އުފާވެރިކަމާ ހިތްހަމަޖެހުން ލިބިގަތުމަށް ކުރަން އޮތް އެންމެ ޔަޤީން ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 14މ 19ސ
އުފާވެރިކަމާ ހިތްހަމަޖެހުން ލިބިގަތުމަށް ކުރަން އޮތް އެންމެ ޔަޤީން ކަންކަން-


އުފާވެރިކަމާއި ހިތްހަމަޖެހުން ބޭނުންނަމަ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އިތުބާރުކުރާ މީހަކަށްވާށެވެ! އެފަދަ މީހަކަށް ވެވޭނީ ﷲ ތަޢާލާ އާއިމެދު އެނގޭ މިންވަރު އިތުރުކުރެވިގެންނެވެ.  

ރަތްކަނޑުގެ އައްސޭރީގައި ފިރުއަޢުނުގެ ލަޝްކަރު ވަށައިލިހިނދު މޫސާގެފާނުގެ އަރިއަހުގައި ތިބި މީހުން ދެންނެވީ ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ދެން ނެތްކަމަށެވެ. ނަމަވެސް ﷲ ތަޢާލާއަށް އިތުބާރުކުރައްވަވާތީ މޫސާގެފާނު ވިދާޅުވީ އެހެންނުވާނެކަމަށާއި ސަލާމަތްވެވޭނެ މަގެއް ﷲ ތަޢާލާ ދައްކަވާނެ ކަމަށެވެ. އެހެންވެ ސަލާމަތްވެވޭނެ މަގެއް ﷲ ތަޢާލާ ދެއްކެވިއެވެ. ސަލާމަތްކުރެއްވެވިއެވެ. އަހުރެމެންވެސް އެފެންވަރަށް ﷲ ތަޢާލާއަށް އިތުބާރުކުރާނަމަ އަހުރެމެންނަށްވެސް މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ

މީސްތަކުން ދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވަނީ ﷲ ތަޢާލާކަން އެނގުނީމާ އެހެން މީހެއްގެ ލޯބި ނުލިބިގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާކަން އެނގުނީމާ ކުރިމަތިވެފައިވާ ޙާލަތާއިމެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އެއީ ތިމާއަށް ކުރިމަތިވެފައިވާ ޙާލަތުވެސް ﷲ ތަޢާލާ ދެނެވޮޑިގަންނަވާކަން ވިސްނޭނެތީއެވެ.  

ސައިކޮލޮޖިސްޓުންވެސް މިއަދު ޤަބޫލުކުރާކަމެއް އެބައޮތެވެ. އެއީ އުފަލުގައި އުޅޭމީހުން ފަތިހު ތެދުވެ ކަންކަން ކުރަންފަށާކަމެވެ. އިރުމެދުޖެހެންދެން ނިދަން ނުތިބޭކަމެވެ. އަހުރެމެންނަކީ މުސްލިމުންނެވެ. ވީމާ މިވާހަކަ އަހުރެމެން ވިސްނަންވީ އުފާވެރިކަން ބޭނުންވާނަމަ ފަތިހު ހޭލައި ފަތިސްނަމާދުކުރުމަށެވެ.  

ﷲ ތަޢާލާ އަހުރެމެން ދުނިޔެއަށް ފޮނުއްވެވީ ﷲ ތަޢާލާއަށް އަޅުކަންކުރުމަށެވެ. އިޚްލާޞްތެރިކަމާއިއެކު އަހުރެމެން އަޅުކަންކުރާނަމަ އަހުރެމެންނަށް އުފާވެރިކަން ދެއްވަވާނެތެވެ. އެއީ އަހުރެމެން ދުނިޔެއަށް ފޮނުއްވެވުނު މަޤްޞަދު ޙާޞިލުކުރަން މަސައްކަތްކުރާތީއެވެ.  

އިބްން ތައިމިއްޔާގެ ބަސްފުޅެއްގައިވަނީ ޤުރްއާނަށްވުރެ ބޮޑަށް ހިތްޕުޅަށް އުފާވެރިކަމާ ހަމަޖެހުން ލިބިވަޑައިގަންނަވާ ކަމެއް ނެތް ކަމަށެވެ. އުފާވެރިކަން ލިބިގަތުމަށްޓަކައި ޤުރްއާން ކިޔަވަންވީ މިންވަރު ބަޔާންކުރައްވަވައި ވިދާޅުވީ އެމީހަކު އުފާވެރިކަން ބޭނުންވާ މިންވަރަކަށް ކަމަށެވެ.  

ނިދީން ހޭލެވުމުން އާލްޢިމްރާން ސޫރަތުގެ އެންމެ ފަހު 10 އާޔަތްކިޔެވުމަކީ ސުންނަތެކެވެ. އެއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވެވި ކަމެކެވެ. އަހުރެން ބުނިތީވެސް އެކަންކޮށްބަލާށެވެ! މާނައަށް ވިސްނުމުންވެސް އަހުރެންގެ ބަސް ޤަބޫލުކުރެވޭނެއެވެ. އެބަހަކީ އެކަން ކުރާމީހަކަށް ހިތްހަމަޖެހުން ލިބޭނެކަމެވެ.   

﴿191﴾ الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ

އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، ﷲ ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، ބާޠިލު ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ފަހެ، ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ! 

﴿192﴾ رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ  

އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ނަރަކަޔަށް ވައްދަވައިފިމީހާ، ފަހެ، އިބަރަސްކަލާނގެ އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަނިޔާވެރިންނަށް ނަޞްރު ދޭނެ އެއްވެސް ބަޔަކު ނުވެއެވެ.

﴿193﴾ رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا ۚ رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ

އަޅަމެންގެ ވެރިރަސްކަލާކޮ! އީމާން ވުމަށް ގޮވާލައްވާ ރަސޫލަކު ތިޔަބައިމީހުންގެ ވެރިރަސްކަލާނގެޔަށް އީމާން ވާށޭ ގޮވާލައްވާ އަޑު، ހަމަކަށަވަރުން، އަޅަމެން އެހީމުއެވެ. ދެން، އަޅަމެން އީމާން ވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ފަހެ، އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ކިބައިން އަޅަމެންގެ ކުށްތައް ޢަފޫ ކުރައްވާނދޭވެ! އަދި، ހެޔޮލަފާ މީހުންނާއެކު އަޅަމެން މަރުގަންނަވާނދޭވެ!

﴿194﴾ رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ ۗ إِنَّكَ لَا تُخْلِفُ الْمِيعَادَ

އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރަސޫލުންގެ ދޫފުޅުމަތީން އަޅަމެންނަށް ވަޢުދު ކުރައްވާފައިވާ ކަންތައް، އަޅަމެންނަށް ދެއްވާނދޭވެ! އަދި، ޤިޔާމަތް ދުވަހުން އަޅަމެން ނިކަމެތި ނުކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ވަޢުދާ ޚިލާފުވެ ވޮޑިއެއް ނުގަންނަވަމުއެވެ.

﴿195﴾ فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّن بَعْضٍ ۖ فَالَّذِينَ هَاجَرُوا وَأُخْرِجُوا مِن دِيَارِهِمْ وَأُوذُوا فِي سَبِيلِي وَقَاتَلُوا وَقُتِلُوا لَأُكَفِّرَنَّ عَنْهُمْ سَيِّئَاتِهِمْ وَلَأُدْخِلَنَّهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ ثَوَابًا مِّنْ عِندِ اللَّهِ ۗ وَاللَّهُ عِندَهُ حُسْنُ الثَّوَابِ

ދެން، އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންގެ ދުޢާ އިޖާބަ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ، ޢަމަލު ކުރާ މީހެއްގެ ޢަމަލު، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ކިބައިންނެވެ. ފަހެ، އެއުރެން ހިޖުރަ ކޮށް އެއުރެންގެ ގޮވަތިގެދޮރުން ނެރެވި، ތިމަންރަސްކަލާނގެ މަގުގައި އެއުރެންނަށް އުނދަގޫލިބި، ހަނގުރާމަކޮށް، އަދި ޤަތުލު ވީ މީހުންގެ ކިބައިން އެއުރެންގެ ކުށްފާފަތައް ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފުއްސަވާހުށީމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. ﷲގެ ޙަޟްރަތުން ލިބޭ ޘަވާބެއްގެ ގޮތުގައެވެ. ރިވެތިވެގެންވާ ޘަވާބު ވަނީ ﷲގެ ޙަޟްރަތުގައެވެ.

﴿196﴾ لَا يَغُرَّنَّكَ تَقَلُّبُ الَّذِينَ كَفَرُوا فِي الْبِلَادِ

ކާފިރުވި މީހުން ރަށްތަކުގައި އެގޮތްމިގޮތަށް އުޅޭއުޅުން ކަލޭގެފާނު ހެއްލުންތެރި ކުރިއަ ނުދޭހުށިކަމެވެ!

﴿197﴾ مَتَاعٌ قَلِيلٌ ثُمَّ مَأْوَاهُمْ جَهَنَّمُ ۚ وَبِئْسَ الْمِهَادُ

(އެއީ) ކުޑަކުޑަ ވަގުތީ އަރާމެކެވެ. ދެން، އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ!

﴿198﴾ لَٰكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا نُزُلًا مِّنْ عِندِ اللَّهِ ۗ وَمَا عِندَ اللَّهِ خَيْرٌ لِّلْأَبْرَارِ

އެހެނެއްކަމަކު އެއުރެންގެ ވެރިރަސްކަލާނގެއަށް ތަޤްވާވެރިވި މީހުންނަށް، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. އެތަންތާނގައި، އެއުރެން ދެމިތިބޭ ޙާލުގައެވެ. ﷲގެ ޙަޟްރަތުން ލިބޭ ޝަރަފެއްގެ ގޮތުގައެވެ. ﷲގެ ޙަޟްރަތުގައިވާ ކަންތައް ހެޔޮލަފާ މީހުންނަށް، މާހެޔޮވެގެން ވެއެވެ.

﴿199﴾ وَإِنَّ مِنْ أَهْلِ الْكِتَابِ لَمَن يُؤْمِنُ بِاللَّهِ وَمَا أُنزِلَ إِلَيْكُمْ وَمَا أُنزِلَ إِلَيْهِمْ خَاشِعِينَ لِلَّهِ لَا يَشْتَرُونَ بِآيَاتِ اللَّهِ ثَمَنًا قَلِيلًا ۗ أُولَٰئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ ۗ إِنَّ اللَّهَ سَرِيعُ الْحِسَابِ

ހަމަކަށަވަރުން، ﷲއަށް އީމާންވާ، އަދި، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށާއި، އެއުރެންނަށް ބާވައިލެއްވި ފޮތަށް އީމާންވާ މީހުން ހަމަކަށަވަރުން، ފޮތުގެ އަހުލުވެރިންގެ ތެރެއިންވެއެވެ. އެއުރެން ﷲއަށް މަޑުމައިތިރިވެގެންވާ ޙާލުގައެވެ. ﷲގެ އާޔަތްތަކަށް އެއުރެން ކުޑައަގެއް ނުގަނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، އެއުރެންގެ ދަރުމަ އެއުރެންނަށް ހުށްޓެވެ. ހަމަކަށަވަރުން، ﷲއީ، ޙިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.

﴿200﴾ يَا أَيُّهَا الَّذِينَ آمَنُوا اصْبِرُوا وَصَابِرُوا وَرَابِطُوا وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ

އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްކުރާށެވެ! އަދި، (ދުޝްމަނުންނާ ހަނގުރާމަ ކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިޔަބައިމީހުން ކެތްތެރިވާށެވެ! އަދި، ދުޝްމަނުން އަތުވެދާނޭ މަގުތަކަށް ބަލަބަލާ ޖިހާދު ކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ."

ގުޅުންހުރި ޙަދީޘް: 

Ibn Abbas reported: I spent the night with my aunt Maymunah and I said to myself that I will watch the prayer of the Messenger of Allah, peace and blessings be upon him. She laid out a cushion for the Prophet and he slept on the direction of its long side. He awoke and wiped the sleep from his eyes, then recited the last ten verses of Surat Ali ‘Imran until its end.

Source: Ṣaḥīḥ al-Bukhārī 4570

Grade: Sahih (authentic) according to Al-Bukhari

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން