ރަމަޟާން މަހު އުޑުމަތިން އަމާންކަން އިޙްޞާޞްކުރެވޭތަ؟ ސަބަބަށް ވިސްނައި ފައިދާ އެބަ ލިބިގަންނަންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ރަމަޟާން މަހު އުޑުމަތިން އަމާންކަން އިޙްޞާޞްކުރެވޭތަ؟ ސަބަބަށް ވިސްނައި ފައިދާ އެބަ ލިބިގަންނަންތަ؟

ވިސްނާ މީހަކަށް ރަނގަޅަށް އެނގޭނެއެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހުވެސް އުޑުމަތިން  ވަރަށް ބޮޑު އަމާންކަމެއް އިޙްޞާޞްކުރެވޭނެއެވެ. މުޅި ރަމަޟާން މަހުގައިވެސް އެކަން އިޙްޞާޞް ކުރެވޭނެއެވެ. ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟

އަހުރެންގެ ވިސްނުމުން އެއީ ރަމަޟާން މަހަށްޓަކައި ﷲ ތަޢާލާ ބޮޑެތި ޝައިޠޯނުންތައް ކަސްތޮޅު އަޅުއްވަވާތީއެވެ. ކަސްތޮޅު އެޅުއްވެވުމުން ދުނިޔެތެރޭގައި އެއެއްޗެއްސަށް ޙަރަކާތްތެރި ނުވެވޭތީއެވެ.  

މީސްތަކުންނޭވެ! ﷲ ތަޢާލާ ބޮޑެތި ޝައިޠޯނުންތައް ކަސްތޮޅު އެޅުއްވެވިނަމަވެސް ކުދިކުދި ޝައިޠޯނުންތައް އުޅޭނެއެވެ. އިންސީންގެ ތެރޭގައި ހިމެނޭ ޝައިޠޯނުންތައްވެސް އުޅޭނެއެވެ. އަބަދުވެސް އެންމެ ނުރައްކައުތެރިކަންބޮޑީ އިންސީންގެ ތެރޭގައި ހިމެނޭ ޝައިޠޯނުންގެއެވެ. ވަސްވާސްދޭނެއެވެ. ނުބައި ޢަމަލުތައް ކުރުވަން މަސައްކަތްކުރާނެއެވެ.  

އާދޭސްކޮށްފައި ބުނަމެވެ! ރަމަޟާން މަހުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަން މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ލިބެން އޮތް އެންމެ ގިނަ ޢަދަދަކަށް ޘަވާބު ހޯދައި ނަރަކައިން ސަލާމަވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އެކަން ކުރަން ބޭނުންވާ މީހާ މިހާރުންސުރެ އިންސީންގެ ތެރޭގައި ހިމެނޭ ޝައިޠޯނުންނާއި ދުރުހެލިވެ ވީހައި ގިނައިން އަޅުކަންކުރަން މަސައްކަތްކުރާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން