އުޅެންޖެހިފައިވާ ދަތިޙާލުގެ ވާހަކަވެސް އަދި ފުދިގެންހުރި ވާހަކަވެސް ކޮންމެ މީހަކަށް ޙިއްޞާކުރަން ހެޔޮނުވާނެ! ގިނަ މީހުންނަށް ޖެހެނީ ކަރުނައަޅަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އުޅެންޖެހިފައިވާ ދަތިޙާލުގެ ވާހަކަވެސް އަދި ފުދިގެންހުރި ވާހަކަވެސް ކޮންމެ މީހަކަށް ޙިއްޞާކުރަން ހެޔޮނުވާނެ! ގިނަ މީހުންނަށް ޖެހެނީ ކަރުނައަޅަން!

ޢާންމުގޮތެއްގައި ދިރިއުޅުމުގައި ކުރިމަތިމިވަނީ ދެ ޙާލަތެކެވެ. އެއް ޙާލަތަކީ ދަތިޙާލެއްގައި އުޅެން ޖެހުމެވެ. ދެވަނަ ޙާލަތަކީ ލިބޭ މިންވަރުން ފުދިގެން ދިރިއުޅެވުމެވެ. މިދެޙާލަތުގައިވެސް ކޮންމެކޮންމެ މީހެއްގެ ގާތުގައި އެކަމުގެ ވާހަކަ ނުދައްކާށެވެ! ސަބަބު މިބުނަނީއެވެ.

ދަތިޙާލެއްގައި އުޅެން ޖެހިފައިވާކަން އެނގިއްޖެނަމަ ނުބައި ވަސްވާސްތައް ދީގެން މަގުފުރައްދުވާނެ މީހުން ވަރަށް ގިނަވާނެއެވެ. ވަރަށް ފަސޭހައިން އަތްމަތި ތަނަވަސްވާނެ ގޮތް ކަމަށް ބުނެ ވަސްވާސްދޭނީ ފާފަކުރުމަށެވެ. އެވަސްވާސްތަކަށް ހެއްލެވިއްޖެނަމަ ފަހަރެއްގައި އަތަށް ފައިސާކޮޅެއް އަރައިވެސްފާނެއެވެ. ނަމަވެސް އެއިން ކުރާނެ ފައިދާއަށްވުރެ ބޮޑުވާނީ ލިބޭނެ ގެއްލުމެވެ. އާޚިރަތްވެސް ގެއްލިގެންދާނެތީއެވެ.  

ދެން އޮތީ ފުދިގެން އުޅެވުމެވެ. އެކަން އެނގުނީމާ ގިނަ މީހުން ވާނީ ޙަސަދަވެރިއެވެ. ޙަސަދަވެރިކަން ބަދަލުވާނީ އެސްފީނާއަށެވެ. ޚާއްޞަކޮށް ތިމާއަށް ލިބެން އުޅޭ ތަނަވަސްކަމެއް ނުވަތަ ކުރިއެރުމެއްގެ ޥާހަކަ ދައްކަން ހެޔޮނުވާނެއެވެ.  

ވާހަކަ ދެއްކުން މިއަދު މާނަކުރަންޖެހޭނީ ބައްދަލުވެ އަނގައިން ދައްކާ ވާހަކައަށް އެކަންޏެއް ނޫނެވެ. ސޯޝަލް މީޑިއާގައި ހާމަކުރެވޭ ކަންކަމަކީވެސް ހަމަ ޥާހަކަދެއްކުމެވެ. އަދި އެއީ މާބޮޑަށް ބިރުގަންނަން ޖެހޭ ކަމެކެވެ. މީހެއްގެ ގާތުގައި ވާހަކައެއް ބުނުމުން އަޑުއިވޭނީ އެކަކަށެވެ. ސޯޝަލްމީޑިއާގައި ހާމަކުރުމުން އެތައްހާސްބައަކަށް އެކަން އެނގޭނެއެވެ. އެއިގެ ތެރޭގައި އެމީހުންގެ ޙަޤީޤަތް ތިބާއަށް ނުއެނގޭ އެތައް ހާސް ބައަކުވެސް ތިބޭނެއެވެ. ވީމާ އެކަމުގެ ނުރައްކާ މާބޮޑެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން