ރަމަމާން މަހުގެ ދުވަސްތަކާއި ޜޭތައް ފާއިތުވަމުންދަނީ ހެޔޮ ޢަމަލުތައް އެބަކުރަމުއެވެ. ސުވާލަކީ އެކަންކަން ތިއަކުރަނީ އިޚްލާޞްތެރިކަމާއިއެކުގައި ހެއްޔެވެ؟
ހަނދާނުގައި ބަހައްޓާށެވެ! ކުރާ ޢަމަލުތަކުގެ ފައިދާކުރަނީ ޢަދަދު ގިނަވުމަކުން ނޫނެވެ. އިޚްލާޞްތެރިވުމުންނެވެ. ވީމާ ކޮންމެ އަޅުކަމެއް ކުރިނަމަވެސް ޢަދަދު ގިނަކުރަން މަސައްކަތްކުރަންވާނީ އިޚްލާޞްތެރިކަން އިސްކޮށްގެންނެވެ.
ޤުރްއާން ކިޔެވިނަމަވެސް އިޚްލާޞްތެރިވާށެވެ. ކިޔަވަން އޮތްމަގުން ކިޔަވަން މަސައްކަތްކުރާށެވެ. ދިގުކޮށް ކިޔެވޭމީހާ ދިގުކޮށް ކިޔަވާނީއެވެ. ދިގުކޮށް ނުކިޔެވޭމީހާ ކުރުކޮށްކިޔަވާނީއެވެ. ކުރު ސޫރަތެއް ނަމަވެސް ކިޔަވާނީއެވެ.
ތިބާގެ ޢަމަލުތައް ކޮންމެ ދުވަހަކުވެސް ﷲ ތަޢާލާގެ ޙަޟްރަތަށް މަލާއިކަތުން އުފުއްލަވާނެތެވެ. އިޚްލާޞްތެރިކަމާއިއެކު އެންމެ ޢަމަލެއް ކުރެވިފައިވީނަމަވެސް އެޢަމަލު ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެތެވެ. އެޢަމަލުގެ ސަބަބުން ތިބާއަށް ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބުން އޮތީ ދާދި ގާތުގައެވެ. ވީމާ ކުރާ ކޮންމެ ޢަމަލެއް ކުރުމުގައިވެސް އިޚްލާޞްތެރިކަން އިސްކޮށްގެން ކުރަމުން ގެންދާށެވެ. އެޢަމަލަކީ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާ ޢަމަލެއް ކަމުގައި ވެއްޖެނަމަ ތިބާ ހިމެނިގެންދާނީ މިރަމަޟާންމަހު ސުވަރުގެ ވައްދަވާ އަޅުންގެތެރެއިންނެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން