ޝައިޠޯނުންތައް ގިނަވެ ވަށާލައިފި! މިއީ އެޝައިޠޯނުންގެ ކިބައިން ސަލާމަތްވެ ހުންނަން ގިނަގިނައިން ކުރަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ޝައިޠޯނުންތައް ގިނަވެ ވަށާލައިފި! މިއީ އެޝައިޠޯނުންގެ ކިބައިން ސަލާމަތްވެ ހުންނަން ގިނަގިނައިން ކުރަންޖެހޭ ކަމެއް!

ޝައިޠޯނުންތައް ފައްސައި ދުރަށް ނުލެވޭނަމަ ކުރިމަތިވާނީ ކޮންކަމެއްކަން ޚިޔާލަށްވެސް ނުގެނެވޭނެއެވެ. ހަމައެކަނި ފާފަކުރުވާނީއެއްވެސް ނޫނެވެ. ދިރިއުޅުމަށްވެސް ބޮޑެތި ގެއްލުންތައް ދޭނެއެވެ. ޖިންނީންނާއި އިންސީންގެ ތެރެއިންވާ ޝައިޠޯނުންތަކުގެ ކިބައިން ސަލާމަތްވެ ތިބެން އަންގަވާފައި އެވަނީ އެފަދަ އެތައް ސަބަބުތަކަށްޓަކައެވެ.  

ދުނިޔޭގައި އިންސާނުން ގިނަވާވަރަކަށް ޝައިޠޯނުންވެސް ދާނީ ގިނަވަމުންނެވެ. ކޮންމެ އިންސާނަކާއިއެކުގައި މަލާއިކަތުންވެސް ލައްވަވާ ފަދައިން ޝައިޠޯނުންވެސް ލައްވަވާތީއެވެ. އަދި އިންސާނުންގެ ތެރެއިންވެސް ބައަކު ޝައިޠޯނުންނާއި ގުޅި ޝައިޠޯނުންނަށް ވާގިވެރިވާތީއެވެ.  

މިޙާލަތުގައި އެންމެންނަށްވެސް މިވަނީ ޝައިޠޯނާގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރަންޖެހިފައެވެ. ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

"ހިނގާފައި ދަނިކޮށް އަޅުގަނޑުގެ ފަހަތުން އެއްޗެތި ގޮވަމުން އަންހެނަކު އަންނަނީއެވެ. ފުރަތަމަ ގޮވަމުން އައީ ފާހިޝް ވާހަކަތަކެކެވެ. އެނބުރި ބަލައިވެސް ނުލުމުން ދެން ގޮވަންފެށީ އަޅުގަނޑު އެންމެ ނުރުހޭނެ އެއްޗެއްސެވެ.  

އެއަޑަކީ އަޅުގަނޑަށް އެނގޭ އަޑެކެވެ. ވަރަށް ގާތް އަންހެނެއްގެ އަޑެވެ. އޭނާއަކީ އެފަދަ ބަހެއް ދުވަހަކުވެސް އަޅުގަނޑާއި ދިމާއަށް ބުނި އަންހެނެއް ނޫނެވެ! އެހެންވެ އޭނާ އެގޮތަށް ކަންތައްކުރާތީ އެއީ ހަމަ އޭނާކަން ޔަޤީންކޮށްލުމަށް އެނބުރި ފަހަތް ބަލައިލީމެވެ. ކަމަކުދާކަށް ނެތެވެ. ފަހަތުގައި ހުރި އަންހެނަކީ އެއަޑުގެ ވެރިޔާއެއް ނޫނެވެ.  

އެހެންކަމުން މިވަނީ ވަރަށް ބޮޑު ގޯހެއްކަން ވިސްނިއްޖެއެވެ. އަދި އެއީ ޝައިޠޯނެއްކަން ޔަޤީންކުރެވުމާއިއެކު ވަރަށް ބާރަށް އައޫޛް ކިޔަން ފެށީމެވެ. ކިޔަންފެށުމާއިއެކު އެޝައިޠޯނާގެ ފައިންފެށިގެން މައްޗަށް ވިރެމުން އައިސް އެކުގައި ވިރިހުސްވެއްޖެއެވެ."  

މިއީ ފަތިސްވަގުތާއި ވަރަށް ގާތްވެފައިވަނިކޮށް މިއަދުނޫހަށް ވަރަށް އިތުބާރުކުރެވޭ މީހަކަށް ފެނުނު ހުވަފެނެކެވެ. ﷲ ތައާލާގެ މަގުގައި އުޅެން މަސައްކަތްކުރާ ހެޔޮލަފާ މީހުންނަށް ފެންނަ މިފަދަ ހުވަފެންތަކަކީ ޢިބްރަތެވެ. އެއީ ހުވަފެނެކެވެ. ޝައިޠޯނާ ފައްސަންވެސް ޝައިޠޯނާ ބަލިކަށިކުރަންވެސް ކުރަން އޮތް ކަމަކީވެސް އަޢޫޛް ކިޔުމެވެ. ވީމާ އެ ހުވަފެނުގައި ވަރަށް ބޮޑު ޙަޤީޤަތެއްވާކަމަށް ޤަބޫލުކުރެވެއެވެ.  

މީސްތަކުން މިއަދު މިތިބަ ޙާލަތުން ސަލާމަތްވުމަށް މިވަނީ މަސައްކަތްތަކެއް ކުރަންޖެހިފައެވެ. ޢިލްމުވެރިން ގެންދަވަނީ ޝައިޠޯނާގެ ކިބައިން ސަލާމަތް ވުމަށް ކޮންމެ ދުވަހަކު ކިޔުނުހައި ގިނައަކުން އަޢޫޛް ކިޔުމަށް އިލްތިމާސް ކުރައްވަމުންނެވެ. އެއީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.

ޝައިޠޯނާގެ ކިބައިން ސަލާމަތްވުމަށް ގިނަގިނަގިނައިން އަޢޫޛް ކިޔާށެވެ!

މިއަދު އޮންލައިން