުވެސް ނަމާދުކުރާ ތަޤްވާވެރި ބައަކަށެވެ. މާތް ﷲ އެންގެވި ގޮތުގައި އަބަދުވެސް އުޅޭ ބައަކަށެވެ."  

ރަމަޟާން މަސް އައުމުންވެސް ބައެއް މީހުން ކީރިތި ޤްރުއާން ކިޔަވަން ބޭނުންވަނީ ކޮންމެވެސް ޗުއްޓީ ދުވަހެއްގައެވެ. ނަމަވެސް އެއީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ. "މިސާލަކށް އަންނަ ހޯމަ ދުވަހަކީ ބަންދު ދުވަހެއް. ކާކަށް އެނގެނީ އެދުވަހު ކުރިމަތިވާނެ ކަންތައްތައް؟ އެދުވަހަކީ ތިމާއަށް ޗުއްޓީ ދުވަހަކަށް ވާނެކަން؟ އެދުވަހު ބޮޑު ކަމެއް ޖެހިގެން ވަގުތުތައް ހޭދަކުރަންޖެހޭނީ ކޮންކަމަކަށްކަން އެނގެނީ ކާކަށްތަ؟"  

 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން