ދޮގަކީ އިންސާނާގެ ހަލާކުކަމަށް ބުނާ ބުނުމާއި ދެކޮޅުހަދާ މީހަކު ނެތެވެ. އެކަމަކު ގިނަވަމުން މިދަނީ ދޮގުހަދާ މީހުންނެވެ. އެކަމުން މިފެންނަނީ ކޮންކަމެއް ހެއްޔެވެ؟ ޖަވާބުލިބޭތޯ ކުރިއަށް ދަމާ ހިނގާށެވެ!
އަހަރެމެންނަކީ މުއްމިނުން ކަމުގައި ވުމަށްޓަކައި ދުރުހެލިވާންޖެހޭ 2 ސިފައެއް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއީ ޚިޔާނާތްތެރިވުމާއި ދޮގުހެދުމެވެ.
މިޙަދީޘްފުޅުގައި ދޮގުހަދާމީހާ ކަމަށް ބަޔާންކުރައްވަވާފައި އެވަނީ ވާހަކަދެއްކުމުގެ ތެރޭގައި ޙާލަކުން ފަހަރަކު ދޮގުހަދާ މީހުންނެއް ނޫނެވެ. އެއީ ދޮގުހެދުމަކީ އެމީހުންގެ އާދައަކަށް ހަދާފައިވާ މީހުންނަށެވެ. ވީމާ މިއީ ވަރަށް ނުރައްކައތެރިކަން ބޮޑު ކަމެކެވެ.
މިޙަދީޘްފުޅަށްވެސް ބަލާށެވެ. އެނގިގެންދަނީ މުއުމިނެއްގެ ގައިގައިވެސް ނުބައި ސިފައެއް ހުރެދާނެކަމާއި ނަމަވެސް ދޮގުހަދާ މީހަކަށް މުއްމިނަކަށް ނުވެވޭނެކަމެވެ.
A BELIEVER (Mumin) CANNOT be a LIAR !!!
Malik related to me that Safwan ibn Sulaym said, "The Messenger of Allah, may Allah bless him and grant him peace, was asked, 'Can the mumin be a coward?' He said, 'Yes.' He was asked, 'Can the mumin be a miser?' He said, 'Yes.' He was asked, 'Can the mumin be a liar?' He said, 'NO.' "
Muwatta Malik USC-MSA web (English) reference : Book 56, Hadith 19 Arabic reference : Book 56, Hadith 1832
މީގެ އިތުރުން އެމީހެއްގެ ރޯދަ ޤަބޫލުފުޅު ނުކުރައްވަވާ ޢަމަލުތަކުގެ ތެރޭގައިވެސް ދޮގުހެދުން އެބަހިމެނެއެވެ.
Narrated Abu Huraira:
The Prophet (ﷺ) said, "Whoever does not give up false statements (i.e. telling lies), and evil deeds, and speaking bad words to others, Allah is not in need of his (fasting) leaving his food and drink."
Reference : Sahih al-Bukhari 6057
އެބިގެން މިދަނީ ދަގުހަދައި ނުބައި ބަސްތައް ބުނާ މީހުން ރޯދަހިފަން ނުކައި ހުރިނަމަވެސް އެމީހާ ރޯދަހިފިކަމަށް ނުވާނެކަމެވެ. އޭނާގެ ޢަމަލު ﷲ ތަޢާލާ ޤަބޫލްފުޅު ނުކުރައްވަވާނެ ކަމެވެ.
މިހާ ސާފުކޮށް ކަންކަން އެނގެން އޮތްއިރުވެސް ހިތާމައަކީ ދޮގުހެދުން ޢާންމުވެފައިވާވަރުން އެއީ ފާފައެއްކަމަށްވެސް ގިނަބައަކަށް ޤަބޫލުނުކުރެވޭކަމެވެ. އެހައި ބޮޑަށް ދޮގުހެދުން ޢާންމުވެފައިވާ ކަމެވެ.
އަދިވެސް އިތުރުކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވާނަމަ ނުވަތަ ދެމަފިރިންގެ ތެރެއިން އެކަކު ނަމަވެސް ޚިޔާނާތްތެރިވާނަމަ އޭނާ ކޮންމެ ދުވަހަކު އެތައް ފަހަރަކު ދޮގުހަދާނެކަމެވެ. އެއިރުން އެމީހާ ފެތިގެން އެދަނީ އަބަދު ދޮގުހަދާމީހުންގެ ގޮޅިއަށް ނޫންހެއްޔެވެ؟ ވީއިރު އޭނާގެ މުއްމިންކަން ކޮބައިހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހޭލުންތެރިވާށެވެ! ދޮގުހެދުމަކީ ތައުބާވާންޖެހޭ ބޮޑު ފާފައެކެވެ. އަޅާނުލައި ހުރެގެންވާން އޮތް ކުޑަކުޑަކަމެއް ނޫނެވެ. ވީމާ އަވަހަށް ތައުބާވާށެވެ! ދޮގުހެދިފައިވާ މީހުންގެ ކިބައިން މާފަށް އެދޭށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން