ރަމަޟާން މަހު ގިނަ ބައަކު ކުރިއާލައި މިސްކިތަށްގޮސް ފަތިސްނަމާދުގެ އިހު ސުންނަތް ކުރެއެވެ. އެކަމަކު ރަމަމާން މަސް ނިމުމުން ސަތޭކައަކުން ކިތައް މީހުންނަށް އެކަމަށް ސަމާލުކަންދޭބާވައެވެ!
ލޮބުވެތި އެކުވެރިންނޭވެ! ފަތިސްނަމާދުގެ އިހުސުންނަތް އެއީ ރަމަމާން މަހަށް ޚާއްޞަ އަޅުކަމެއް ނޫނެވެ. އެއީ ދުނިޔޭގައި ހުރި ކޮންމެ ދުވަހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭން އޮތް ނަމާދެކެވެ. ދަލީލުތައް މިހުރީއެވެ.
ދަތުރުފުޅެއްގެ މަތީގައިވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ފަތިސްނަމާދުގެ އިހު ސުންނަތް ދޫކޮށެއް ނުލައްވަވައެވެ.
Narrated from Abu Qatadah (may Allah be pleased with him) that the Prophet (peace and blessings of Allah be upon him) prayed the regular Sunnah prayer of Fajr when travelling .
IslamQA
ޢާއިޝަތުގެފާނުގެ ބަސްފުޅުން އެނގެން އޮތް ގޮތުގައި ރަސޫލް ﷺ އެންމެ ބޮޑަށް ސަމާލުކަން ދެއްވެވި ނަމާދަކީ ފަތިސްނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތެވެ. އެއަށްވުރެ ބޮޑަށް ސަމާލުކަން ދެއްވެވި ނަމާދެއް ފެނިވަޑައިގެންފައިނުވާކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
"މީސްތަކުން ޣަނީމާ މުދައު ލިބިގަތުމަށް" އަވަސްވާވަރަށްވުރެ ރަސޫލް ﷺ އެނަމާދަށް އަވަސްވެވަޑައިގަންނަވާކަމަށް ވެސް ޢާއިޝަތުގެފާނުވަނީ ވިދާޅުވެފައެވެ. މިބަސްފުޅުގެ މުރާދަކީ ދުނިޔޭގެ ހުރިހާ އެދުމެއްގެ ކުރިއަށް އެނަމާދު ނެރުއްވަވާ ކަމެވެ. އަދި އެއީ އެނަމާދާއިމެދު އަހަރެމެންވެސް ޢަމަލުކުރަންޖެހޭނެ ގޮތް ކަމެވެ.
އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ފަތިސްނަމާދުގެ އިހުސުންނަތުގެ ދެ ރަކްޢަތަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ ލޮބުވެތިކަން ބޮޑު ދެ ރަކްޢަތްކަން ޙަދީޘްފުޅުން އެނގެން އެބަ އޮތެވެ.
'Aishah (May Allah be pleased with her) reported:
The Prophet (ﷺ) said, "The two Rak'ah before the dawn (Fajr) prayer are better than this world and all it contains." [Muslim] Another narration goes: "The two Rak'ah before the dawn (Fajr) prayer are dearer to me than the whole world.
Reference
: Riyad as-Salihin 1102
In-book reference
: Book 8, Hadith 112
ނަމަވެސް މީސްތަކުން މިއަދު އެންމެ ބޮޑަށް ކަންނެތްވެ ޣާފިލުވެފައިވަނީ އެދެ ރަކްއަތަށެވެ. ފަތިސްނަމާދުކުރާ އެތައްބައަކުވެސް މިސްކިތަށް ދަނީ ތަކްބީރަށެވެ. އިހުސުންނަތް އޮންނަނީ ނުކުރެވިފައެވެ.
މީސްތަކުންނޭވެ! ޖަމާޢަތް ފެށުމުގެ ކުޑައިރުކޮޅެއް މިސްކިތަށްދާށެވެ. އެދެރަކްޢަތްކުރާށެވެ. އަންހެނުން ގޭގައި ކުރިނަމަވެސް މެއެވެ. އަދިކީއްހެއްޔެވެ. ނަމާދުގެ ކުރިން ނުކުރެވުނުނަމަ ޤަޟާއަށް ނަމަވެސް ކުރާށެވެ. އިރުއަރާފަހުންވެސް ޤަޟާއަށް ކުރެވޭނެއެވެ. އަދި ފަތިހު ނުހޭލެވިގެން ޤަޟާއަށް ފަތިސްނަމާދުކުރިނަމަވެސް އިހުސުންނަތްކޮށްގެން ކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން