ދަމުނަމާދު ނުކުރެވެނީ ނުހޭލެވިގެންކަމަށްވާނަމަ ޢަމަލުކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ދަމުނަމާދު ނުކުރެވެނީ ނުހޭލެވިގެންކަމަށްވާނަމަ ޢަމަލުކުރަން އޮތް ގޮތް-

އިބްރާހީމް ބުން އަދްހަމް ރަޙިމަހުﷲ އަރިހުގައި މީހަކު ސުވާލުކުރިއެވެ. 

"(ހޭލަން ބޭނުންވިނަމަވެސް) އަޅުގަނޑަކަށް ދަމުނަމާދަކަށް ނުހޭލެވެއެވެ. މިކމުގެ ޙައްލެއް އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ."  

ޖަވބުގައި ވިދާޅުވިއެވެ. "ދުވާލުގައި ﷲ ތަޢާލާއަށް އުރެދުން ތިބާ ދުކޮށްލާށެވެ! އެއިރުން ރޭގަނޑު ﷲ ތަޢާލާއަށް ކުއްތަންވުމުގެ ފުރުޞަތު ﷲ ތަޢާލާ ތިބާއަށް ދެއްވަވާނެތެވެ! ހަމަކަށަވަރުން ރޭގަނޑު ތިބާ އެއިލާހުގެ ޙަޟްރަތަށް ކުއްތަންވުމަކީ ވަރަށް މަތިވެރި ޝަރަފެކެވެ. އުރެދޭ މީހަކަށް އެ ޝަރަފް ޙައްޤުވެގެނެއް ނުވެއެވެ."  

މިއީ ވަރަށް ޢިބްރަތްތެރި ބަސްފުޅެކެވެ. އެހެނީ ދަމުނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަންބޮޑު އަދި ލޮބުވެތިކަންވެސް ބޮޑު ނަމާދެވެ. އެނަމާދުކުރުމަކީ ﷲ ތަޢާލާއަށް އުރެދި ފާފަތައްކުރާ އަޅުންނަށް ޙައްޤުވެގެންވާ ޝަރަފެއް ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން