ކޮންމެ ދެމަފިރިއަކަށްވެސް ފައިދާކުރާނެ ފިލާވަޅެއް! ވީރާނާވަމުން ދިއަ ގުޅުމަކަށް ދިރުން ލިބި އެންމެ އުސްމިނަށް ލޯބި އިތުރުވި ސަބަބު-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ކޮންމެ ދެމަފިރިއަކަށްވެސް ފައިދާކުރާނެ ފިލާވަޅެއް! ވީރާނާވަމުން ދިއަ ގުޅުމަކަށް ދިރުން ލިބި އެންމެ އުސްމިނަށް ލޯބި އިތުރުވި ސަބަބު-!

ފިރިއަކު ބުންޏެވެ. "މިހާރަކު އަހުރެންނަށް ތިބާގެ ކިބައިން ހިތްހަމަޖެހުމެއް ނުލިބެއެވެ. މިބުނަނީ އަޅައިލުމާއި ސަމާލުކަން ނުލިބޭ ވާހަކައެވެ.  

ޖަވާބުގައި އަނބިމީހާ ބުންޏެވެ. "ތިއައިން އެއްވެސް ކަމެއް އަހުރެންނަށް އެބަކޮށްދެން ހެއްޔެވެ؟ އެއްކޮޓަރީގައި މިއުޅެނީ ދެމަފިރިން އުޅޭ ގޮތަށް ހެއްޔެވެ؟ ނޫނީ ރޫމް މޭޓުްނ އުޅޭގޮތަށް ހެއްޔެވެ؟  

އަހުރެން ތިބާއަށް އަލައިލީމެވެ. ލޯބިދިނީމެވެ. ބަދަލުގައި އެއްވެސް ކަމެއް ނުލިބި ގިނަދުވަސްވާން ފެށުމުން އަހުރެން ބަދަލުވީއެވެ. ތެދުވެރި އަނބިން އަބަދުވެސް ތިބޭނީ ފިރިމީހާގެ ކިބައިން ލޯތްބާއި އަޅައިލުން ލިބުމަށް އެދިގެންނެވެ. އެއީ އެހެން މީހެއްގެ ކިބައިން ލޯތްބާއި އަޅައިލުން ނުހޯދާތީއެވެ.  

ތިބާ ފަދައިން އަހުރެންނަށްވެސް ލޯތްބާއި އަޅައިލުން ބޭނުންވެއެވެ. ނުލިބުނީމާ ހަމަ ތިމާފަދައިން މާޔޫސްވެއެވެ. އެކަމަށް ކެތްތެރިވަމުންގޮސް މިހާރު ނިންމައިގެން މިހުރީ އެކަމަށް ކަންބޮޑުނުވުމަށެވެ. ކެތްތެރިކަން ކޮޅުންލީއެވެ. ދެން އަހުރެން ކަންކަންކުރާނީ އަހުރެންނާއިމެދު ކަންކަންކުރާގޮތަކަށެވެ.  

ނިކަން ވިސްނައިލަބަލާށެވެ! އަހުރެންގެ ކުށްދެއްކުން ނޫން އެއްވެސް ކަމެއް ތިބާ އެބަކުރަމު ހެއްޔެވެ؟ އަހުރެންނަށް ރަނގަޅަށް އެއްވެސް ކަމެއް ކުރެވޭ ކަމަށް އެބަވޭ ހެއްޔެވެ؟ އަހުރެން ތިބާއާއިމެދު ކުރީ ކޮން ތަފާތެއް ހެއްޔެވެ؟ އެހެންވީމާ ދެން އިތުރަށް ތިއަޒާތުގެ ވާހަކަ ދައްކަން ނުހަދާށެވެ. އަދިވެސް ތިބާގެ ޢަމަލުތައް ބަދަލުކޮށްފިނަމަ ބަދަލުވާން އަހުރެންވެސް މަސައްކަތްކުޜާނަމެވެ. އެކަން ނުކުރުމުން ގެއިން ނުކުންނަން ފޮށިހިފައިގެން އައުމުން އަހުރެން ހުއްޓުވަން ނުވިސްނާށެވެ. އެކަމެއް ނުވާނެއެވެ."  

ފިރިމީހާ ބުންޏެވެ. "ތިއަ ކަންކަމުގެ ނުދައްކައި ތިއަހުރީ ކީއްވެގެން ހެއްޔެވެ؟"

އަނބިމީހާ ބުންޏެވެ. "އެކި ގޮތްގޮތަށް ތަކުރާރުކޮށް އެތައް ފަހަރަކު ތިބާގެ ގާތުގައި ނުބުނާ ބަހެއް އަދި ނުބުނަމެވެ. އެންމެ ބަހެއް ފިޔަވައެވެ. އެއީ ފޮށިހިފައިގެން ގެއިން ނުކުންނަ ވާހަކައެވެ. ކުރިން އަޑުނުއިވުނީއެވެ. މިހާރު ތިއަ އަޑުއިވުނީ ފޮށިހިފައިގެން ނުކުންނަ ވާހަކަ ބުނުމުން ކަމަށްވެދާނެއެވެ." 

ފިރިމީހާ އިތުރު ވާހަކައެއް ނުދައްކައެވެ. އެކަމަކު އަނބިމީހާ ދެއްކި ވާހަކަ ޤަބޫލުކޮށް އަމިއްލަކުށް ވިސްނި ކަންކަން އިޞްލާޙްކުރިއެވެ. މާގިނަ ދުވަހެއް ނޫނެވެ. ހަްފތާއެއް ފަހުން އަނބިމީހާ ސުވާލުކުރިއެވެ. "އަހުރެންގެ ކިބައިން މިހާރު އުނިވަނީ ކޮންކަމެއް ހެއްޔެވެ؟" ފިރިމީހާގެ ޖަވާބަކަށްވީ "ފުދި އިތުރުވެއްޖެއެވެ."  

މިއީ މިބާވަތުގެ ކަންކަން ހިނގަމުންދާގޮތެވެ. ލޯތްބާއި އަޅައިލުން ދެމީހުންވެސް ބޭނުންވާނެއެވެ. އެކަކު އެކަމުގައި އިހްމާލުވާނަމަ އަނެކާއަށްވެސް އޮންނާނީ އިހްމާލުވެވިފައެވެ. ވީމާ ތިމާއަށް ލޯތްބާއި އަޅައިލުން ބޭނުންވާ ފަދައިން އަނެކާއަށްވެސް ބޭނުންވާނެކަން ދަންނަންވާނެއެވެ. އުފަލުގައި އުޅެވޭނީ އެއިރުންނެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން