އެހެން މީހުންނަށް އެހީތެރިވުމަކީ އުފާވެރިކަން ލިބޭ ސިކުނޑީގެ ދޮރުތައް ހުޅުވޭކަމެއްކަން ޓެސްޓްތަކުން ހާމަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އެހެން މީހުންނަށް އެހީތެރިވުމަކީ އުފާވެރިކަން ލިބޭ ސިކުނޑީގެ ދޮރުތައް ހުޅުވޭކަމެއްކަން ޓެސްޓްތަކުން ހާމަވެއްޖެ!

އެހެން މީހުންނަށް އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރުމަކީ އެމީހަކަށް އުފާވެރިކަން ދެއްވަވާނެ ކަމެއްކަން ޤުރްޢާނާއި ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. ޢިލްމްވެރިން އެކަން ބަޔާންކޮށްދެއްވަމުން ގެންދަވަނިކޮށް އެކަމަށް މިއަދު އެއްބަސްވަނީ ސައިންސްވެރިންނެވެ.  

ސިކުނޑި ސްކޭންކޮށްގެން ކުރި ޓެސްޓްތަކުން އެނގިފައިވަނީ އެހެން މީހުންނަށް އެހީތެރިވުމުން މީހާއަށް އުފާވެރިކަން ލިބޭ ސިކުނޑީގެ ދޮރުތައް ހުޅުވިގެންދާކަމެވެ. އެކަން ޔަޤީންކުރެވުނީ ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް ޞަދަޤާތްކުރީމާ ސިކުނޑިއަށް އަންނަ ބަދަލުތަކުންނެވެ. އެކަން ޔަޤީންކުރެވުނީ ޞަދަޤާތްކުރުމުގެ ކުރިންނާއި ފަހުން ސިކުނޑި ސްކޭންކޮށް ބެލުމުންނެވެ.  

މުސްލިމުން މިކަންކަން ޔަޤީންކުރަންވީ ސައިންސްވެރިން ބުނާ ބަހަކުން ނޫނެވެ. "އެހެން މީހަކަށް / މީހުންނަށް އެހީތެރިވުންމަތީގައި މީހަކު ހުންނަނަމަ އެމީހަކަށް އެހީތެރިވެވޮޑިގަތުންމަތީގައި ﷲ ތަޢާލާ ދެމިވޮޑިގެންވާނެ" ކަމަށް އޮތް ބަސްފުޅުން އެކަނިވެސް މިކަމަށް ފުރިހަމައަށް ދަލީލު ލިބެއެވެ. ﷲ ތަޢާލާ އެމީހަކަށް އެހީތެރިވެވޮޑިގަންނަވާނަމަ އެމީހަކަށް އުފަލާއި ހިތްހަމަޖެހުން އިތުރުވެގެންދާނެތީއެވެ.  

އަހުރެންގެ ނަޞީހަތަކީ އެމީހެއްގެ ޢާއިލާގެ މީހަކަށް ނަމަވެސް، ކިތަންމެ ކުޑަ ކަމަކުން ނަމަވެސް ކޮންމެވެސް މީހަކަށް ކޮންމެވެސް މިނަވަރަކަށް ކޮންމެ ދުވަހަކު ނަމަވެސް އެހީތެރިވުމެވެ. އެއިރުން އެމީހަކަށް އެހުރެވެނީ އެހެން މީހުންނަށް އެހީތެރިވުންމަތީގައެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އަބަދުވެސް ލިބިލިބި ހުންނާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން