ބާރުގަދަ ޒުވާނުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާކަމަށް އޮތް ޙަދީޘްފުޅުގ މާނަ ހަމައެކަނި ގައިބާރާ ގުޅުވާލައިގެން ކަމަކުނުދާނެއެވެ. އެބަސްފުޅުގެ މާނަ ވަނީ އެތައް ކަމަކާއި ގުޅިފައެވެ.
އެގޮތުން މިއަދު ދުނިޔޭގައިތިބި ޒުވާނުންގެ ތެރެއިން އެންމެ ބާރުގަދަ ޒުވާނުންކަމަށް އަހަރެން ޤަބޫލުކުރަނީ ސޯޝަލް މީޑިއާގެ ބޭނުން ޙަލާލް ގޮތުގައި ހިފައި ސޯޝަލް މީޑިއާގައި ޙަރާމްކަންކަން ނުކުރާ ޒުނާނުންނެވެ. ހިތާމައަކީ އެފަދަ ޒުވާނުން މަދުތަމެވެ.
ނިޞްބަތުން ޢަދަަދު މަދުވެދާނެއެވެ. ނަމަވެސް އެޒުވާނުންނަކީ އެންމެ ވަރުގަދަ މުޖާހިދުންނެވެ. ޘާބިތުކަމާއިއެކު ﷲ ތަޢާލާގެ މަގުގައި ކުރިއަށްދިއުމަށް ޖިހާދުކުރާތީއެވެ. މާތް ﷲ ގެ ޙަޟްރަތުގައި އެޒުވާނުންނަށްވަނީ އެންމެ މަތިވެރި ދަރަޖައެވެ. އިން ޝާ ﷲ
މިހާރު ދުނިޔޭގެ އާބާދީ މިވަނީ 7.5 ބިލިއަނަށް އަރައިފައެވެ. އެއިގެ ތެރެއިން 4.5 މިލިއަންހައި މީހުން ސޯޝަލް މީޑިއާ ބޭނުންކުރެއެވެ. އަދި އެއިގެ ތެރެއިން 3.9 މިލިއަން މީހުންނަށް ތިބީ ސޯޝަލް މީޑިއާ ބޭނުންނުކޮށް ނުއުޅެވޭނެ ވަރަށް އެކަމަށް ދެވިހިފައިފައެވެ.
ކޮންމެކަމެއްގައިވެސް ﷲ ތަޢާލާގެ ފަރާތަކާއި އިބިލީހުގެ ފަޅިއެއް އޮންނާނެއެވެ. އެގޮތުން ސޯޝަލްމީޑިއާގައިވެސް ދެފަޅިއެއް އޮވެއެވެ. އެއީ ﷲ ތަޢާލާގެ ދީން މަތިވެރިކުރުމަށާއި ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ގޮތަށް، ހުއްދަކުރައްވަވާފައިވާ ކަންކަމަށް ސޯޝަލް މީޑިއާ ބޭނުންކުރުމެވެ. އަދި އިބިލީސް ބޭނުންވާ ގޮތަށް އިބިލީސް ބޭނުންވާ ކަންކަމަށް ސޯޝަލްމީޑިއާ ބޭނުންކުރުމެވެ. އެމީހަކު ބޭނުންވާ ފަޅިއެއް އިޚްތިޔާރުކުރުމުގެ ބާރު ﷲ ތަޢާލާ ވަނީ މީސްތަކުންނަށް ދެއްވަވައިފައެވެ. ނަރަކަ އާއި ސުވަރުގެއިން ބޭނުންތަނެއް އިޚްތިޔާރުކުރުމުގެ ބާރު ދެއްވވާފައިވާތީއެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން