"މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީއަހުރެމެންގެ މައްޗަށް ﷲ ތަޢާލާ ވާޖިބްކުރައްވަވާފައިވާ ކަމެކެވެ. ވީމާ އެއީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އަދި އެއީ ﷲ ތަޢާލާ ބަރަކާތް ލައްވަވާފައިވާ ކަމެކެވެ.
މީހަކަށް ބޮޑުފާފައެއް ކުރެވިގެން ތައުބާވުމަށް ކުރާނެ ޢަމަލެއް އޮޅުންފިލުވަން އިބްން ޢައްބާސް ގެ އަރިއަހަށް ދިއުމުން ސުވާލުކުރެއްވެވީ މަންމަ ދުނިޔޭގައި އެބައިންތޯއެވެ؟ އެއީ މަންމައަށް ހެޔޮކޮށް ހިތުމަށެވެ. އަދި ވިދާޅުވީ މައިމީހާއަށް ހެޔޮކޮށް ހިތުމަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު އެއްވެސް ޢަމަލެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ."
- އިމާމް ޢުމަރު ސުލައިމާން
މިއީ އިމާމް ޢުމަރު ސުލައިމާން ވިދާޅުވެފައިވާ ބަސްފުޅެކެވެ. އަހުރެމެންނަށް މިތިބެވެނީ އަބަދުހެން ފާފަތައް ކުރެވިކުރެވިއެވެ. ބޮޑެތި ފާފަތަކަށް އަރައިގަނެވޭ މީހުންވެސް ތިބެއެވެ. ކޮންމެ ދުވަހަކުހެން އެކިވަރުގެ ފާފަތައް ކުރެވޭ މީހުން ވަރަށް ގިނައެވެ. އެއީ އަހުރެމެންގެ ބަލިކަށިކަމުންނެވެ.
އަހުރެމެން މިގެންދަނީ ތައުބާވަމުންނެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ދުޢާކުރަމުންނެވެ. އެހެންކަމަށްވާއިރު އަހުރެމެންގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެންވެސް މައިމީހާއަށް ހެޔޮކޮށްހިތަމާ ހިނގާށެވެ.
އަހުރެމެންނަށް ސުވަރުގެ ވަދެވޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. ރުހިވޮޑިގަތުން ލިބޭނީ ފާފަފުއްސަވައިދެއްވެވުމުންނެވެ. ވީމާ އަހުރެމެން ކުރަން އެންމެ މުހިންމު ކަމަކީ ﷲާފަތައް ފުއްސަވައިދެއްވަވާނެ ކަންކަމެވެ.
މައިމީހާއަށް ހެޔޮކޮށް ހިތަންވީ ސަބަބުތައް ވަރަށް ގިނައެވެ. ފާހަގަމިކުރީ އެސަބަބުތަކުގެ ތެރެއިންވެސް މުހިންމު ސަބަބެކެވެ. ދުޢާއަކީ އަހުރެންގެ ނަޞީހަތުގެ ފައިދާ ހުރިހާ މުސްލިމުންނަށްވެސް ކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން