މަޙްޝަރު ބިމަށް ދިގު މުއްދަތަކަށް އަރާނެ ބޮޑު ލޮޅުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 45ސ
މަޙްޝަރު ބިމަށް ދިގު މުއްދަތަކަށް އަރާނެ ބޮޑު ލޮޅުން-

ދެންފަހެ މިނަންގަތް ފޮތްތައް އެ رَسُول ބޭކަލުން ކިޔަވައިވިދާޅުވެ ނިމިއްޖެއްޔާއި މާގަދަ ނިދާއެއް މާހައިބަތުހުރި ގަދައަޑަކުން އިވިދާހުއްޓެވެ. وَامْتَازُوا الْيَوْمَ أَيُّهَا الْمُجْرِمُونَ މިބަސްފުޅުގެ معن އީ އޭ ނުލަފާކުށްވެރީންނޭވެ. ތިޔަބައިމީހުން تقواى ވެރިންނާ ވަކިވެގަންނާށެވެ. ދެންއެމީސްތަކުން އެތިބި محشر ބިމަށް މާގަދަހެލުންތަކެއް އަރައި ވަރަށް ބިރުވެރިކަން ބޮޑުވެދާހުއްޓެވެ. އެއިރު އެތަން އޮންނަހުށީ އިންސީންނާއި ޖިންނީންނާއި ملائكة ން އެންމެން އެއްވެ إمْتِزَاجُ ވެފައެވެ. ދެން އެތައްމުއްދަތަކަށް މިހެލުން ހެލިގެން ދެބައިމީހުން ވަކިވެދާހުއްޓެވެ. 

ދެން ނިދާއެއް އިއްވެވޭނެޔޭ. އޭ آدم ގެފާނެވެ. ކަލޭގެފާނުންގެ ދަރިކޮޅު މީސްތަކުން ކުރެ ނަރަކައަށް ފޮނުވުން حقّ ވެ ކަނޑައެޅުނު މީސްތަކުން ފޮނުވައިލާށެވެ. آدم ގެފާނުން ދަންނަވާހުއްޓެވެ. يَارَبِّ އެއީ ކިހާވަރަކަށްތޯއެވެ. وَحِى ކުރައްވާހުއްޓެވެ. އެއީކޮންމެހާހަކުން ނުވަސަތޭކަ ނުވަދިހަނުވަ މީހުންނެވެ. އެކަކު ސުވަރުގެއަށެވެ. ދެންފަހެ سَيِّدنا آدم ގެފާނުން محشر ބިންމަތީން ކާފަރުންނާއި دين އާއި މެދުގައި شَكّ ކުރާމީހުންނާއި تَوبَة ނުވެ ދުނިޔެއިން ނުކުތް ފާފަވެރިންނާއި ނަންގަވައި ވަކިކުރައްވައި ބައްލަވާއިރު ތިބޭހުށީ އެ عَدَدُ ހަމަވެފައެވެ. ދެން އެމީހަކު މަގުފުރައްދާން އުޅުނު شَيْطَان އަކާއި އެމީހަކާއިއެކު ކަސްތަޅު އެޅިދާހުއްޓެވެ. މިކަން މިހެންހިނގުމުން އެއުރެން ހަޅެއިލައި ގޮވާން ފަށައިފާ ހުއްޓެވެ. آدم ގެފާނުން އަހަރެމެންނަށް އަނިޔާކުރަނީއެވެ. ހައްތާކު އެނަގަނީ ކޮންމެހެން ނަގާކަށް ވީ މީހުނެއްނޫނެވެ. މިތާކު އެނަގާކަށްވީ ބައަކު ނެތެވެ.  

ދެން ގޮވާންފަށައިފާނެތެވެ. يَارَبَّنَا އެވެ. އާދަމުގެފާނުން އަނިޔާކުރައްވަނީއެވެ. އަޅަމެން ނަރަކައަށް ލެއްވުމަށް زَبَانِيَّ مَلاَئكَة ންނާއި حَوَالُ ކުރައްވަނީއެވެ. އަޅަމެން އެފަދަ ނަރަކައަކަށް ވައްދަވާހައި ފާފަތަކެއްކޮށްފައެއް ނުވަމުއެވެ. މާތްރަސްކަލާނގެ وحى ކުރައްވާހުއްޓެވެ. އަދަކީ އަނިޔާއެއްއޮތް ދުވަހެއްނޫނެވެ. ތިމަންސުވާމީންގެއީ حِسَاب ބެއްލެވުމަށް އަވަސްވެވޮޑިގެންވާ ކަލީމެވެ.  

ދެންފަހެ خلق ތަކުން ގެމި عَمَل  ތައްލިޔެވިގެންވާ ފަތް ނެރުއްވިދާހުށި. އެފަތުގައި خلق ތަކުން ކުޅަހައި عَمَل ތައް ކިތަންމެކުޑަ ކަމެއް ވިއަސް ބޮޑުކަމެއްވިއަސް އުނިއިތުރެއްނެތި ލިޔެވި قَرَار ވެގެން ވަނިކޮން އެންމެން ދެކޭހުއްޓެވެ. އެފަތުގައި އެމީހަކު ކުޅަ عمل އެއްލިޔެވި قَرار ވެ ފެންނާން ހުށީ އެމީހާޔަށް އެއްގޮތަކުންވެސް އެޔާއިމެދުގައި مُنْكِر ނުވެވޭނޭ ގޮތަކުންނެވެ. އަދި އެބިންމަތީގައި جَمَع ވެގެންވާހައި خلق ންނަށް ފެންނާނޭ މަގަކުންމެއެވެ. މިހެންވީމާ އެކަކުވެސް ފަތުގައި ހުރި އެއްޗަކާއި ދެކޮޅުވެ ދޮގެއް ހަދައގެން ނަމަވެސް مُنْكِر ވަކަށެއް ނުއުޅޭނެތެވެ. އަދި ކިއެއްތަ އެފަތާއި މެދުގައި عَجَائِبُ ވެގެން ވާހަކަ ދައްކާނެތެވެ.  

މިފަތުގެ ބޮޑުކަމުން مشرق އާއި مغرب އާއި ދެމެދުވާހުށީ ބެދިގެންނެވެ. މިއީ މިލިޔާ އާޔަތުގައި ކަނޑައެޅިގެންވާ ފަދައިންނެވެ. وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَٰذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا ۚ وَوَجَدُوا مَا عَمِلُوا حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا މި آية ގެ مَعْن އީ: އިންސާނުންކުޅަ عمل ތަކުގެ ފަތް ގެނެސް ބެހެއްޓި އެކިއެކި މީހުން ކޮށްފައިވާ عمل ތަކުގެ ފަތްތައް އެމީހުންގެ އަތަށް އަރައިމިކަންތައްވާ ހިނދުގައި ފާފަވެރީންތައް ކަލޭގެފާނު ދެކޭ ހުށީ އޭގައި އެހުރި ތަކެއްޗާއި ވަރަށް ބިރުގަނެގެން ތިބޭ حال އެއްގައެވެ. އަދި އެއުރެން ބުނާ ހުއްޓެވެ. އޭ އަހުރެމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. މިއީ ކޮންފަދަ ފަތެއް ހެއްޔެވެ. މިފަތުގައި އަހަރެމެންގެ عَمَلُ ތައްވެސް މިހުރީ ފެންނާށެވެ. އެއިރު އެމީހުން ކުޅަ عمل ތައް އެމީހުންގެ ކުރިމަތީގައި حَاضِرُ ވެގެން ވާހުއްޓެވެ. ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ހަމަ އެކަކަށްވިޔަސް އަނިޔާއެއް ނުކުރައްވާ ހުއްޓެވެ. ދެން އެކިއެކި މީހުންނަށް އެމީހުންގެ ނަމުން ގޮވި حِسَابُ ބެއްލެވޭން ފެއްޓިދާ ހުއްޓެވެ.  

އެހައިރުން އެމީހުންގެ މައްޗަށް އެމީހުންގެ ދެފަޔާއި ދެއަތް ހެކިދޭން ފަށައިފާ ހުއްޓެވެ. މިއީ، މިލިޔާ آية ގައި ބަޔާން ވެގެންވާފަދައިންނެވެ. يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا يَعْمَلُونَ  މި آية ގެ مَعْنى އީ: އެދުވަހު އެމީހުންގެ މައްޗަށް އެމީހުންގެ ދޫތަކާއި އަތްތަކާއި ފައިތައް ހެކިދޭނެއެވެ. އެމީހުން ކުރާ ކަމުގައިވި عمل ތައް އެތަކެތި بَيَان ކުރައްވާ ނެތެވެ. خبر ގައި ވާރިދުވެގެންވެޔޭ އެކިއެކި މީހުން މާތްރަސްކަލާނގެ حضرة އަށް ހިސާބު ބެއްލެވުމުގެ مقام ގައި قائم ކުރެއްވޭ ހިނދުގައި އެއަޅާ ކޮށްފައި ހުރި އުރެދުންތައް މާތްރަސްކަލާނގެ بَيَان ކުރައްވާނެއެވެ. އެމީހާ ދަންނަވާނެޔޭ ތިޔަހުރީ މިއަޅާކުޅަކަން ތަކެއްނޫނެވެ. ދެން އެމީހާގެ عَمَل ތައް ލިއުއްވި މަލާއިކަތުން އެމީހާގެ މައްޗަށް އެކަންކަން ކުޅަކަމަށް ހެކި ދެއްވައިފާނެއެވެ. ދަންނަވާނެޔޭ އެބެއިކަލުންވެސް އެހައްދަވަނީ ދޮގެވެ. ދެން އެތައް جَدَل އެއްކުރާންފަށާނެއެވެ.  

އެއީ މި آية ގައި ބަޔާންވެގެންވާ ފަދައިންނެވެ. يَوْمَ تَأْتِي كُلُّ نَفْسٍ تُجَادِلُ عَن نَّفْسِهَا މި آية ގެ معن އީ: އެދުވަހަކީ ކޮންމެ نفس އެއްމެ އެ نفس އެއްގެ ފަރާތުން جَدَل ކުޅައުމަށް އަންނާނޭ ދުވަހެވެ. ދެން އެއުރެންގެ އަނގަ ބަންދުވެދާނެ އެވެ. މިއީ މިލިޔާ އާޔަތުގައި ބަޔާން ވެގެންވާ الْيَوْمَ نَخْتِمُ عَلَىٰ أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا يَكْسِبُونَ މި آية ގެ معنى އީ: ތިމަންސުވާމީންގެ އެއުރެންގެ އަނގަތައް ބަންދު ކުރައްވާނޭ ދުވަހުން ތިމަން ސުވާމީންގެ އާއި ވާހަކަ ދައްކާހުށީ އެއުރެންގެ އަތްތަކެވެ. އެއުރެން ކުލަހައި ކަންތަކަށް އެއުރެންގެ ފައިތައް ހެކިވާ ހުއްޓެވެ. ދެންފަހެ އެއުރެންގެ ގުނަންތައް އެއުރެންގެ މައްޗަށް ހެކިވުމުން އެއުރެން ނަރަކައަށް ގެންދިއުމަށް އަމުރުކުރެވިދާ ހުށި. ދެން އެމީހާ އެމީހާގެ ގުނަންތަކަށް މަލާމަތްކޮށް އުޅޭނެއެވެ. އެތަކެތި ބުނާހުއްޓެވެ. އަހަރެމެންގެ ކިބައަށް ވާހަކަ ދެއްކޭނޭ ބާރު މާތްރަސްކަލާނގެ ދެއްވިއިރުން އަހަރެމެން ވާހަކަ ދެއްކީތާއެވެ. ކަލޭގެ ފާފަތައް ކޮށް އުޅުނުއިރުވެސް އަހަރެމެން ތިބީ ނާޗާރުގައެވެ. ކުރާނޭ އެއްވެސް ކަމެއްނެތިގެން ހިތާމައިގައެވެ. އެއިރު އަހަރެމެންވަނީ ކަލޭގެ ކިޔަމަން ދަށުގައި ލައްވާފައެވެ. ކަލޭގެ ކުރިމަތިގައި شَريعة އޮވެފައި ކަލޭގެއަށް ބުއްދިދެއްވާފައިވެއެވެ. ކަލޭގެ تبع ވީ ކަލޭގެއަށް ނުބައިހާ ކަންތަކަށް ގޮވާ هَوانفس އަށާއި شَيْطَان އާއަށެވެ. މިއީ މިލިޔާ آيَة ން ދޭހަވާ މާނައެވެ. أَنطَقَنَا اللَّهُ الَّذِي أَنطَقَ كُلَّ شَيْءٍ 

- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން-

މިއަދު އޮންލައިން