ކައިވެނި ދެމެހެއްޓޭނީ އަނބިމީހާގެ ރަދީފުން ވަޤުތުގެ މާނަކޮށްގެން!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކައިވެނި ދެމެހެއްޓޭނީ އަނބިމީހާގެ ރަދީފުން ވަޤުތުގެ މާނަކޮށްގެން!: ޑރ. ޔާސިރު ޤާޟީ

ބައެއް ފިރިހެނުންނަށް ވިސްނެނީ ގެއިން ކައިބޮއި ފެންވަރައި އަދި ނިދާހަދާނަމަ އެއީ އަނބިމީހާއަށް ވަޤުތު ދެވެނީ ކަމަށެވެ. އެއީ ބަހުގެ ރަދީފުން ވަޤުތުގެ މާނަ ބަލާތީއެވެ. އަނބިމިހާގެ ރަދީފްގައި ވަޤުތުގެ މާނަ މުޅިން ތަފާތުވާނެއެވެ.  

އަނބިމީހާގެ ރަދީފުފައި ވަޤުތުގެ މާނައަކީ އަނބިމީހާއަށް ސަމާލުކަންދީގެން އެކުގައި ހޭދަކުރާ ވަޤުތެވެ. ގޭގައި ކުރިން މިބުނި ފަދައިން ހޭދަކުރާ ވަޤުތަކީ ވަޤުތު ކަމަކަށް އަނބިން ނުދެކޭނެއެވެ.  

އަނބިން އެމީހުންނަށް ވަޤުތުނުދޭވާހަކަ ދެއްކީމާ ގިނަފިރިން ބުނާނީ ތިމަންނަ ގޭގައި ދުވާލަކު މިތައްގަޑިއިރު ހޭދަކުރާކަމަށެވެ. އެބުނަނީ ކައިބޮއިހަދަން، ފެންވަރަން، ނިދަން ގޭގައި ހޭދަކުރާ ވަޤުތުގެ ވާހަކައެވެ. މިއީ އަނބިމިހާއަށް ދިން ވަޤުތުކަމަކަށް އޭނާ ޤަބޫލެއް ނުކުރާނެއެވެ.  

ނިދަނީ އެކުގައި ކަމަށްވެދާނެއެވެ. އެކަމަކު މިވާގޮތަކީ ގެއަށް ދެވެނީ އަނބިމީހާ ނިދާފަހުންނެވެ. ގޮސް އެނދުގެ އަނެއްފަޅީގައި އޮށޯވެ ނިދަނީއެވެ. އެގޮތަށް ނިދާފައި 10 ގަޑިއިރު އޮތިއްޔާ އެއީ އަނބިމިހާއަށް ދިން ވަޤުތުކަމަށްވާނެ ހެއްޔެވެ؟ ނުވާނެއެވެ. ހޭލެވޭއިރަށް ތެދުވެ ފެންވަރައި ސައިބޮއިހަދައިގެން ނުކުމެގެން ދިއައިމަ އަނބިމީހާއަށް އެދެވުނީ ކޮން ވަޤުތެއް ހެއްޔެވެ؟  

އެކުވެރިންނޭވެ! ހަފްތާގެ 5 ދުވަހު ނުވަތަ 6 ދުވަހު އަވަދިނެތި މަސައްކަތްކުރަނީއެވެ. އެމީހަކު ކުރަންޖެހޭ މަސައްކަތެއް ކުރަންވާނެއެވެ. ނަމަވެސް ލިބޭ އެންމެ ދުވަހަކުވެސް އަނބިމީހާ އެޑޭފަދައިން އަނބިމީހާއަށް ވަޤުތުކޮޅެއް ދޭށެވެ. އެހެން ހުރިހާ ކަމެއް ދުރުގައި ބަހައްޓާފައި ހަމައެކަނި އަނބިމީހާއަށް ސަމާލުކަންދީގެން ވަޤުތުކޮޅެއް ހޭދަކުރާށެވެ. އެކަމުގެ ފައިދާ ހުރިހާ ގޮތަކުންވެސް ފެންނާނެއެވެ. އިން ޝާ ﷲ

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން