ބާރުލިބިގެންތިބެވެސް މުސްލިމުން ބަލިކަށިވެ ނިކަމެތިވަމުންމިދާ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ބާރުލިބިގެންތިބެވެސް މުސްލިމުން ބަލިކަށިވެ ނިކަމެތިވަމުންމިދާ ސަބަބު!

ކޮންމެ ދުވަހަކުހެން ޚަބަރުތަކުން މިފެންނަނީމުސްލިމުންގެ ކޮންމެވެސް ބައެއްގެ ބޮލަށް އަޅައި ޝަހީދުކުރަމުން ގެންދާ ވާހަކައެވެ. މުސްލިމް އުންމަތް އޮތީ އިންތިހާއަށް ބޮޑު ކަންބޮޑުވުމެއްގައެވެ. މާދަން ބޮންއަޅާނީ ކޮންބައެއްގެ ބޮލަށްކަން ނުއެނގޭތީއެވެ. މިފަދަ ބޮޑު ނިކަމެތިކަމެއް މުސްލިބިފައި މިއޮތް ސަބަބާއިމެދު ވިސްނާ މީހަކަށް ތިރީގައިވާ ލިޔުން ފުދޭނެއެވެ. އިން ޝާ ﷲ  

ރޯމަނުންނާއި ހަނގުރާމައަށް ވަޑައިގެން ހުންނަވައި، ލަޝްކަރުގެ އަމީރަކަށް ހުންނަވައި، މުސްލިމުންގެ ލަޝްކަރު ރޭގަނޑު ނިދުމުން އަމިއްލަފުޅަށް އަހަށް ސަވާރުވެވަޑައިގެން ރޯމަނުންގެ ލަޝްކަރު ކައިރިއަށް ސިއްރިޔާތުގައި ވަޑައިގެން އެމީހުން ކުރާ ކަންކަން ބައްލަވައެވެ. ލަޝްކަރު ރުކުރުވާލަން ކުރާ ކަންކަން ބައްލަވައެވެ.  

އެކަން މުސްލިމުންނަށް އެނގުމުން ޚާލިދު ބިން ވަލީދަށް ދެންނެވިއެވެ. "ގިނިކަންޏާ ވަޑައިނުގަންނަވާށެވެ. އެމީހުން ކަލޭގެފާނަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ޝަހީދުވެސް ކޮށްފާނެއެވެ." 

ޚާލިދް ބިން ވަލީދު ދެއްވި ޖަވާބު އެނގޭހެއްޔެވެ؟ "ކާފިރަކާއި މުސްލިމެއްގެ ހުރި ތަފާތަކީ މަރުވެފައިވާ މީހަކާއި ދިރިހުރި މީހަކާއި ހުރިތަފާތުކަމަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅުކުރެއްވެވި އަޑު ނުއަހަމުހެއްޔެވެ؟ މަރުވެފައި ތިބި 60،000 މީހުންނަށް ދިރިހުރި މީހަކަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟"  

އަހުރެންގެ ސުވާލަކީ މުސްލިމުންގެ ކިބައިގައި ހުންނަންޖެހޭ މިހިތްވަރާއި ޘާބިތުކަން މިއަދު ކޮބައިހެއްޔެވެ؟ މުސްލިމުންނަށް މިއަދު މިތިބީ ކީއްވެފައިހެއްޔެވެ؟ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅު އެނގޭއިރު ހަމައެހަދީޘްފުޅުން ލިބެންޖެހޭ ޘާބިތުކަން މިއަދު ކޮބައިހެއްޔެވެ؟

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން  

ޝައިޚް ފާހަގަކުރައްވާފައި އެވަނީ މުސްލިމުންގެ ލަޝްކަރުތަކުގައި ބާރުހުރިނަމަވެސް އަދި ޤާބިލްކަން ހުރިނަމަވެސް ދުޝްމިނުންގެ ކުރިމަތީގައި ކުޑަކަކޫ ޖަހަގައިގެން ތިބޭތީ އެކަން ކަމުގައި ފާހަގަކުރެވެއެވެ. އަދި މުސްލިމުން މުސްލިމުންގެ ގޮތުގައި ތިބެގެން ކުރިމަތިލައިފިނަމަ ކާމިޔާބުކުރެވޭނެކަން ކަމުގައިވެސް ޤަބޫލުކުރެވެއެވެ.

މިއަދު އޮންލައިން